މ. މުލީގައި ނިޔާވި އަންހެން މީހާގެ ކޮޓަރިއަށް ފުލުހުން ވަދެއްޖެއެވެ.

މުލީގައި މިއަދު ހަވީރު ނިޔާވެފައި ވަނީ އުމުރުން 29 އަހަރުގެ އަންހެނެކެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ، މިއަދު ހަވީރު ނިޔާވި އަންހެން މީހާ އާއި އޭނާގެ ފިރިމީހާ ދިރިއުޅެމުންދާ ކޮޓަރިއަށް ފުލުހުން ވަދެފައިވާކަމަށެވެ. ފުލުހުން އެ ކޮޓަރި ބަލާ ފާސް ކުރަމުންދާތާ ގިނަ އިރުތަކެއް ވެއްޖެ ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ، ދެމަފިރިންނަކީވެސް މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، ނޭވާ ނުލާތީ ކަމަށް ބުނެ މިއަދު ހަވީރު މުލީ ހޮސްޕިޓަލަށް ގެންދިޔަ އަންހެނަކު ނިޔާވި މައްސަަލައެއް ފުލުހުން ބަލަމުން ދާ ކަމަށެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ނާފިޒް "ވަގުތު"އަށް ވިދާޅުވީ، އެ އަންހެންް މީހާ އާއި ގުޅޭ ރިޕޯޓްތަކާއި އެއްޗެހި ނުލިބޭ ކަމަށާއި، އެއްޗެއް ދަންނަނަން އިނގޭނީ ފުލުހުންގެ ރިޕޯޓާއި، ހޮސްޕިޓަލްގެވެސް ރިޕޯޓްތައް ލިބުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މާމިގިލީ މީހާ

  އޯވަޑޯސް ވީ ކަންނޭގެ. ނޫނީ އެފިރިހެން މީހާ މަރާލީ ކަމަށް.

  16
  8
 2. ޢަބްދުއްރަޙްމާން ވަޙީދު

  ގައުމުތައް އަޅުވެތި ކުރުމުގައި ޢާއްމުކޮށް ގެންގުޅޭ ދެހަތިޔާރަކީ މަސްތުވާ ތަކެއްޗާއި ސާފުނޫން އިލްމު ނުވަތަ މައުލޫމާތު ދިނުން. މިދޭއްޗަކީ ވެސް އިންސާނާގެ ބުއްދި ހަމަ މަގުން ގެއްލުވާލާ ދޭތި. ރާއްޖޭގެ މުސްތަގުބަލާއި މެދު ވިސްނާލާ މީހަކު ކަރުނަ އަޅާ ހިސާބުގައި ހެދެމުން އަންނަ ޖީލު އޮތީ.

  85
  4
 3. ފަގީރު

  ތިވާނީ ސަރުކާރުގެ ރޭވުމަކައް

  8
  23
 4. ސައްދާމް

  މިއަދުގެ ހާލަތުގައި ދިވެހި ފުލުހުންނަކަށް ތިޔަ މައްސަލައެއް ތަހުގީގްކޮށް އެދެވޭ ނަތީޖާއެއް ނެރުމާމެދު ވަރަށް ގަބޫލްނުކުރެވޭ. އެންމެ ބޮޑު ސަބަބަކީ ފުލުހުންގެ ވެރިޔަކަށް ހުރީކީ އެގާބިލިއްޔަތު ހުރި މީހެއްނުންކަން.

  23
  3