ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ހައްޔަރު ކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަން އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތާައި ގުޅިގެން ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްސޭރި ޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މި މަސްތުވާތަކެތި އަތުލައިގަނެފައި ވަނީ ކަރެކްޝަންސްގެ އޮފިސަރަކާއި އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު އެ އޮފިސަރު ހައްޔަރުކޮށް، އެ ސާވސިސްގެ ހިދުމަތުން ސަސްޕެންޑް ކުރެވިފައިވާ ކަަމަށެވެ.

"މިފަދަ ކަންކަމުގައި މަދު މަމަވެސް އޮފިސަރުން ބައިވެރިވާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް". އަހްމަދު މުހައްމަދުފުޅު ވިދާޅުވިއެެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ކަރެކްޝަންސްގެ އޮފިސަރުން ހައްޔަރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    އިމްރާނު ބުނި އޭނާގެ ވަޒީރުކަމުގައި ޕޮލިސް އޮފިސަރުން ރައްޔިތުންގެ އިތުބާރު ހޯދާފައިވާކަމަށް. ތިވާނީ ރައްޔިތުންގެ އިތުބާރު ހޯދަން ޤައުމީ މަސައްކަތް ކުރަނީކަމަށް.

  2. ޙެހެހ

    ދެން މަޤާމްމަތިކޮށްފަ ސަލާމަތްކުރޭ

  3. Anonymous

    މެރިޓް އުޞޫލު ދޫކޮށް، ވަޒީފާ ދެނީ މަށަށް އަހުންނަށް ޕާޓީއަށް ގާތްގުޅުން އޮންނަ މީހުންނަށްވާތީ ތިކަހަލަކަންކަން ކުރިމަތިވަނީ. ު

  4. އަލީ ލަޠީފް

    ބަލަ ތިއީ ސަރުކާރުގެ ހުރިހާ ދިމަދިމާ ތަކުންވެސް ކުރާ ވިޔަފާރިއެކޭ!
    ކަރެކްޝަން، ޕޮލިސް، ކަސްޓަމްސް އަދި އިމިގްރޭޝަން ކިޔާނެ ކަމެއް ނެތް! ބާރުގަދަ މިނިވަން ހުރިހާ މުވައްސަސާ ތަކުގަވެސް ނުބައުލި ޖަރީމާ!

  5. Anonymous

    މިހާރު ހާދަ ޑްރަގާއި ދެކޮޅަށް މަސައްކަތްކުރާކަން އެބަދައްކާލާ ދޯ.
    އެތިބީ ރަށްރަށުގެ ކައުންސިލް ގައި ،ހޮސްޕިޓަލް ހިންގާށާއި ތިޔަވިޔަފާރި ގަދައަށް ކުރާ މީހުން.
    ވަޒީފާގައި ތިބީމަ އިތުރަށް އެވިޔަފާރި ފަސޭހަ ވެ ފުޅާ. ކެރެންޏާ އަތްފުނާ އަޅާބަލާ.

  6. ޕޮގުބާ

    ޜާއްޖޭގަ މަސްތުވާތަކެތި ޖަލުތަކަށް އެތެރެކުރަނީ ތީގެ މީހުން

  7. މޮޔަމީހާ

    ޑުރަގު ވިއްކާ ސުޕަރމާކެޓު އެއްދޯ،، ތީ އާކަމެއްނޫން،،،