އެމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ކަންކުރަންވީގޮތުގެ މަސައްކަތު ބައްދަލުވުމެއް ރައީސް އޮފީހާއި އިނގިރޭސި ވިލާތުގެ އެމެޖެންސީ ޕްލޭނިން ކޮލެޖާއި ގުޅިގެން ރާއްޖޭގައި ފަށައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިއަދު ފެށި މިބައްދަލުވުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިމަސައްކަތު ބައްދަލުވުމުގައި ފުލުހުންނާއި އެމްއެންޑީއެފާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއާއި ސިއްހީ ދާއިރާއާއި މިނިސްޓްރީތަކާއި މަދަނީ ޖަމިއްޔާތަކުން ބައިވެރިވެއެވެ.

މި ބައްދަލުވުމުގެ ބޭނުމަކީ އެމެޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރާނެ މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމާ އަދި އެފަދަ ކަންކަމަށް ތައްޔާރުވުމުގައި އަމަލުކުރާ ގޮތްތައް ހަރުދަނާ ކުރުން ކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަދާލަތު

    ތިޔައީ ވަރަށް މުހިންމު ކަމެއް. ހުރިހައި ރައްޔިތުން ފަރުދީ ޙައިސިއްޔަތުންވެސް ދެނެގަންނަންޖެހޭ ބޭނުްތެރިކަމެއް.