އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ފަޅުތަކާއި ރަށްތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާ އަށް ޚިޔާނާތްތެރިވެ އެ ފައިސާ ލޯންޑަކޮށް އެކަމުގައި މަންފާ ލިބުނު މީހުންގެ މައުލޫމާތު ފުލުހުންނަށް ކިޔައިދީފައިވާނެ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓުގައި އިއްޔެ އިއުތިރާފްވެވަޑައިގެންފި އެވެ.

އަދީބު ކުށަށް އިއުތިރާފްވެވަޑައިގަތީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފަ އެވެ.

އަދީބު ކުށަށް އިއުތިރާފު ވުމުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އިން އަދީބުގެ މައްޗަށް ދައުވާ ނުއުފުލުން ވެސް އެކަށީގެންވެއެވެ. ނުވަތަ ދައުވާ އުފުލި ނަމަވެސް އަދަބު ކުޑަ ވެގެން ދާނެއެވެ.

ޖިނާއީ އިޖުރާއަތު ގާނޫނުގެ ދަށުން އެކުލަވާލި އެއްބަސްވުމުގައި އަދީބު އެއްބަސްވެވަޑައިގެންފައި ވަނީ ކުށްތަކަށް އިއުތިރާފްވެވަޑައިގަތުމާ އެކު ތަހުގީގަށް އެއްބާރުލުން ދެއްވާށެވެ،

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހަކު ތަހުގީގުގައި ކުށަށް އިއުތިރާފުވާން ބޭނުން ކަމަށް ބުނެފި ނަމަ ދައުވާ ނުކޮށް ދޫކޮށްލުމާއި އަދަބު ލުއިކޮށްދިނުމަށް އެއްބަސްވުމެއް ހެދިދާނެ އެވެ.

ބަންދުގެ މަޖިލީހުގައި އަދީބު ކުށަށް އިއުތިރާފުވުމާއި ގުޅިގެން ޝަރީއަތުގެ މަޖިލީހުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ އަދީބުގެ އިއުތިރާފް، ގާޒީގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. ޚިޔާނާތް ހިންގެވި ކަމަށާއި ފުލުހުންގެ ތަހުގީގަށް އެ ކަން ހިންގި ގޮތް ކިޔައިދީފައިވާ ކަމަށް އަދީބު ވެވަޑައިގަތް އިއުތިރާފް ކޯޓުގައި ރެކޯޑް ކުރުމަށް ރިޔާޒް އެދިވަޑައިގަތެވެ.

އަދީބުގެ ވަކީލް ވެސް ވަނީ ކޯޓުގައި އަދީބު ދެއްކެވި ވާހަކަތަކުގެ ބަޔާނުގައި އަދީބު ސޮއިކުރައްވާނެ ކަމަށް ރޭގެ ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. Anonymous

  ވަރަށްވެސް ފުރިހަމައަށް ދައުލަތް މިހިންގަނީ. ރައްޔިތުންގެ އެތައް މިލިއަނެއްގެ ފައިސާ އަމިއްލައަށް ބޭނުންކޮށް މީހުންނަށް ބަހައި ހެދީ، ޕްރޮސިކިއުޓަރ އޭނައަށް ދައުވާ ނުކުރުން. ހިޔާނާތުގެ ބޮޑު މީހާ އަދި މޭސްތިރި، އެހެން މީހުނަށް ކޮން ފައިސާއެއްކަން ނޭނގޭނެހެން ދަރަނި ފައިސާގެ ގޮތުގައި ފައިސާ ބެހި މީހާ މިވީ މިނިވަން ކުރަން. އެކަމަކު، ސަރުކާރު ހިންގާ ޕާޓީއާއި އެޕާޓީގެ ކުދިން ބޭނުންވާ މީހާ މިވަނީ ކުޑަގޮޅީގަ އޮންނަން. މިހިރީ އިންސާފު!!! މިގައުމުގެ ރައްޔިތުންނަކީ، ހަމަ ހަގީގަތުގައިވެސް ސިކުނޑި ހަލާކުވެ ހެޔޮވިސްނުން ގެއްލިފައިވާ ބައެއްތޯ ސުވާލުކުރެވޭ..

  110
  13
 2. ދީމާ

  އަދީބު ފުލުހުންނަށް ދިން 155 މީހުންގެ ލިސްޓުގައި ރައީސް ޔާމީންގެ ނަންފުޅު ނެތެވެ. އެހެނަސް ޚިޔާނަތުގެ ފައިސާ ލިބުނުކަމަށް ބުނާ 155 މީހުންގެ ތެރެއިން ދަޢުވާކުރަނީ ރައީސް ޔާމީންއަށް އެކަންޏެވެ. ރައީސް ޔާމީންވަނީ އެމަނިކުފާނުގެ އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޖަމާވިކަމާ ޖަމާކުރީ އަދީބުކަމާ އެ ޑޮަލަރަކީ ދައުލަތުގެ ފައިސާކަމެއް ނުވަތަ އަދީބުގެ އަމިއްލަ ފައިސާކަމެއް ނޭގޭ ކަމަށް ވިދާޅުވެފައެވެ. އޭސީސީން ރައީސް ޔާމީނަށް އަންގަވާފަ އޮތީ އެ ފައިސާގައި ނުޖެހި ބެހެއްޓުމަށެވެ. އަދި ދައުލަތުން ހިންގާ ތަޙްޤީޤުގައި ސުވާލުކުރެވުނު އެއްވެސް މުއައްސަސާއަކުންވެސް އެ ފައިސާއަކީ ޚިޔާނަތުގެ ފައިސާކަމަށް ބަޔާންކޮށްފައެއް ނުވެއެވެ. ވީމާ އިންޝާއަﷲ ރައީސް ޔާމީންގެ މައްޗަށް ހިންގޭ ޝަރީޢަތް ސަރުކާރުގެ އަތަށް ގޮވުން ވަރަށް ގާތެވެ.

  125
  12
  • ޙަމްދޫން

   ކިތަންމެ ވަރަކަށް އިންޝާﷲ ކިޔަސް ޔާމިން ގޮޅިއަށް ނުލާނެ އެއްގޮތެއްވެސް ނޯއްނާނޭ

   8
   68
   • އުގޫފާރު މީހާ

    ޔާމީން ނުލުވޭނެ ޖަލަކަށް . ވަރަށް ސާފު. އެއީ ވަގެއްނޫނޭ.

    3
    1
   • ބަނީ

    ޔާމީން އަށް ނޭނގި، ގަވާއިދު ތަށް ބަދަލު ކޮށްގެން ގެނައި ނައިބު ރައީސް ކުރި ނުލަފާ ކަންތަށްތަ، ނޭނގެންޔާ، ޔާމީން އަކީ ބޮޑު ވެގެންވާ ގަމާރެށް!

 3. ބުލް

  ތި ފުރުސަތު ނިކަމެތި އަންމުންނަކަށް ނީނދޭތަ ބޮޑެތި ކުއްތައް ވިއްޔާ
  ލަދުން ބޯ ހަލާކު

  80
  2
  • ބުޅާ

   އިސްލާމީ ދައުލަތެއް. އިސްލާމީ ޝަރީއަތް. ހަޖަމު ކޮށްލައިގެން ސަނާކިޔާލަ ކިޔާލާ ތިބޭ

   18
   4
 4. ރައްޔިތުން

  ސުކުރީޔާ އަހުމަދު އަދީބު. އިރާދަކުރެއްވީޔާ ރައީސް ޔާމީނު
  މުޅިދުނިޔެއަށް؛ ބޭޒާރުވާނެ.

  4
  53
  • ސްސްސް

   ޓެލެސްކޯޕެއް އަޅައިގެން ބަލާނަން އެދުވަސް އަންނަތޯ. އެދުވަސް އަތުވެދާނެ ދޮގު ތުހުމަތްތައް ކޮށްގެން ސަދޫމީ ސަރުކާރުން ދޮގު ކޮމިޝަނެއް އުފައްދައިގެން ހުކުމް ކޮށްފިއްޔާ.

   22
 5. އަލީ

  ބަލަ ޕްރޮސެކިއުޓަރ ޖެނެރަލްއަށް ކޮން ހައްގެއްތޯ އޮތީ މަގޭފައިސާއަށް ހިޔާނާތްތެރިވުމުން އެކަން މާފްކުރުމުގެ. ބަލަ މަށަކީވެސް ދިވެހި ރައްޔިތެކޭ. އެކާލީ ހަމަ މަގޭގެވެސް ފައިސާ. ކަލޭމެންނަށް ހީވަނީތަ ތީ ދުނިޔޭގަ ތާއަބަދަށް ދެމިތިބޭނެ އަދި ކަލޭމެންގެ އަމަލުތަކާދޭތެރޭ ޒިންމާ ވާން ނުޖެހޭނެ ބައެއްކަމަށް.

  39
 6. ކަލޯ

  އާން އަދިވެސް ފްރީ އަދީބު ގޮވާ ކަލޭމެން.

  28
  2
 7. ކަނބުލޮ

  މާގިނަ ސުވާލު ނުކޮށް އަދީބުގެންގޮސް ގޮޅިއަށްލާބަލަ.

  29
 8. ޓަގުބެ (އަދީބުރޯ)

  ޓަގުބެޔަށް އިބޫ މާފުދެނީދޯ... ކާލި ލާރިގަނޑުން ހަރަދުކޮށް ގެނައި ސަރުކާރުވީމަ ވާގޮތް

  44
  1
 9. ާރަސީދު

  ދިވެހި ރައްޔަތު މީހާގެ ފައިސާއަށް ޙިޔާނާތްތެރި ވިކަމަށް އިޢުތި ވީއަކީ އެފައިސާކޮޅު މޑޕ ވެރިކަމަށްގެންނަން ހޭދަކޮއްލާފަ، ތީވެސް ޑީލެއް

  37
  1
 10. ނަސީދު

  މިސަރުކާރުން ހިންގާ ޖަރީމާތައް މިފެންނަނީ ވޯޓް ދެވުނީތީ މިހާރު ހިތާމަކުރަން އެންތާވާނީ މުޅިން ހެން ހެދީދޮގު އޮޅުވާޅީ އެމްޑީޕީއައްސަލް

  19
  1
 11. Anonymous

  މިކަން މިގޮތައް ހަވަޔައްދުއްވާލައިފިއްޔާ ކުޅިދައްކާލާނަން ސަރުކާރައް ވޯޓްލާން ޖެހޭނެ ދޯ 2023 ގައި

  16
  3
 12. ކޮންމެއަކަސް......

  މި ކަންތައްގަނޑު ހަމައެކަނި ޢަދީބާ ހިސާބުން ނުނިމޭނެ ކަން، ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކު ޤަބޫލު ކުރާނެ އެވެ.

  7
  2
 13. ތެދު

  ވާގޮތަކީ ހަމްދޫނު ކަލެޔަށް މާބޮޑަށް އެނގެނީ

 14. ސަޅި

  އެއީ މިސަރުކާރުގެ މޮޅުކަން. ހިންގާ ސިޔާސަތުގެ ހަރުދަނާކަން. އަދީބުވެސް އަރަންހުރި ގޮޅި އެ ހުސްކޮށްލީ. ވިސްނަދީގެން އަދީބު ހުރިހާކަމަކަށް އެއްބަސް ކޮށްލީ

 15. ގައުމުގެ ދޫ

  ޓަގުބުރޯގެ ލިސްޓުގާ ޔާންޓޭ ނެތިއްޔާ ލިސްޓު ފުރިހަމަނުވާ ކަމަށް ގަބޫލުކުރެވެނީ. ކޮންމެޔަކަސް ވައްކަންކުރި މީހުން ދިވެހިންނަށް ވަރަށް ސާފު، ދެން އޮތީ އެ ފަރާތްތަށް ކުޑަ ގޮޅިއަށް ވެއްދުމުގެ މަރުހަލާ. އިސާހިތަކު އެ ކަންވެސް ނިމޭނެ. ވެދުން

 16. ބާޑީ މުލި

  ތިއީ ދެންބޮޑުވަރު ދައުލަތް ދަވާލީމަވެސް ދައުވާނުކޮށް ނޫނީ އަދަބު ލުއިކޮށްދޭން ނޫނޭ ސަޅި ދެރަނިކަމެތި މީހާ ވިއްޔާ މަރަންވީ އަނބި ދަރިން ނިކަމެތިކޮށްލަންވީ