ވަރަށް އަވަހަށް ޓީޗަރުންގެ މުސާރަތައް ބޮޑުކޮށް އިތުރު އިނާޔާތްތައް އެ ފަރާތްތަކަށް ހޯދައިދިނުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އައިޝަތު ވިދާޅުވީ މުސާރަ ބޮޑުކުރުމަށްޓަކާ ރައީސް އޮފީހާއި ގުޅިގެން އޮނިގަނޑުތަކަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެއް ޓީޗަރުންގެ އުޖޫރުއަށް ހެޔޮ ބަދަލެއް ގެނައުމަކީ އެ ވައުދު ފުއްދުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުން. އެގޮތުން ރައީސް އޮފީހާއި ގުޅިގެން އޮނިގަނޑުތަކަށް ބަދަލުތަކެއް ގެނެސްފިން." މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ.

މުސާރަތައް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އަދި ޓީޗަރުންގެ ކަންބޮޑުވުންތަކަކީ މިނިސްޓްރީގެ ވެސް ކަންބޮޑުވުންތައް ކަމަށްވެސް މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މުދައްރިސުންގެ މުސާރަ ބޮޑުކުރުމަށްޓަކާ އަދި އިތުރުގަޑިއަށްވެސް ގެނެވޭނެ ހެޔޮ ބަދަލުތައް މިދަނީ މަޝްވަރާ ކުރަމުން ކަމަށާއި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މިކަން އިއުލާން ކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް އަހަރު ތަކުގައި ދިވެހި މުދައްރިސުން ބިނާކޮށް ތަމްރީން ކުރުމަށް ޕްރޮގްރާމްތަކެއް ހިންގަން ރާވާފައިވާ ކަމަށެވެ.

"މިހާރު އޮންނަ ބްލޮކް މޯޑަށް ޓީޗަރުން ތަމްރީން ކުރުމުން ރަނގަޅު ޓީޗަރުން ބިނާ ނުވޭ. އެކަމަށް މަދުވެގެން ތިން އަހަރު ބޭނުންވޭ, ސެމިސްޓާއެއްގެ އެއް ފަހަރު ލެކްޗަރާއަކާ އެކު ބައްދަލު ކޮށްގެން އެ ކިޔަވައިދޭ ކިޔަވައިދިނުމަކުން ހަގީގަތުގައި ރަނގަޅު ޓީޗަރެއް ބިނައެއް ނުކުރެވޭ." މިނިސްޓަރު ވިދާޅުވި އެވެ.

ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ކުޑަބަޖަރާ

  ތިޔަހީވަނީ ވަރަށްބޮޑު ޕްރޮޖެކްޓަކަށްވާނެހެން. ތިޔަ މަސައްކަތައް ކިހާފައިސާއެއް ޚަރަދުވާނެބާ؟.

 2. ހަސަން ޢަލީ

  މި ޤައުމުގައި ޓީޗަރުން ނޫން ބައެއް ވަޒީފާ އަދާނުކުރަނީތޯ ސުވާލު އުފެދޭ. އެހެން ސިވިލް ސާރވަންޓުންނާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ މީހުންގެ މުސާރަ ބޮޑު ނުކުރަނީ ކީއްވެތޯ؟

  5
  7
  • މަސްއޫލިއްޔަތު

   ޓީޗަރުން އުފުލާ ވަރަަކަށް ބުރަ އެމީހުންނެއް ނޫފުލާ،
   އެކަމު ޓީޗަރުންނަށް ވުރެ ބޮޑު މުސާރައެއް އެހެން ބައެއް ވަޒީފާތަކުގަ އުޅޭ މީހުންނަށް ލިބޭ.

   8
   1
 3. ރަނޭ

  އިމުރާނު ކޮބާތަ؟ ޕޮލިހުންގެ މުސާރަ ބޮޑުކުރަނީ ކޮން އިރަކުންބާ؟ ލިވިންގ އެލަވަންސް ކޮބާ؟ ރިސްކު އެލަވަންސް ބޮޑުކުރޭ

 4. ...

  ހިލޭ ޑިގްރީ ފައިސާ އަދިވެސް ޖަމާ ނުވޭ.! އެއް ކަން ނުވެގެން އުޅޭއިރު އަނެއް ކަމެއް ތި ފަށަނީ

 5. ސައިމާ

  އަބަދުވެސް ޓީޗަރުންގެ މުސާރަ ބޮޑުނުވެގެންއުޅޭއަޑު މިއިވެނީ. ތިކަންވެސް ކުރަންޖެހޭނެ. އެކަމަކު އެހެންމީހުންވެސް މުސާރަ ބޮޑުވާން އެދޭނެދޯ.

 6. އަލީ

  މަމިނުނާބަސް ހަނދާންކުރާތި. އާޚިރުގައި ޓީޗަރުންގެ މުސާރަ ވާނީ ކުޑަ. މިހެންމިބުނީ މި ސަރުކާރުގެ ކޮންމެ ވައުދެއްވެސް އާޚިރުގައި އޮންނަނީ ހަމަ ތިރީކޮޅު މައްޗަށް މަތީކޮޅު ތިރިޔަށް