ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ރިފާއު ބޮޗޭވެސް ޑީއާރުޕީއަށް ސޮއިކުރެއްވައިފިއެވެ.

އޭނާ ޑީއާރްޕިއަށް ސޮއިކުރެއްވިއިރު، މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި އެ ޕާޓީގެ ރަޖިސްޓްރާގެ މަގާމަށް ބޮޗޭ ވަނީ އައްޔަން ކުރުމަށް ފާސްކޮށްފައެވެ.

މި ބައްދަލުވުމުގައި އެ ޕާޓީގެ ސްޕޯކްސް ޕާސަންއަކަށް ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އެމަނިކުފާނުގެ ތަރުޖަމާން އަބްުދުﷲ މުއާޒް ވަނީ ހަމަޖައްސަވާފައެވެ.

މި ދެ ބޭފުޅުންނަކީ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ވަރަށް ގާތުން މަސައްކަތް ކުރި ދެ މީހުންނެވެ.