ފައިވާނުގެ ދަށްފުށުގައި ފޮރުވައިގެން ޖަލަށް ވައްދަން އުޅުނު ފޯނަކާއި ސިމްކާޑު އަތުލައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަން އަހްމަދު މުހައްމަދުފުޅު ވިދާޅުވީ، ބަންދު މީހަކު ކޯޓު އަޑު އެހުމަށް ގެންދިއުމަށް ފަހު އަނބުރާ ޖަލަށް ގެނައިއިރު، އޭނާ ބައްދަލުކުރި މީހަކާ ފައިވާން ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި އެ ފައިވާނުގެ ދަށްފުށް ކަފާލާ ފޯނާއި، ސިމްކާޑުގެ އިތުރުން ޗާޖަރެއް ރަށްކާކޮށް ޖަލަށް ވައްދަން މަސައްކަތްކުރަނިކޮށް އަތުލާގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލަށް މިފަދަ ތަކެތި ވައްދާ މައްސަލަ ވަރަށް ބޮޑަށް ވަނީ އިތުރުވެގެން ގޮސްފައެވެ.

އެގޮތުން ދާދި ފަހުން ކަރެކްޝަންސް އިން ވަނީ މާފުށީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ނިރުބަވެރިކަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން މާފުށި ޖަލު ބަލައި ފާސް ކުރުމަށް ފުލުހުންނާއި ހަވާލުކޮށްފައެވެ. އަދި އެ އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ސާމާނު ހޯދާފައި ވެއެވެ.