އަނިޔާވެރިކޮށް މަރާލާފައިވާ އުމުރުން 29 އަހަރުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ، ޔާމީން ރަޝީދު މަރާލީ އޭނާ ކައްޓި ހިތްވަރު ފެސްޓިވަލްގައި ބައިވެރި ކުރި ކުރެހުންތަކެއްގެ ސަބަބުން ކަމަށް ހެކި ބަސް ދިން މީހަކު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
މިއަދު އޮތް އަޑުއެހުމުގައި ހެކި ބަސް ދެމުން އޭނާ ބުނީ ޔާމީން މަރާލި މީހުން އެގޮތަށް ރޭވީ ފެސްޓިވަލްގައި ބައިވެރި ކުރި ކުރެހުންތަކެއްގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައި ވާތީ ކަމަށެވެ.
އެ ހެކިވެރިޔާ ބުނީ، ފުރުޤާން މިސްކިތުގައި ޔާމީން ރަޝީދު މަރަން ފުރަތަަމަ މަޝްވަރާ ކުރެވުނުއިރު، އެ މީހުން އެ މިސްކިތުން ބައްދަލުކޮށްފައި ވަނީ ފޮޓޯ މައުރަޒުގައި ގުރުއާނަށް ފުރައްސާރަ ކޮށްފައިވާ ކަމަށްބުނެ ކަމަށެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
ހެކި ބަސް ދިން މީހާ ބުނީ، ދީނަށް ފުރައްސާރަ ކުރާ މީހުން މަރަންޖެހޭ ކަމަށާއި އެފަދަ މީހުން މަރާނެ ކަމަށް ބުނެފައި ވަނީ ހައިޝަމް ކަމަށް ބުނެފައެވެ.
ހެކިބަސް ދިންމީހާ އައް މަރާލި މީހުންވެސް އެގޭނެ
އިސްލާމުން ހަޖަމު ނުބައިވެއްޖެއްޔާ މީހަކު މަރާލާކަށް ނުބަލާނެ. ދިވެހި އައިސިސް ކިޔަނީ އެމީހުންނަށް
އިސްލާމެކޭ ކިޔައިގެން ފާޑުފާޑަކައް ނޫޅެވޭނެ ބުރޯ ﷲ ގެ ހުކުމް މާފުރިހަމަވެފަ ސަޅިވާނެ
ތިބުނީ ރަނގަޅަށް. ތިޔަ ބުނާ ފުރިހަމަކަން އެއޮތީ ދައްކާލާފައި
ތި ލާދީނީ މީހުން ހަމަ މަރާލަން ވީ!!!
ލާދީނީ ކަމަށް ކަނޑައަޅަނީ ކަލޭތޯ؟ ރާއްޖޭގެ އެއްވެސް ތަންފީޒީ އިދާރާއަކުން ފަނޑިޔާރު ގެއަކުން އޭނާ މުރުތައްދު ވިކަމަކަށް ނެތް ނިންމާފައެއް. މުރުތައްދު ވީމަ ސަިފަ ބަދަލުކޮށް ބެޓްމޭން ހެދިގެންނެއް ނޫން ﷲ ގެ ހުކުމް ފުޅުގަ އޮންނަނީ މީހާ މަރާލަން. އެންމެން ކުރިމަތި އެންމެ އަނިޔާވެރިކަން ކުޑަގޮތަށް އެއްފަހަރުން ބޯކަނޑާލަން. ކުކުޅެއްހެން ކަތިލާކަށް ނޯވޭ! އޭނާ އަކީ މުރުތައްދެއްނަމަ ހުކުމް ކުރާނީ ފަނޑިޔާރު ކަލޭމެނެއްނޫން! އަމިއްލަ އަތަށް ޤާނޫން ނަގަން އަންގަވާފައޮތީ ކޮން އާޔަތަކުން ނޫނީ ހަދީސަކުން؟
ދެން ބުރޯ އޭގަ އޮވޭތަ އަމިއްލަ އަމިއްލައަށް ހުލުމް ކަނޑައަޅާ މީހުން ކާފަރުކޮށް މެރުމުގެ ހައްޤު ދީފަ؟؟
އާނ...އޮވޭ... އެއް އިންސާނަކު (ޝަރީޢަތަކުން ލޭ ހުއްދަ ނުވާ) އަނެއް އިންސާނަކު މަރައިފިނަމަ ޤިސާސް ހިފުމަށް ސީދާ ޤުރުޢާނުުގައި އަންގަވައިފައި އޮވޭ.. ޤަތުލުވި މީހާގެ އާއިލާއިން މަރުގެ ދިޔަ ބޭނުންނުވެއްޖެނަމަ ގިސާސްހިފަން ދެން ޖެހޭނީ ގާތިލު މަރަން.. ދީން ދަސްކޮށްފައި ވާހަކަ ދައްކަބަލަ.. ޔާމީން ރަޝީދުއެއީ ރަނގަޅު މީހެއް ނޫން، އެކަމު ލވ ގެ ކޮމެންޓަށް ތާއީދުކުރަންޖެހޭ މުސްލިމަކަށްވީތީ....
އިސްލާމް ދީނަށް ޖިއްސުން ކުރާއިރު، ތިމާގެ ސިނކުޑީގަވެސް ކަންކަމަށް ވިސްނާލެވޭ މިންވަރުހުރިވަރު ފުން ކޮށް ވިސްނާލުންރަނގަޅު، ތިމެންނަ ދުވަހުން ދުވަހު ކަޑަތްތު ކުރާގޮތާ، ބެނުން ތަށް ފުރިހަމަވާމިންވަރު ދަނެގަންނަން ޖެހުމަކީ ކޮންމެއިންސާނަކައް ވާޖިބު ކަމެށް.
އެ ހުރިހައި ހުތުުރު ކަމެއް ކުރިއިރު ޔާމީނުގެ ކުށެއްވެސް ނެތްދޯ! މިހާރު މިނިވަންކަން ފިސާރި ރީއްޗަށް ފެންނާނެ!
އިސްލާމުން އުޅޭނީ މިވައްތަރަށް
"މުސްލިމުން"ނޭ ބުނެ ތި އިޝާރާތް ކުރީ މަރާލެވުނު މީހާއަށްތަ؟ ނޫނީ މަރާލި މީހުންނަށްތަ؟
ތިއީ ވ.ގަބޫލުކުރަން ދަތި ސަބަބެއް.ސަބަބަކީ ޔާމީނު މަރާލުމުގެ ކުރިންވެސް ސޯޝަލްމީޑިޔާގައާއި އަދި އެނޫނަސް ފާޅުކަން ބޮޑުގޮތެއްގަ މިޤައުމުގަ ދީނަށް ފުރައްސާރަކުރޭ..ހާއްސަކޮށް ޕާޓީ ފިކުރު އައިފަހުން ވަކިން ގިނަކަން ފާހަނގަކުރެވޭ.ތިހެކިބަސް ދިން މީހަކަށް ކުރިންވެސް ތިވާހަކަ ބުނެވޭނެދޯ.މިއޮށް ހުރިހާ ދުވަހަކު ޔާމީނުގެ އާއިލާއިންވެސް އެވަރަށް ތިމަރުގެ ހަޤީޤަތް ހޯދަން އުޅުނުއިރު ތިހެން އޭރު ނުބުނެ މިހާރު ބުނީމަ ދެން ބުނެވޭނީ މިހެން.ހާދަ ހީވެޔޭ އެހެން ވައްތަރެއްގެ ފަންޏެއް ގިރާލަން އުޅޭހެން..ދެން އިތުރަށް އެއްޗެއް ބުނެވޭނީ ތަފްސީލު ލިބިގެން..
ޔާމީންވެސް އަދި ރަސްކަލަކަސް އިސްލާމް ދީނަށް އިހާނެތިކޮށް ހިތައިގެން ނުވާނެ އެކަހަލަ ކަމެއް ކުރަން ފުރުސަތުވެސް ދީގެން ނުވާނެ.
ޢަދި ޝަރުއީ ހުކުމުން އެއްކިބާވެ މީހަކު މަޜާލި މީހުން އެކުރީ ދީނާއި ޚިލާފު އަދި ޔާމިން ކުރިކަމަށް ތުހުމަތު ކުރާކުށަށްވުރެވެސް ބޮޑު ކުށެއް.
ދޮގު ހެކި ނުދޭށެވެ. ޔާމީނު މަރާލީ އޭރުގެ ސަރުކާރާ ދެކޮޅަށް ލިޔުނު އާޓިކަލްސް ތަކުގެ ސަބަބުންނޭ ބުނަން ނުކެރެނީތަ؟ ދީނީ ހަރުކަށި ފިކުރުގެ މީހުން ތުބުޅި ނުބާލާނެ ނުވެސް ކޮށާނެ އެއީ އެމީހުން ގަބޫލު ކުރާގޮތުން ހަރާމްް ކަމެއް އަދި ތުބުޅި ނެތް މީހަކާ ސަލާން ވެސް ނުކުރާނެ.
ކޮބައި ތިބުނާ ފޮޓޮތައް؟
ޔާމީން މެރިމީހުން ދަންޖައްސާ މަރަންޖެހޭނެ.އެކަންސިއްރުކުރި މީހުން އުމުރައްޖަލަށްލާންޖެހޭނެ.
މަރާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. ހަމަ އެހެންމެ ދަރިން ދެކެ ލޯބިވާ މައިންބަފައިން އެދަރިންގެ ދުނިޔަވީ ހަޔާތް ބާއްޖަވެރި ކުރަން މަސައްކަތް ކުރާ ފަދައިން އުޚްރަވީ ހަޔާތް ބާއްޖަވެރި ކުރަންވެސް މަސައްކަތް ކުރާނެ. މިހާރު ފެންނަނީ މާއްދިއްޔަތާ ހުރެ މައިންބަފައިން އަވަދިނެތިވެ ހޭބޯނާރާ އުޅޭތަން. ނަތީޖާއަކީ ދަރިންވެސް މާއްދިއްޔަތަށް ގޮސް ހުސްވެ ދީނާ ބީރައްޓެހި ބަޔަކަށްވެ އެންމެ ފަހުން ގެއްލި ހަލާކުވުން.
މިތާ ކޮމެންޓް ކޮށްފަވެސް އެބަތިބި ދެދުނިޔެ ގެއްލިފަ ތިބި ބަޔަކު. މިމީހުންނާއި މިމީހުންގެ މައިންބަފައިން ﷲގެ ހަޟްރަތުގަ ޖަވާބުދާރީވާނީ ކޮންފަދައަކުން.
ތިތިބީ ހެޔޮގޮތުގަ ދަރިން ތަރުބިއްޔަތު ކުރެވިފަ އިސްލާމީ.ގައުމެއްގަ އިސްލާމީނަމެއްކިޔާ މަންމަޔަކާ ބައްޕޔަކުގެ ދެލޯފަދަ ދަރިޔަކު ހެކިބަސްދިންމީހާ އެބުނަނީ އިސްލާމްދީނަށްފުރައްސާރަކޮށް ކުރެހުންތަކެއް ކުރެހިވާހަކަ ޕިސް ޕިސް ގިޔާމަތްދުވަހު މައިންބަފައިނާ ސުވަލުކުރެވޭނެ ދަރިންނަށް ދިނތަރުބިއްޔަތާ މެދު ވަރައް ދެރަ އެކަންވެސް ކުރީ ގޯސްކޮށް މިކަންވެސް ކުރީ ގޯސްކޮށް ކުއވެރިން ދެނެ ވޮޑިގެން ވާނީ ﷲ ސުބުހާނަހޫ ވަތަޢާލަ
ގައިމު ތިޔަ ލާދީނީ ސޮރު މަރާލީ ރައީސް ޔާމީނޭ ކިޔައިގެން އުޅުނީ. މިހާރު އެއުޅުނީ މިސްކިތްތައް ތަޅާނެ ގޮތެއް ނޭންގިގެން.
ވައްހާބީ ފިކުރު ރާއްޛޭގަ ވަރަށް ގަދައަށް އެބަ ވައިގަ ހިފާ
ތީ ދީނަށްފުރައްސާރަކުރާތީ މަރާލެވުނުކުއްޖެއްނޫން.... ދީނަށްފުރައްސާރަކޮށްގެން މީހުންމަރާނަމަ ދުވާލަކު މީހަކުމެރިޔަސް މަދުނުވާވަރަށް ދީނަށްފުރައްސާރަކުރޭ.... އެކަން އެންމެނަށްވެސްއެނގޭ.. ތީ ސިޔާސީކަލަބޮލިކަމުގައި ރަނގަޅުބަޔަކު ފަނަޑުކޮށް ހިތްވަރުދީގެންކުރި ކަމެއްކަމަށްފެނޭ...
ދީނަށް ފުރައްސާރަކޮށް ފާޅުގައި އާރޓިކަލްތައް ލިޔެހަދާއިރުވެސް އެކުރެވެނީ ކުށެއްނޫން، އެކަމުން ލިބެންޖެހޭ އަދަބެއްވެސް ނޯވޭ، މާރާލުމަކީ ކުށެއް ކަމަށް ގަބޫލްކުރާ ފަދައިން ޔާމީންގެ ކުށްވެސް ގަބޫލްކުރަން އެބަޖެހޭ، ވަރަށް އެކްޓިވްކޮށް ހަމަ އެއްވެސް ޖެހިލުމެއް ނެތި ދީނާ ޚިލާފު ޚިޔާލު ފާޅުކުރަމުން ދިޔަ މީހެއް އެއީ، އެއްވެސް މީހަކު އޭނަ ހުއްޓުވާ ނަސޭހަތްދީ ފިޔަވަޅުއަޅަން ވިސްނާފަވޭބާ؟
ތިވާހަކަ މިކިޔަނީ މަވެސް. އިންސާފާއި ހަމަހަމަ ކަން ނެތްކަމަށް މިއުޅޭ މީހުން ކިޔަނީ މީހަކު މެރީމަ އެކަނި. މީހަކު މަރަންވެސް އަނިޔާކުރަންވެސް ފުރުސަތު ބޮޑުވާގޮތަށް އުޅޭ ޔާމީން މެނަފަދަ ދީނަށް ފުރައްސާރަކުރާ މީހުންނަށް ހައްޤު އަދަބު ނުދެވުނީމަ ވެސް އެމީހުން ކިޔަން ވީނު އިންސާފު ނެތޭ
ތީ ދޯ މުސްލިމުންގެ ގޮތަކީ! މީހަކު ގެ ހިޔާލީ ކުރެހުމަކާ މެދު ހިތްހަމަ ނުޖެހުނަސް ނޫނީ ބުރުގާ ނޭޅިޔަސް އެވީ މަރާލަން! އެކަމަކު އަސްލު އިސްލާމް ދީނަކު ނޯވޭ މީހުން ނަށް މަޖުބޫރު ކޮށްގެން އަނެއް މީހާގެ މިނިވަން ކަމާ ފުރާނަ ގެއްލުވަލަން! ތި ތިބީ ރަގަޅަށް އިސްލާމީ ވެފަ
ދީނަށް ފުރައްސާރަކޮށް އެތަށް ލިޔުންތަކެއްވެސް މީނަ ލިޔުނޯލަ؟
ޢިސްލާމިކް އެކްސްޓުރީމިސްޓްސް!!
އައިސިސް މީހުން އެއީ!!!
"ހެކި ބަސް ދިން މީހާ ބުނީ، ދީނަށް ފުރައްސާރަ ކުރާ މީހުން މަރަންޖެހޭ ކަމަށާއި އެފަދަ މީހުން މަރާނެ ކަމަށް ބުނެފައި ވަނީ ހައިޝަމް ކަމަށް ބުނެފައެވެ."
މިތަން ހަމަ ޖެހޭތޯ ވަގުތު ކުދިން އަޅެ ކިޔާލަބަލަ ފަސް ވަރަކަށް ފަހަރު!
ކާފަރަކަސް ކަމަކާ ނުލާ މެރުމަކީ ގޯހެއް.
ޔާމީން މަރާ ރިލްވާން އަދި އަފްރާޝީމް މަރާ މީ އެއްކަމެއް.. ދީން ލަނީ ރައްޔިތުން ލޮލުގަ އަނދުން އަޅުވާ ދީނަށް ހުތުރު ދޭން.... އެކަމް މިހާރު ރަށްޔިތުން އެހާ ގަޅިއެއް ނޫން....
ކިހިނަކުން ބާ މާސްކު އަލާފަ ވިގެއް ޖަހައިގެން ހުރި ބަޔަކު އެހާ ފަސޭހައިން ދެނެގަނެވުނީ... މީ ޖޯކެއް