ކ. މާފުށީ ޖަލުގައި ސްކޭމް ކުރުމާއި ނިރުބަވެރިކަމަށް މަގުފަހިވާ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށް، ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގައި ފޯނާއި ސިމް ކާޑު އަދި މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ކަރެކްޝަނުން ބުނެފިއެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ މެންދުރު 12 ޖެހި އިރު އޮޕަރޭޝަން ކާމިޔާބު ކަމާ އެއްކޮށް އެއްވެސް ހަމަ ނުޖެހުމެއް ނެތި ނިންމާލާފައިވާ ކަމަށެވެ.

އޮޕަރޭޝަންގެ ތެރޭގައި ފޯން، ސިމް ކާޑު އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފަދަ މަނާ ތަކެތި ވަނީ ހޯދާފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން އެންމެ ފަހުން ހާމަކުރި މައުލޫމާތަށް ބަލާއިރު، ޖެނުއަރީ 1، 2019 އިން ފެށިގެން މިދިޔަ މެއި މަހުގެ ނިޔަލަށް ސްކޭމް ކޯލްގެ 1،423 މައްސަލައެއް ފުލުހުންނަށް ލިބިފައިވެއެވެ. އެފަދަ ގިނަ ކޯލުތަކަކީ ޖަލުތަކުގައި ތިބޭ ގައިދީން ވަގަށް ފޯނު ވައްދައިގެން ކުރާ ކޯލުތަކެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިދިޔަ މަހު ފުލުހުންނާއި ސިފައިން ނިރުބަވެރިކަމާއި ދެކޮޅަށް މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި އޮފަރޭޝަނެއް ހިންގައި 14 މީހަކު ހައްޔަރުކޮށްފައިވެއެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި ގޮތުގައި އެއީ ގޮވާތަކެތި ބޭނުންކޮށްގެން މިހާތަނަށް ދޭން އުޅުނު އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ފުލުހުން ބުނެފައި ވަނީ އެ ހަމަލާ ރާވާފައި ވަނީ ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އައިއެސް އަށް ތާއީދު ކުރާ ބައެއް ކަމަށެވެ. މި ހަމަލާ ރާވަމުން ދިޔައީ ގޮވާ ތަކެތި ބޭނުންކޮށްގެން ރާއްޖޭގެ ތަންތަނަށް ހަމަލާދީ، ގިނަ ބައެއްގެ ފުރާނަ އަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކ. މާފުށީ ޖަލުގައި ހަރުކަށި ފިކުރު ވަރަށް ބޮޑަށް ފެތުރިފައިވާއިރު، އެ ފިކުރުގެ ބޮޑު ވިއުގައެއް އޮތް ކަމަށް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އެންމެ ފަހުން ކުރި ދިރާސާގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަޒްރާ

    މިކަންކަމުން އެނގިގެން މިދިޔައީ ސަރުކާރެއްގެ ނާގާބިލު ކަމާއި ދޯހަޅިކަން ކަންކަން ހައްލު ކުރަން އައިސްސަ އެއްވެސް ކަމެއް ޙައްލުނުވެ ދައުރު ނިމޭތަން މިފެންނަނީ ހިލޭ ޑިގްރީ ހެދުނަކަސް އަދާކުރާނެ ރަނގަޅު ވަޒީފާ ގަނޑެއް ނުލިބެންޏާ އެ ޑިގްރީގެ ބޭނުމެއް ނުހިފޭނެ ޑިގްރީނެތަސް އަހަރެން މަސްކައްކާ ހިއްކަން އަހަންނަށް އިނގޭ ފިރިމީހާ މަސްބާނަން ޮއްސަ މަސްގެނައިމަ މަސްކަނޑަން މަސްކައްކާގެން ރިހާކުރު ހަދަން މަސް ވަޅޯ ކުރަން އެކަމަކު މަސައްކަތް ވ ބުރަވެފަ ލިބޭ ލާރިކޮޅު ހަމަ ރަނގަޅު ޑިގްރީއެއްނެތްކަން ނަސީބެއް

    5
    1
  2. ކޮރަލް

    މައްސަލަ ހައްލު ވާނީ އެތެރެ ކުރި ބަޔަކު ޖަލައް ލައިގެންނެވެ.

    • ހުސޭނުބޭ

      އެތަކެތި އެތެރެކުރާ މީހުންގެ ތެރޭގައި ޝައިޚް އިމްރާން ހިމެނޭ. ވީމާ މައްސަލަ ހައްލުކުރަން އެންމެ ފުރަތަމަ އިމްރާނު ޖަލަށްލާ

      4
      1
  3. ސޯލޭ

    ތިޔަ ތަނައ ތިޔަ ސާމާނު ވައްދަނީ ތިތާ ތިބޭ ސެކިއުރިޓީންގެ އެހީގަ އެހެންނޫނީ ހައްޔަރު ކޮއްފަތިބޭ ބަޔަކައް ތިޔައެއްޗެހި ލިބެންޖެހޭ ސަބަބައެއް ނޭންގެ ހަމަ ގައިމުވެސް ބޯލާދިމާލުން މަތިންނެއް ފޯނާ ސިމެއް ނުފައިބާނެ އެހެންނަމަ އަހަރެނާދިމާލައްވެސް ފޯނާ ސިމް ފޭބިސް މުޅިގައުމު ހަލާކުރަނީ މިބައިގަނަޑު