18 ގެސްޓުންނާއި 13 ކްރޫ މެމްބަރުން ތިބި ސަފާރީއެއް ދިޔަވެ އަޑިއަށްދާތީ އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން މައުލޫމާތި ދީފައިވާ ގޮތުގައި، މާލެ އަތޮޅު އުތުރުން ތިލަފަޅު ކައިރީ އަޅާފައި އޮތް "އޮނާސް ލެގަސީ" ނަމަކަށް ކިޔާ ސަފާރީ އަޑިއަށް ދާތީ އެމްއެންޑީއެފް މާލެ އޭރިއާއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ 13:25 ހާއިރު ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، އެ ސަފާރީ ދިޔަވުން ކޮންޓްރޯލް ކުރުމަށް ޕަމްޕް ބޭނުން ކުރަމުން ދެއެވެ. އަދި ކޯސްޓް ގާޑުގެ ޑައިވަރުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.