ދިވެހިން ނޫން ބަޔަކަށް ރައްވެހިކަން ދިނުމަކީ ކުރިމަގުގައި ގެއްލުން ލިބޭނެ ކަމެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.
ބިދޭސީންނަށް ދިވެހިރާއްޖޭގެ ރަށްވެހިކަން ދިނުމަށް ޤާނޫނު އަސާސީ އަށް ބަދަލުގެންނަން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ދީފައި ވަނިކޮށް މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިން ނޫން ބަޔަކަށް ދިވެހި ރާއްޖޭގެ ރަށްވެހިކަން ދިނުމަކީ މި ކުޑަކުޑަ މުޖުތަމައުގެ އެއް ނަސްލެއް ކަމާއި އެއް ދީނަކަށް އުޅުމާއި އެއް ބަހަކުން ވާހަކަ ދެކުމަށް ކުރިމަގުގައި ގެއްލުން ލިބޭނެ ކަމެއް ކަމުގައެވެ.
މުއިޒު ވިދާޅުވީ ސިޔާސީ ކަންކަމުގެ މައްޗަށް ގައުމު އިސްކުރަން ޖެހޭ ކަމަށެވެ.
Dhivehin noon bayakah dhivehiraajjeyge citizenship dhinumakee mi kudakuda mujthamauge eh naslehkamaa eh dheenakah ulhumaa eh ehbahakun vaahaka dhekkumaa mihurihaa kamakah dhuru musthaqbalga iaadhanukureveyne gellunthah vaanekameh. Siyaaseekankamuge mahchah Qaumiyyathu iskuramaa. https://t.co/Gtd65mhfh5
— Dr Mohamed Muizzu (@MMuizzu) August 3, 2019
ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަށް ތާއިދުކޮށް އާޒިމް ޓްވީޓް ކުރެއްވުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ. އާޒިމަށް ރައްދު ދިން ގިނަ މީހުން ވަނީ ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާއި ދެކޮޅު ހަދާފައެވެ.
މުސްލިމުން ނޫން މީހުންނަށް ރާއްޖޭގެ ރަށް ވެހިންނަށް ނުވޭ ގޮތައް އޮންނަ އޮތުމާއި، އިސްލާމްދީން ދޫކޮށްލާ ދިވެހިންނަށް ދިވެހިރައްޔިތު ކަން ގެއްލޭ ގޮތައް މިހާރު އޮންނަ އޮތުން ބަދަލު ކުރުމަށް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އާއި ބޭރުގެ އެހެން ބައެއް ޖަމިއްޔާތަކުން މީގެ ކުރިން ތަކުރާރުކޮށް ގޮވާލާފައިވެއެވެ.
ސަރުކާރުން މިހާރު މަސައްކަތް ކުރަނީ މުސްލިމުން ނޫން މީހުންނަށް ވެސް ދިވެހިރައްޔިތުންކަން ލިބޭ ގޮތް ހަދަން ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާއި ގުޅޭ ގޮތުން ސަރުކާރުން އަދި މާގިނަ ވާހަކައެއް ނުދައްކައެވެ.
ތިކަން ކުރުމުގެ ސަބަބުން ދީން ފުންޏެއް. ފައިސާ ހުރި ބާރުގަދަ މީހުނާ މާފިޔާ ގުރޫޕުތައް ގައުމުގައި ފައިހިއްޕާލާ ނިކަމެތި ދިވެހިން ނިންމާލާނެ.
ފަލަސްތީނަށް ޔޫރަޕްގެ ޔަހޫދީން. ޔައުނީ ޔައުޖޫޖު މައުޖޫޖުން އަރާ އެތަން ހިފި ގޮތަށް ޔޫރަޕްގެ ކްރިސްޓިެަން މިޝަނަރީތަކުން މިގައުމަށް އަރާ މުސްލިމުން އަޅުވެތިކުރާނެ މަގު މި ފަހިކުރަނީ.
ހޭލާތިބޭށަ.ހީލަތްތެރިންގެރޭވުމަށްވުރެމަތީފަރާތެއްވެއެވެ.
ދިވެހިރާއްޖެއަކީ ދެތިންލައްކަ މީހުން ހަމަނުވާ ރާއްޖެއެއް. ރާއްޖޭގައި ޒަމާނުސުރެން އޮތް ރީތި އާދަ ކާދަ ތަކާއި ރީތި ޘަޤާފަތް ގެއްލިގެން ގޮސް ތަފާތު ދީންތަކެއް ރާއްޖޭގައި އޮންނަން މަޖްބޫރުވާތަން ދިވެހީން ބަލާކަށް ނުތިބޭނެއެވެ.މިރާއްޖޭގައި މިއޮތް ސަރުކާރަކީ ތިކަންތައް ނުވެގެން އެކިއެކި ގޮތްގޮތުން ދިމާކުރާބަޔަކު ތިބި ސަރުކާރެއް. އެމީހުންނަށް އެކަން ނުވެގެން އުޅެނީ މިރާއްޖޭގައި ތިބި ދިވެހި ފަސްގަނޑަށް ލޯބިވާބަޔަކުތިބީތީއެވެ. އަދި އެކަން ވިޔަނުދިނުމަށް އެބަޔަކު އަބަދާއަބަދު އަޑު ލާހަދަމުންތާތީއެވެ.އެހެންނޫނަސް ބޭރުޤައުމުތަކަށް ރަށްވެހިކަން ދިނުމުން ފަލްސްޠީނުގެ ބިމަށް އިޒްރާއީލުން ވެރިވިގޮތަށް ވެރިވުމަކަށް ދިވެހީީން ނެއެދޭނެކަމީ ޝައްކެތް އޮތް ކަމެއްނޫން.