ރާއްޖެ ސަރަހައްދުގައި ތޫފާނެއް އުފެދި، އެ ތޫފާން ރާއްޖެއާ ދިމާލަށް ދަތުރުކުރަމުން ދާކަމަށް ބުނެ ފަތުރަމުން އަންނަނީ ދޮގު ހަބަރެއް ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
އިންޑިއާ ކަނޑުގައި އުފެދުނު ތޫފާނަކާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ބުނެފައި ވަނީ ތޫފާން އުފެދިފައި ވަނީ ރާއްޖެއާ ކައިރިން ކަމަށާއި، ތޫފާން ދަތުރުކުރަމުންދަނީ ރާއްޖެއާ ދިމާއަށް ކަމަށެވެ. އެހެން ނަމަވެސް މެޓް އޮފީހުން ވަނީ އެކަން ދޮގު ކޮށްފައެވެ.
އިންޑިއާ މެޓް އޮފީހާ ހަވާލާދީ ރާއްޖޭގެ މެޓް އޮފީހުން ވިދާޅުވީ އިންޑިއާގެ ގުޖުރާތާ ދިމާގައި އުފެދިފައި ވަނީ ވެލްމާކް ލޯ ޕްރެޝަރެއް ކަމަށެވެ. އަދި އޭތު ތޫފާނަކަށް ބަދަލުވާ ކަމަށް އިންޑިއާއިން ބުނެފައި ނުވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ. އޭގެ އިތުރުން މެޓުން ވިދާޅުވީ އެއީ ވަރަށް ދުރު ކަމަށާއި، އެ ސަރަހައްދަކީ ގުރުޖާތުގައި ހިމެނޭ ލޯ ޕްރެޝާ އޭރިއާ ކަމަށެވެ. އަދި އެއީ ނޯތު އިންޑިއާގެ ނޯތު ކަމަށްވެސް މެޓުން ވިދާޅިއެވެ.
މެޓުން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދަނީ ސައުތުވެސްޓް ވިއްސާރަ މޫސުމުގެ ވިއްސާރަ ކަމަށާއި، ރާއްޖެ މަތީގައި އޮތީ ލޯ ޕްރެޝާ ޓްރަފެއް ކަމަށެވެ. އަދި އެއީ އިންޑިއާގެ ގުޖުރާތު ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑާ އެއްވެސް ގުޅުމެއް ނެތް ވިއްސާރައެއް ކަމަށް މެޓުން ހާމަކުރިއެވެ.
ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު، އީދު ބަންދާ ދިމާކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.
އިންދިޔާމީހުން ރާއްޖޭގެދުވަސް ދުއްވާލަން ވަރައް ގިނަރޭވުން ތައް ރާވާނެ ކީއްކުރާނީ މިހާރުގެ ސަރުކާރުން އެވަރުގެބައެއް ނެތްކަމެއްތާބަލއިގެންއުޅެނީ ފަހުންބޮޑިލިބުނީމާހޭއަރާނީ