ދިވެހިން ނޫން ފަރާތްތަކަށް ރަށްވެހިކަން ދިނުމުގައި ހުރިހާ ރައްޔިތުންގެ އަޑު އިއްވަން ޖެހޭ ކަމަށާއި މި ކަމާއި މެދު ގޮތް ނިންމާނީ ރައްޔިތުން ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ބިދޭސީންނަށް ދިވެހިރާއްޖޭގެ ރަށްވެހިކަން ދިނުމަށް ޤާނޫނު އަސާސީއަށް ބަދަލުގެންނަން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ދީފައި ވަނިކޮށް ރައީސް ޔާމީންގެ ވެރިކަމުގައި ދިފާއީ ވަޒީރުކަންވެސް ކުރެއްވި އާދަމް ޝަރީފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ބިދޭސީނަށް ރަށްވެހިކަން ދިނުމަކީ މުޅި ގައުމިއްޔަތު ފުނޑުފުނޑު ވެގެން ދާނެ ކަމެއް ކަމަށެވެ.
"ބިދޭސީންނަށް ރައްވެހިކަން ދިނުމަކީ މުޅި ގައުމިއްޔަތު ފުނޑުފުނޑު ވެގެން ދާނެ ކަމެއް, ނަސްލީ ހަމަނުޖެހުމުގެ ހާއްޔަކަށް ގައުމު ބަދަލުވެގެން ދާނެ ކަމެއް, ދިވެހި ރާއްޖޭގައި ދިވެހިން އިތުރަށް ބީރައްޓެހި ވާނެ ކަމެއް " އާދަމް ޝަރީފް ވިދާޅުވިއެވެ.
ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަށް ތާއިދުކޮށް އާޒިމް ޓްވީޓް ކުރެއްވުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ. އާޒިމަށް ރައްދު ދިން ގިނަ މީހުން ވަނީ ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާއި ދެކޮޅު ހަދާފައެވެ.
މުސްލިމުން ނޫން މީހުންނަށް ރާއްޖޭގެ ރަށް ވެހިންނަށް ނުވޭ ގޮތައް އޮންނަ އޮތުމާއި، އިސްލާމްދީން ދޫކޮށްލާ ދިވެހިންނަށް ދިވެހިރައްޔިތުކަން ގެއްލޭ ގޮތަށް މިހާރު އޮންނަ އޮތުން ބަދަލު ކުރުމަށް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އާއި ބޭރުގެ އެހެން ބައެއް ޖަމިއްޔާތަކުން މީގެ ކުރިން ތަކުރާރުކޮށް ގޮވާލާފައިވެއެވެ.
ސަރުކާރުން މިހާރު މަސައްކަތް ކުރަނީ މުސްލިމުން ނޫން މީހުންނަށް ވެސް ދިވެހިރައްޔިތުންކަން ލިބޭ ގޮތް ހަދަން ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.
ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާއި ގުޅޭ ގޮތުން ސަރުކާރުން އަދި މާގިނަ ވާހަކައެއް ނުދައްކައެވެ.
ރައްޔިތުން ހޭލާންވެއްޖެ. މި ސަރުކާރުން އެއުޅެނީ ހުރިހާ ދީނެއްގެ މީހުން ވަޒަންވެރިކޮށްފަ، ރާއްޖޭގެ ޤާނޫނުން އިސްލާމްދީން ފުހެލަން. އެކި ދީންތަކުގެ މީހުން ވަޒަންވެރިކޮށްފަ، ދެން ބުނާނެ މިޤައުމުގަ މިހާރު ރައްޔތުންގެ ގޮތުގައި ތިބީ ހަމައެކަނި މުސްލިމުންނެއް ނޫނޭ. ހުރިހާ ދީނެއްގެ މީހުން އެބަތިއްބޭ. އެހެންވީމާ އެމީހުންގެ ޙައްޤު ޙިމާޔަތް ކުރުމަށް ޤާނޫނުގައިވާ އިސްލާމް ފީން ހިމާޔަތްކުރާ ހުރިހާ ބައިޔަކެއް އުވައިލަންވީކަމަށް ބުނެ، މެމްބަރުން ވަގުތުން އެ ބިލްތައް ފާސްޖުރާނެ.
ރައްޔިތުންނޭ ކިޔާއިރު ރާއްޖޭގެ މިހާރު މެޖޮރިޓީ ބޭނުންވަނީ މިސަރުކާރުން ބޭނުންވާ ގޮތަށް ބޭނުން ދީނެއްގައި އުޅެވޭނެ ގޮތަށް ހެދުމަށް. އިސްލާމްދީން ހިމާޔަތްކުރަން ކެރޭ ބަޔަކުވެސް ނެތް މިހާރަކު. ބޭނުންވަނީ ބިރަކާނުލާ ޑީޖޭ ބާއްވާ ޒިނޭކޮށް މަޖާކުރަން. "ލައިފް އިސް ޝޯޓް އިންޖޯއި އިޓް" ގެ ރައްޔިތުންނަށް ފުރަތަމަ ޖެހޭނީ ވިސްނުވައިދޭން. މިސަރުކާރުގައި ވިސްނުވައިދެވޭނެ ކަމަށް ވަރަށް ޝައްކު
ޢަދިބުނާނެ އެމީހުން އަޅުކަންކުރާނެ ތަންތަން ވެސް ހުންނަން ޖެހޭނެ ޔޭ ދެންފައްޅިޔާ ޗާރޗް ތައްވެސް ދާނީ ހެދެމުން މި އަންނަނީ އެއްކަލަ ހާރޑިންހަމްގެކުޅިގަނޑު މިފަހަރު ރީދޫ ކުދިން ރާއްޖޭގަ ޣައިރު މުސްލި މުން އަޅުކަން ކުރާ ތަންތަން ހަދާފަ ހުއްޓާ ލާނީ
ވޯޓެއް ލާން ހެޔޮ ނުޗާނެ. ވޯޓުވަގު އީސީގަ އެހުރީ.
ވޯޓެއް ލައިގެން ލާހިކެއްނޫން ރައްޔިތުން ބޭނުން ގޮތަކަށް ކަމެއް ނިމޭކަށް. އީސީ އިން ވޯޓުލާނީ. ރައްޔިތުންގެ ވޯޓު އެއްފަރާތަށް ހަކާލާނެ.
އީސީ ޝަރީފު ނިންމާނީ ވޯޓުން. ރައްޔިތުން ބޭކާރު
ވޯޓުލުމަށްވުރެ ބޭކާރު ކަމެއް ރައްޔިތުން ނުކުރާނެ. ވޯޓުވަގު ބޭނުން ގޮތަކަށް ނިންމާލާނެ. އެކަކު ވޯޓުލާން ނުދިޔައަށް 80 ޕަސެންޓް މީހުން ވޯޓުލާނީ ފެންނަކަމަށް.
ވޯޓުލަނީެޭ ކިޔައިގެން ބަތްކައްކާ ކުޅެފާނެ. ރައްޔިތުން ވާވައްދަފާނެ. އެކަމަކު ބޮޑު ވޯޓުވަގު ތި ނިންމާނީ ފައިސާ އަޅާލިކޮޅަކަށް. އޭނަގެ ޒަމީރު މަރުވެ ޝައިޠާނަކަށް ވެފަހުރި މީހެއް އެއީ.
ބޭރުމީހުންނަށް ރަށްވެހިކަން ދޭންފަށައިފިނަމަ ކުރިޔަށްއޮތް 10 ވަރަކަށް އަހރުގެ ތެރޭގައި ދިވެހިންނަށްވުރެ ގިނަވާނެ ބޭރު ދިވެހިން. އަދި މިއުޅޭ ބަގަލަދޭސް މީހުން ނުވެއްސް ދާނެ ރާއްްޖެއިން ދިވެއްސަކަށްވާން ބޭނުންވާތީ، މީގެ އިތުރުން ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް މީހުން އައިސް ވަޒަންވެރިވާނެ. އޭރުން އެއާދެވޫނީ އަނެއް ދިވެހިރާއްޖެއަށް
ދިވެހިންގެދީނާއި ޘަގާފަތަށްޣައްދާރުވިޔަނުދޭށެވެ.ގައުމުދެކެ ލޯބިވާދީންދެކެލޯބިވާނަމަމިކަމާދެކޮޅަށް އެކަތިގަނޑަކަށްވެހުރިހާދިވެހިންތެދުވަންތއްޔާރުވާށެވެ.
ވޯޓުވަގު ސައިންޓިސްޓުންގެ ލީޑަރު ތިކަމުގެ ޒިިންމާ ނަގަންޖެހޭ ..
ދިވެހި ފަސްގަނޑުގަ ދެވިހިން މިހާރު ވެސް ވަންނާނެ ތަނެއް ނެތި ރެފިޔުޖީން ގޮތުގަ އުޅޭއިރު އަދިވެސް އެހެންބަޔަކަށް ރައްވެހިކަން ނުދެވިގެން ދެފަޔަށް ހިނި އަރާއިން..ގައުމު އެއްކޮށް ދީ ބޭރުބަޔަކަށް.މީ ވެރިކަމެއް ހޭ ބަލަ ވެރިކަމެއްހޭ.