ދެމަސް ދުވަހަށް ފަހު އާއިލާއާއި ބައްދަލު ކުރުމުގެ ފުރުސަތު ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އަށް ދީފިއެވެ.

އާއިލާއާއި ބައްދަލު ކުރުމުގެ ފުރުސަތު މިއަދު އަދީބަށް ދީފައިވާއިރު މި ބައްދަލުވުމުގައި އަދީބްގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި އަދީބްގެ މަންމައާއި ބައްޕަ ބައިވެރިވިއެވެ.

33 އަހަރުގެ ޖަލު ހުކުމެއް އަދީބު ތަންފީޒު ކުރައްވަމުން ގެންދަވާއިރު އަދީބުގެ ލޮލަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ ގުލަކޯމާ ޖެހިފައިވާ ކަމަށް އާއިލާއާއި ވަކީލުން ދަނީ ބުނަމުންނެވެ.

އަދީބު ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ހޯދުމަށް އާއިލާއައި ވަކީލުންވަނީ އެދިފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އަދީބަށް އިތުރު ފަރުވާރަށް ބޭރަށް ދެވެން އޮތީ އަދީބް ޚިޔާނާތަތެރިވީ ފައިސާ ދައުލަތަށް އަނބުރާ ދެއްކުމަށް ފަހު ކަމަށެވެ.

އަދީބަށް ބޭސް ފަރުވާ ނުދޭތީ މީގެ ކުރިން އަދީބުގެ އާއިލާއިން ވަނީ ހިޔުމަން ރައިޓްސް ކޮމިޝަނަށާއި ކަރެކްޝަނަލް ސާރވިސް އަށް ޝަކުވާ ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަދުން

    މިތަނުން އަދީބުގެ ވައިފަކީ ކޮބާ؟ ބުލޫއެތި ލައިގެންތަ ނޫނީ މޫނުބުރުގާ އަޅައިގެންތަ؟

  2. ޖޭހޯ

    އެއްވެސް އެއްޗެއް ނުލާ އެހެރީ..... މޫނުގަ ދެބަސްތާ ފުށްޖަހައިގެން