ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމްގެ މައްސަލައެއް ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ، ގާޒީ ހައިލަމްގެ މައްސަލައެއް އެ ކޮމިޝަނުން ބަލަން ނިންމީ، މިއަދު ބޭއްވުނު އެކޮމިޝަންގެ 50 ވަނަ ބައްދަލުވުމުގައެވެ.

ޖޭއެސްސީންވަނީ އެ މައްސަލަ ބެލުމަށްޓަކައި ތަޢުދީބީ ކޮމިޓީއަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. އިސް ގާޒީ ހައިލްމްއާއި ގުޅޭގޮތުން ހުށައެޅިފައިވާ ޝަކުވާއަކީ ސީދާ ކޮބައިކަމެއް އެކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިލަމް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. އަދި އެ ކޯޓުގެ އިސް ގާޒީ ކަމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ.

ޖޭއެސްސީން މިހާރު އަންނަނީ ގިނަ އަދަދެއްގެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަފިރިންގެ ޚިޔާލް

  މިއީ ހެޓިލަރ ފަދަ ހުކުމްކުރާ މީހެއް، ރ.ނަޝީދުގެ ހުކުމްކުރިއިރު ކަންހިގި ބީދައިން އެމީހުންގެ ބާރުއޮތީމަ މިފަހަރު އިންސާފެއްނެތި ރ ޔާމިން އާއި ދެކޮޅަށް ހުކުމެއް ކުރުމީ އިންސާފުތޯ. 155 މީހުން ތިބި ލިސްޓަކުން ޕީޖީ ރ.ޔާމިންގެ ނަން ނެގީ ހަމަ ގުރުއަތުންތޯއެވެ، ނުވަތަ މިކަމުގަ އެއްވެސް އިންސާފެއްވޭތޯއެވެ. ކާކުތޯ ނުވަތަ ކޮން ކޯޓަކުންތޯ ނިންމީ މުޅި އެސްއޯ އެފްގެ ފައިސާއަކީ ކަޅުފައިސާކަމަށް. ބުއްދި ސަލާމަތުންތިބެ ޕޮރޮސިކިއުޓް ކޮށް އަދި ކޯޓުން މިފަދަ ސިޔާސީ ދައުވާއަށް ޝަރީއަތް ހިންގަނީ ކޮން އިންސާފެއްގެ ތެރެއިންތޯ...

  31
  1
 2. ޓެރަރިސްޓު މައިބަދަ ވަގު

  ތިކަމުން ސަލާމަތް ވެވޭނީ ގުންޑާމެން އަންގާ ގޮތަކަށް ޔާމީންގެ ހުކުމް ލިޔެގެން. އެނޫން އެހެން އެއްވެސް ބޭނުމަކު ވިއްދި ބަޑިއެއް ނޫން ތީކީ

  33
  3
 3. ގައްބަރު

  މިމީހުންދެން މިހާރުކޯޓްތަކައް އަތްކޮއްޕަނީ ޤާނޫނާވެސް ކަނޑައެޅިގެން ޚިލާފުވާވަރައް ބާރެއްއޮތަކަސް ނަހަމަގޮތުގާ އަބަދުއެބާރުބޭނުންކުރެވޭނެކަމައް ނުވިސްނާތި

  11
 4. ހިނި

  މި އީ ކިހާބޮޑުވެއްޖެ ކަމެއްތޯ. ސެޕަރޭށަން އޮފް ޕަވާސް އަކީ މި އީ ތޯ. ވަރައް އަޑައްބާރުލާފަ ކުރީގަ މޑޕ ކިޔަމުން އައީ ޖޭއެސްސީ މިނިވަން ކުރާނެ ވާހަކަ. ރައްޔިތުންނޭވެ މިހާރު މިތަން މިނިވަންތޯ. ހުސްއެއްފިކުރެއްގެ މީހުން އެތިބީ އެތަނުގަ ، ކުރާކަމަކީ ފަޑިޔާރުންނައް ބިރުދައްކާ ނުފޫޒް ފޯރުވުން ނޫންތޯ. އެމީހުންގެ އަގުވައްޓާލާ އެމީހުންގެ މަސައްކަތާ ބެހުން ނުންކަމެއް ކުރޭތޯ.

  13
 5. ޒީރޯ

  ޖޭއެސްސީ އައް ލާންވީ ރިޓަޔާޑް ފަޑިޔާރު ފާރޫގު ފަދަ ބޭފުޅުން. މި ފަދަ ޙުލްގް ހެޔޮ މުހްތަރަމް ބޭފުޅުން. މިހާރު އެތާ އެތިބީ ޒާތީ ތަޢައްސަބުން ފުރިފަ ތިބި ބައެއް. ނަމުން ކުލޫނީ ކަމުން ޒީރޯ އާއި ދުސްތޫރު މެންގެ ފެންވަރު ލައިވް ކޭސް އެއް ބެއްވި ހިސާބުން އަރެމެން ރައްޔިތުންނައް އެގިއްޖެ. ފާޑެއްގެ ރާގަކައް ގަރާރު އިއްވިޔަކަސް ހަމަ ޒީރޯސް ތިއީ. ޖުޑިށަރީ އިސްލާހު ކުރަނީ އޭ ކިޔާފަ ރައްޔިތުން ލޮލުގަ އދުން އަޅުވާފަ ޖުޑިށަރީ ހަލާކުކޮއްލަން އުޅެނީ. ދެން އިންސާފް ލިބޭނީ ޔެލޯސް ބޭނުންވާ ބޔަކައް. ރައްޔިތުންނޭ ހޭލާން ވީ ވަގުތު ޖެހިއްޖެ. ބައެއްގެ ހީލަތްތެރި ރޭވުން ތައް އެބަ ހާމަވޭ.

 6. ވިސްނާ މީހާ

  ހީލަތްތެރި ރޭވުން ތަކަކުން ގައުމުގެ ބާރުތައް ނަގައިގެން ހީނުކުރާތި ތިމަންނަ މެން ބޭނުންހާ ކަމެއް ކުރެވިދާނެޔޭ. އަރެމެން ރައްޔިތުން މިތިބީ ވަރައް ގާތުން ބަލަން.

 7. ސައްޔިދު ދީދީ

  އިންސާފާ އެއްގޮތަށް ޔާމީނާ އެއްކޮޅަށް މައްސަލަ ދާހެން ހީވީމާ ބިރު ދައްކަނީ. މީ ދޯ އެބުނާ ފަޑިޔާރުގެ އިންސާފު ވުމަކީ.

 8. ސުމާ

  ކެނަރީގެ ސޭކު ނަޝީދުގެ މައްސަލައެއް ބަލަން ފަށާބަލަ. ކޮންމެސް އެއްޗެކޭ ކިޔާފަ ހުކުމް ކުރީމަ ރަނގަޅުވާނެ!