ޖުޑިޝަލް ސަރވިސް ކޮމިޝަނުން އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ބަލަމުންދާކަން އަންގާފައެއް ނެތް ކަމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާޒު އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާޒު އަޙްމަދު ހައިލަމް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ދިފާޢީ ވަކީލު ނެންގެވި އިޖުރާއީ ނުކުތާ އަކާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑަކަށް ޖުޑިޝަލް ސަރވިސް ކޮމިޝަނަކުންނެތް އަންގަފާކައެއް އަޅުގަނޑުގެ މައްސަލައެއް ބަލަމުންދާ ކަމެއް. މައްސަލައެއް ބެލުމަކީ އޭގެ ޒާތުން މި މައްސަލައަށް ނުފޫޒެއް ފޯރާނެ ކަމެއް ކަމަށް ގަބޫލުކުރަން ޖެހޭ ސަބަބެއްވެސް ނޫން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެގޮތަށް ގަބޫލު ކުރެވިގެން މިއަދު މި މައްސަލައިން ތަނާޒުލު ވާނަމަ މާދަމާ މި މައްސަލަ ހަވާލު ކުރެވޭ އެހެން ގާޒީއަކަށްވެސް ތިޔަ ވިދާޅުވާ ނުފޫޒު އޮންނާނެ ނޫންތޯ؟ އަޅުގަނޑަކަށް އަމިއްލަ ނަފްސަކަށް ގަބޫލެއް ނުކުރެވޭ އެފަދަ ނުފޫޒެއް އޮތް ކަމަށް. އަދި މައްސަލައެއް ބެލުމަކީވެސް މި މައްސަލައަށް ނުފޫޒު ފޯރުވައިގެން މި މައްސަލައިގެ އަދުލު އިންސާފަށް ހުރަސް އެޅިދާނެ ކަމެއް ކަމަކަށް." ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާޒު އަޙްމަދު ހައިލަމް ވިދާޅުވިއެވެ.

ގާޒީ ހައިލަމްގެ މައްސަލައެއް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ބަލަމުންދާކަން އަންގަވާފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު މިދިޔަ ޖުލަައިމަހުގެ 31 ގައި ޖޭއެސްސީން ވަނީ ގާޒީ ހައިލަމްގެ މައްސަލައެއް އެކޮމިޝަނުން ބަލަމުންދާކަން ހާމަ ކުރައްވާފައެވެ.

ޖޭއެސްސީން ގާޒީ ހައިލަމްގެ މައްސަލަ ބެލުމަށްޓަކައި ތަޢުދީބީ ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވީ ނަމަވެސް ހައިލަމާ ގުޅޭގޮތުން ހުށައެޅިފައިވާ ޝަކުވާއަކީ ސީދާ ކޮބައިކަމެއް އެކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިލަމް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. އަދި އެ ކޯޓުގެ އިސް ގާޒީ ކަމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. Anonymous

  އަހާބަލަ، ގިޔާމަތް ދުވަސް ކިޔާ އަޑު އެހިންތޯ؟

  13
  1
 2. Anonymous

  އެންގިޔަސް ބުނާނެތަ؟ މަރުވާނެ ކަންވެސް ހަނދާނެއް ނެތް. އަނބި ދަރިން ތިބިކަން އެނގޭތޯ ސުވާލުކޮށްލަން ފެނޭ!!!

  14
 3. Anonymous

  ވައްތަރީ މާމިއުޑާގަ ލުސިފަރ އިންނާނެ ގޮތާ.

  10
 4. މުރާދު

  މިހާ ބޮޑެތި ދޮގުތަށް ރޯމާދުވާލު ހަދާ ފަނޑިޔާރުން ލައިގެން ހިންގާ ޝަރީއަތެއް ބަލައެއް ނުގަނެވޭނެ. އަދި އެ ފަނޑިޔާރު ގެ ރަށްޔިތުން ނިކުމޭ..

  17
  1
 5. ކެކެކެ

  އެހެންތަ؟ ހުކުމް ލިޔެފަ ދިން ގޮތަށް ނިންމާނެކަމުގެ ޔަގީންކަން ދިނީމަ މައްސަލައެއް "ބަލަމުންދާކަން އަންގާފައެއް ނެތް" ދޯ؟ ސާބަހޭ އެކްޓަރުންނަށް. ފްލޮޕްވިޔަ ނުދީ ހިފެހެއްޓޭތޯ ވީވަރެއް ކުރާތި.

  1
  1
 6. ނިޢުމާ

  ޖޭއެސްސީ އަށް ކަލޭގެ މައްސަލައެއް ލާފަ އޮތްނަމަވެސް ސަރުކާރުގެ ނުފޫޒްވަދެ އެމައްސަލަ މިވަގުތު ނުބަލާނެއެވެ. އެހެނީ ކަލެއަކީ އެމްޑީޕީއަށް ސިޔާސީ ނަފާ ހޯދައިދިނުމަށް ޤާޟީކަން ދީފައިހުރި މީހަކަށްވެފައި ޔާމީންގެ މައްސަލާގައި ކުރަންވީ ޙުކުމް އެމްޑީޕީގެ ތައްގަނޑުޖަހާފަ ކަލޭގެއަތަށް ދީފައި ވާތީއާ ކަލޭ ނޫން އެހެން ޤާޟިއަކު މި މައްސަލަ ބަލާނަމަ ދައުލަތް އޮރިޔާން ވާނޭކަން އެގޭތީއެވެ. ކަލޭ ކިތަންމެ ފުލެއް ކެހިޔަސް އިންޞާފުން އެއްކިބާވެގެންނޫންގޮތަކަށް ޔާމީންގެ މައްޗަށް ކުށެއް ސާބިތެއް ނުކުރެވޭނެއެވެ.

  3
  2
 7. ޣާޒީ

  ތި ފަނޑިޔާރު ހައި ލަމް އަކީ ދޮގުވެރިއެއްކަން ފަޅާއަރަމުން މިދަނީ، ސަދޫމްގެ އިންސާފް، ދެން އަދީބު ގެ ނޭ ދެކޮޅު ހެއްކަކަށް، އޭނަ ބުނާނެ އޭނަ ފިލި މައްސަލަވެސް ބަލާކަމެއް ނޭނގެޔޭ.

  3
  1
 8. ޢަފްލާ

  ޣާޒީގެ ހުރަވަޅިވެސް ބަދަލު ކުރަން ޖެހޭ އެންމެ ޤާޒީ އަކުން ތިވަރުގެ މައްސަލައެއް ސައްހަ ގޮތުގަ ނިންމައެއް ނުލެވޭނެ ބެންޗެއް މުހިންމު

  5
  1
 9. ދިވެހިން

  އިލްޔާސް ބުނިގޮތަށް 2 4 4 3 4 ކޮންމެ ދުވަހަކު ގުޅާތޯ އަހާބަލަ. އެ ނަންބަރުތަކަށް ނުގުޅާ މީހަަކަށް ދޮގު ހެދުމަކީ އެއްވެސް ކަމަކަށް ނުވާނެ

  5
  1