ފާލު ބެލުމާއި، އަތް ބެލުން ފަދަ ކަންކަމަކީ ސިހުރު ފަދައިން ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަމަށް މިއަދުގެ ހުތުބާގައި ވިދާޅުވެއްޖެއެވެ.
"ސިހުރު ހާހާރައިގެ ނުބައިކަމާއި" ގުޅޭގޮތުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ވިދާޅުވެފައި ވަނީ، ސިހުރަކީ ގަދީމީ ޒަމާނުގެ މީހުންގެ ތެރޭގައި އާއި މި ޒަމާނުގައިވެސް މީސްތަކުންގެ ގައިގައި ވަކިހިއްޕާލައިފާއި ބިރުވެރި ބަލިމަޑުކަމެއް ކަމަށެވެ. އަދި ސިހުރަކީ އިންސީންގެ ޝައިތާނުގެ ތެރޭގައި ވާ ޝައިތާނެއް ކަމަށާއި، އެއީ މީސްތަކުން ދެކެ ލޯބިވާ މީހެއް ނޫން ކަމަށް ހުތުބާގައި ވެއެވެ. އަދި އޭނާގެ ހިތުގައި މީސްތަކުންނާއި މެދި އޯގާވެ ކުލުނެއް ނޯންނާނެ ކަމަށް ހުތުބާގައިވެއެވެ.
"އޭނާގެ މަގްސަދަކީ މީސްތަކުން ގިލަން ކުރުމާއި، މީސްތަނުންނަށް ގޯނާ ކުރުމާއި، އޭނާގެ ޖީބު ތަނަވަސް ކުރުމެވެ. މަކަރާއި ހީލަތްހަދާ އޮޅުވައިލައިގެން އަގީދާ ބަލިކަށި މީހުންގެ ސިކުނޑިތަކާއި، ކުޅެގެންނެވެ. މީހަކަަށް ސިހުރުވެރިއަކަށް ވެވޭނީ އޭނާގެ އީމާންކަން ވިއްކާލުމަށްފަހު، އޭނާގެ އެކުވެރި ޝައިތާނުން ދޯޅުވުމަށްޓަކައި މާތްﷲ ހުއްދަނުރައްވާ އަމަލުތައް ކޮށްގެންނެވެ". ހުތުބާގައި ވެއެވެ.
ހުތުބާގައި ވިދާޅުވެފައި ވަނީ ސިހުރަކީ ހަރާމް ކަމެއް ކަމަށާއި، ބޮޑުވެގެންވާ ފާފައެއް ކަމަށެވެ. އަދި ސިހުރު އުނގެނުމާއި، ދަސް ކުރުމަކީވެސް ހަރާމް ކަމެއް ކަމަށާއި، ކުފުރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ހުތުބާގައި ވެއެވެ.
ހުތުބާގައި ވިދާޅުވެފައިވާގޮތުގައި، އިރުވަރުބެލުމާއި، ފާލު ބެލުމާއި، ރަމަލު ޖެހުމައި، އަތްބެލުން ފަދަ ކަންކަމަކީ ސިހުރުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
"މިފަދަ އެންމެހާ ކަންތައްތަކަކީ ސިހުރު ހާހޫރައާއި އެއްފަދަ ބޮޑެތި ފާފަތަކެވެ. އެކަންކަން ކުރާ މީހާ ދައުވާ ކުރާގޮތުގައި، އޭނާއަށް ޣައިބުގައިވާ ކަންތައްތައް އިނގެއެވެ. ނަމަވެސް އައިބަކީ މާތްﷲއަށް ހާއްސަވެގެންވާ ކަންތައްތަކެވެ". ހުތުބާގައި ވެއެވެ.
ހުތުބާގައި އިތުރަށް ވިދާޅުވެފައި ވަނީ، ސިހުރަކީ ވަބާއެއް ކަމަށެވެ. އެއީ އިންސާނުން މަގުފުރައްދާ އެއްޗެއް ކަމަށާއި، ޝައިތާނާ އެ މީހުންނަށް އެކަންތައް ކޮށްދެނީ ބޮޑެތި ފާފަތަކަށް އަރައިގަތުމަށް ކަމަށް ހުތުބާގައި ވެއެވެ.
"މި ޝައިތާނާ ކުރަން އަމުރުކުރާ ބައެއް ކަންތައްތައް ކޮށްފިނަމަ އެ މީހަކު އިސްލާމްކަމުގެ އިމުން ބޭރުވެ ކުފްރުގެ އަނދަވަލަށް ވެއްޓިދާނެއެވެ"، އެ ހުތުބާގައި ވެއެވެ.
ފާލު ބެލުމާއި، އަތް ބެލުން ފަދަ ކަންކަމަކީ ސިހުރު ފަދައިން ބޮޑެތި ފާފަތަކެއް ނޫނޭ އެއީ ސީދާ ސިހުރޭ! ރަނގަޅަށް އަޑުއެހިންތަ ޙުތުބާ؟
ކަލޭ އަޑުއެހިންތަ؟ ހުތުބާގަ ކީ ގޮތަށް އެ އޮތީ ލިޔެފައި!
ޚުޠުބާ އަޑު އެހިން، ޚުޠުބާގަ އިން ގޮތަކަށް ނޫން ބައެއް ބަސްތައް މި އާޓިކަލް ގަ މިހުރީ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ވެބްސައިޓްގެ ޑައުންލޯޑްސް ފޯލްޑާގަ 16 އޯގަސްޓް ގެ ހުކުރު ޚުޠުބާ އިންނާނެ.
ރާއްޖޭގެ އެންމެ އަޕްޓޭޑް ނޫސް އަކީ ވަގުތު! އެންމެ ހިތް ހަމަ ޖެހެނީ ހޯމް ޕޭޖް ބަލާ ކޮންމެ އިރަކުވެސް އަޕްޑޭޓް ވެފަ އިނުން. ތިކުރާ މަސައްކަތްތަކަށް ސާބަސް ކިޔަން!.
ޙަޖަމް ކުރުމުގާ ދަތި ބޭފުޅުން ޑިސްލައިކް ކުރިޔަސް، ހަޤީޤަތް ވާނީ ހަޤީޤަތަށް
ސިހުރު ހެދުން ހަރާމް ސިހުރުހަދާ މީހާކައިޔަށް ދިއުން ހުއްދަ
ސިހުރު ހަދާމީހުން ހޯދާ ހިފާ ހައްޔަރުކުރޭ. މުޅި ދުނިޔޭއެިން ސިހުރު ފޮހެލާނެ ލީޑަރެއް ނެރުއްވާންދޭވެ. އާމީން
ސިހުރަކީ ހުންނަ އެއްޗެއްނޫން އެގަބޫލުކުރީމަ ސިހުރޭ އެކިޔާ އެއްޗަށް ބަދަލުވަނީ އެއްވެސް މީހަކު އެގަބޫލު ނުކުރާތި ގަބޫލު ކޮއްފީޔާމް އެބުނާއެއްޗެއް ޖެހޭނެ
ޖެހިފަކަންނޭގެ ތިހުރީ
މުސްލިމެއްތަ؟
މިގޮލާމިހުރީ އަންނިގެ ސިހުރު ހަމަ ރަނގަޅަށްވެސް ޖެހިފަ.
ސހުރު ވެރިޔާ ކައިރިޔަށް ދިއުން ހުއްދަ އެކަމަކު ސިހުރު ވެރިޔާ ބުނާއެތި ގަބޫލު ކުރުން ހުއްދައެއް ނުވާނެ.
ކަލޭބުނީމެންނުން އެއީ ހުންނައެއްޗެއް ނޫނެކޭ. މިހާރުތިކިޔަނީ ކީކޭތައަޅެ؟
ރާއްޖެއަކީ މިހާރު މި ރީޖަނުގެ ސިހުރު ކެޕިޓަލެއް.. މިތާގަ ސިހުރުގެ ކަންކަން އޮތީ ހައްދުންނައްޓާފަ. ސުކޫލު ކުދީންވެސް ސިހުރުކިޔަވައިގެން ސިހުރުއެބަހަދާ.. ބިޓުބްގެ ކަންކަމުގަ. ފަތްބޯގުރޫޕު އަދި މިކަމުގައި މާކުރީގަ އުޅެނީ. ދެންގޮސް ވިޔަފާރިވެރީން އެބަހަދާ ވިޔަފާރި ކުރިއަރުވަން. ސައިހޮޓާތަކައް ގިނަ ކަސްޓަމަރުން ވައްދަން ސިހުރު އެބަހަދާ. ގޭދޮށު މާ ރިވެތި ދިރިއުޅުމެެއް އުޅޭ ދެމަފިރިޔަކު ފެނިއްޖެއްޔާ ދިރިއުޅުން ހަލާކުކޮއްލަން އެބަ ހަދާ. ތިމާގެ ނުވަތަ އެއްބަނޑު އެއްބަފާ މީހުންގެ ދަރީންނަށާއި އަނބީންނައް އެބަހަދާ. ދަނބިދަރީންހަލާކު ކުރަން އެބަހަދާ. ދޮން އަމާ ދޮންދަރީންނައް އެބަ ހަދާ. ބޮޑުބޭބެގެ ވިޔަފާރި ކައްވާލަން ބޮޑުވޭބެޔާއި އޭނާގެ ދަރީން ހަލާކުކުރަން އެބަ ހަދާ. ސިޔާސީ މަގާމުތަކާއި އިލެކްޝަން ކާމިޔާބު ކުރަން އެބަ ހަދާ. މުއްސަނދީންނާއި ނުވަތަ މުއްސަނދީންގެ ދަރީންނާއި އިންނަން ލޯބި ޖައްސަން އެބަހަދާ. ހަސަދަލައިގެން އެކާގެ ދުޅަހެޔޮކަމާއި ރީތިސިފަ ކަނޑުވާލަން އެބަހަދާ. ބަލިތައްޖައްސައި މީހާ މަރާލަންށާއި މޮޔަކޮއްލަން އެބަހަދާ. ދެން ވިސްނާ މިތަން އިސްލާހުވާނެ ގޮތެއް އެބައޮތްތަ.؟ މިކަމަކީ ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން މިކަމައް ދާއިމީ ހައްލެއް ނެރެދޭނެ ސަރުކާރެއް ނެތް. މެމްބަރުންތައްވެސް ހަމަ މިކުޅީގަ އެބަތިވި ގެނބިފަ.
ސިހުރު ހަދާމީހާއާއި ސިހުރު ކައްކާ މީހާއާއި އެއްގޮތޭ ކިޔަކިޔާ ތިބީމަ ނިމުނީއެއްނޫނޭ.. ސިހުރު ހަދާމީހުން ހައްޔަރުކޮއް އަދަބުދިނުމާއި އެމީހުންނައް ކަނޑައަޅާފައިވާ އުގޫބާތް ދެވޭނޭގޮތް ހަދާ ގާނޫނުތައް ހަދާ ތަންފީޒުނުކޮއް ކޮން ސިހުރެކޭ މައިކާލޯއެކޯ ކިޔާކައްތަ.
ވަރައް ރަނގަޅުވާހަކައެއް..
ފާލުބެލުމާއި ސިހުރު ހެދުމާއި މިއީ ރާއްޖޭގެ ސަގާފީކަންކަމުން ކާބަފައިން ކުރަމުންއައި މުޑުދާރުކަންކަން. މިކަމުގެ އަސަރުތައް ފިލައިގެންނެެއް ނުދޭ.. އަދި ކިއެއްތަ މިހާރަކައް އައިސް މިކަންކަން މާގަދައައް އެބަ ކުރޭ.. މިއީ މިގައުމު ނެތިދާން އުޅޭކަމުގެ އަލާމާތް..