ސީހައުސްގެ ޑެލިވަރީ ބޯއީ އަތުގައި ހުރި ބައެއް ކާތަކެތި – ފޮޓޯ: ސީހައުސް
ސީހައުސްގެ ޑެލިވަރީ ބޯއީ އަތުގައި ހުރި ބައެއް ކާތަކެތި – ފޮޓޯ: ސީހައުސް

ރާއްޖޭގެ މަޝްހޫރު ރެސްޓޯރެންޓެއްކަމަށްވާ ސީ ހައުސްގެ ޑެލިވަރީ ބޯއީއަށް ހަމަލާދީ، އޭނާ ގެންދިޔަ ކާތަކެތި ފޭރިގެންފިއެވެ.

ސީހައުސް އިން ކުރި ޓްވީޓެއްގައި ބުނީ މި ހަމަލާ ދީފައި ވަނީ ރޭގެ ވަގުތެއްގައެވެ.

"ރޭގެ ވަގުތެއްގައި ޒުވާނުންތަކެއް އަހަރެމެންގެ ޑެލިވަރީ ބޯއީ ހުއްޓުވައި އޭނާއަށް އަނިޔާކޮށް، ކަސްޓަމަރަކަށް ގެންދަން ތައްޔާރުކޮށްފައި ހުރި ކާތަކެތި ވަނީ ޖަހައިގެން ނަގާފައި" ސީހައުސްގެ ޓްވިޓާގައި ލިޔެފައި ވެއެވެ.

މިއީ ސީހައުސްގެ ޑެލިވަރީ ބޯއިއަކަށް ހަމަލާދީން ފުރަތަމަ ފަހަރު ނަމަވެސް، މީގެ ކުރިންވެސް މާލެ ތެރޭގައި މިފަދަ ކަންތައްތައް ވަނީ ހިނގާފައެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހެޅި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބަލަ ބަޑުހައިވީމަ ތިމާގެ މީހާވެސް ކާލާ މީހުން އުޅޭ

  2. މުއިއްޒުގެ ޓޯކިޔޯ. މި ކޮމެންޓް ޖަހާކަށް ވަގުތު ކުދިންނަކަށް ނުކެރޭނެ. އެކުދިންނަކީ ސަރުކާރުގެ ޕަޕެޓުން

  3. ޢަދުގެ ހާލު.ޒުވާނުން ޒުވާނުންގެ ގޮތުގައި

  4. ރޭގަނޑު މުދާ އުފުލަން ފެށީމަ ޒުވާނުންގެ މިކަހަލަ އަމަލު ގިނަވާނެ!

  5. މަކަނާމާކަނާ

    ކޮބައި އެއްކަލަ ގައުމާގެއް ރައްޔަތުންނާހެދި އުލޭބޭފުޅުން މިކަންއިސްލާހުކުރަންވިނުންތޯސަރުކާރާގުލިގެން ހަމަ ވެރިކަން ވެރިކަން