މާފުށީ ޖަލުހައި މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ސަސްޕެންޑްކުރި އީއެސްޖީ ކޮމާންޑަރގެ ސަސްޕެންޝަން އުވާލައި، އޮފިސަރުންނަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.

ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޖޫން 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން، ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީއަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އެ މައްސަލަ ހުށަހެޅުއްވުމާއި ގުޅިގެން އެ ކޮމެޓީން އެ މައްސަލަ ބަލާ ދިރާސާކޮށްފައިވާކަމަށެވެ.

އަދި އެ މައްސަލަ ބަލާ ތައްޔާރުކުރި ރިޕޯޓްގައި ހާލަތާ އެކަށީގެންވާ ނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާކަމަށް ފާހަގަކޮށްފައިވާތީ އެކަމުގެ ޒިންމާ އުފުލަން ޖެހޭ އޮފިސަރުންނާއި މެދު ފިޔަވަޅު އެޅުމަށްޓަކައި ޑިސިޕިލިނަރީ ބޯޑަށް މައްސަލަ ފޮނުވާފައިވާކަމަށެވެ.

އަދި ސަސްޕެންޑް ކޮށްފައިވާ އޮފަރޭޝަން ކޮމާންޑަރގެ ސަސްޕެންޝަން ދަމަހައްޓާނެ ތަނެއް ނެތްކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާތީ އޭގެ ސަސްޕެންޝަން އުވާލެވިފައިވާކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ކަރެކްޝަންގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ، އެ ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ކުށުގެ ވެށިން މީހުން ސަލާމަތްކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމައަށް މީހުންނެރުމުގެ ޒިންމާ ފުރިހަމައަށް އުފުލާ ބަޔަކަށް ހެދުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޮންބެ

    ޕޮލިހުންނަކީ ހުރިހާގޮތަކުން ޤައުމަށް އެހީ ތެރިވެދޭބައެއް ނަމަވެސް އެބައިމީހުންގެ ސަލަމަތްކަން ހޯދަން ޖެހޭނެއެވެ.

  2. ކުޑަހުސޭނު

    މިފުރުސަތުގައި އަހާލަންބޭނުންވަނީ ވެރިކަންކުރަނީ އަންނިތޯ ނޫނީ ސޯލިހުތޯ ؟؟؟؟؟

  3. ރަޝީދު

    ތިޔަ ރިޕޯރޓް ގަބޫލެއް ނުކުރެވޭ
    ކޮބާ ކަރެކްޝަނަލް ސާރވިސް ގެ މުވައްޒަފުން ހައްގު އެއީ އިންސާނުންނަކަށް ނުވޭދޯ ހިޔުމަން ރައިޓްސް އޮންނަނީ ބޮޑެތި ކުއްވެރިންނަށް އެކަނި ދޯ

  4. ޟަރް

    ޕޮލިހުން ނާމެދު ވިސްނާނެ ބަޔަކު ނެތް ކުއްވެރިޔާ ގެ ހައްގު ނުލިބިގެން މިތެޅުނީ..ވައްކަން ކުރީމަ ރަށު ތެރޭން ނިކުމެ ވަގު ގަންހިންގާ ބަރަހަނާ ކޮން ތަޅާ މެރިޔަސް އޯކޭ ޕޮލިހުން ޖަހައި ފިއްޔާ އެވާހަކަ މުޅި ސޯސަލު މީޑިޔާގާ