ކުލަ ޖެހުމުގެ ތެރޭގައި ސިފައިންގެ މީހަކު އަންހެނަކަށް ޖިންސީ ގޯނާކޮށްފި ކަމަށް ތުހުމަތުކޮށްފިއެވެ.

މިކަން ހިނގާފައި ވަނީ މިއަދު ތ.އަތޮޅު ވޭމަންދުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވެސް ވަނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

ފުލުހުން ވިދާޅުވީ މިއަދު 14:50 ހާއިރު ތ.ވޭމަންޑޫގައި އަލްހާ ޢީދުގެ މުނާސަބަތުގައި ކުލަ ޖެހުމުގެ ހަރަކާތް ކުރިއަށް ދަނިކޮށް 31 އަހަރުގެ ފިރިހެނަކު، 19 އަހަރުގެ އަންހެނަކާއި މެދު ބަދުއަޙްލާޤީ އަމަލު ހިންގި ކަމަށް ބުނެ މިރޭ 19:50 ހާއިރު ފުލުހުންނަށް މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިމައްސަލަ ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ދަނީ ޤަވައިދާއި އެއްގޮތްވާ ގޮތުގެ މަތިން ތަޙްޤީޤު ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ވޭމަންޑޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ސިފައިންގެ މީހަކު ކުލަ އުނގުޅުމުގެ ތެރޭގައި އަންހެން މީހާގެ ޖިންސީ ގުނަވަންތަކުގައި ހިފި ކަމަށް އަންހެން މީހާގެ އާއިލާ އިން ބުނާ ކަމަށެވެ.

ނަމަވެސް ރަށުގެ އެހެން ބައެއް މީހުން ބުނާ ގޮތުގައި ސިފައިންގެ މީހާ އެފަދަ އަމަލެއް ހިންގާފައެއް ނުވެއެވެ. ރަށުގެ ގިނަ ބަޔަކު މަގުމަތީގައި ތިއްބާ ސިފައިންގެ މީހާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ރަށުގެ ބައެއް މީހުން ގަބޫލުނުކުރާ ކަމަށް އެރަށުން "ވަގުތު" އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އިތުރު މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އަންހެން މީހާ އެފަދަ ވާހަކައެއް ދައްކަމުން ގެންދަނީ ފިރިހެން މީހާ އާއި މެދު ކުރިން ފެށިގެން ވެސް ނަފްރަތު ކަމެއް އޮންނާތީ އެވެ. ކުލަ އުނގުޅަން ފެށުމުން އަންހެން މީހާ ދުއްވައިގަތް ކަމަށާއި އެވަގުތު ވެއްޓި އަނިޔާވި ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

 1. Anonymous

  ޢެއްޗެއް ަ ބުނާއިރު ވިސްނާލުން މުހިމު ސިފައިން ބަދުނާމު ކުރަން ނެހެދުން ވަރައް އެދެން މާދަމާވެސް ތިބޭކަލުން ސަލާމުގެ އައްސޭރިޔަށް ގެންދަން ތިބީ ހަމަ އެބޭކަލުން

  75
  23
  • ޙހ

   " މާދަމާވެސް ތިބޭކަލުން ސަލާމުގެ އައްސޭރިޔަށް ގެންދަން ތިބީ ހަމަ އެބޭކަލުން "
   އަހަރުގެ އެންމެ ބޮޑު ޖޯކް

   31
   51
   • ކޮމެންޓް

    ކަލެއަށް ޖޯކަކައްވިޔަސް

    17
    2
 2. މާމިގިލީ މީހާ

  އޮންނާނީ ސިފައިންގެ މީހާ ކޮއްފަ. ހުރިހާ ނުބައި ކަމެއް ކުރާ ބަޔަކީ ފުލުހުންނާއި ސިފައިން.

  32
  73
  • ނޯޖަވާނު

   އަސަރެއް ކޮއްލާނީ... ސްމާޓް މީހުން ދޯ ބުރޯ

   32
   18
 3. މަތީތައުލީމު

  ސިފައިންގެ މީހަކު ނުހިފާނެ.. ފުލުހަކު ކަސްޓަމްސް މީހަކު ހިފާފާނެ... ތިވާނީ ރަންޑިއެއް އިންނާނެ މީހަކު ނުވެގެން ތިޔަބުނާމީހާ ސެޓުނުވެގެން އަރުވާލި އަޑެއްކަމަށް

  62
  16
 4. ކެސްބެ

  ސިފައިންގެ މީހަކު ނޫޅޭ ތިކަހަލަ ރަށުތެރޭގަ އުޅޭ ކޫޑިއެއް ނުލިބިގެނެތް.. ޕޮލިހެކޭ ގޮވާ އޭރުން އޯކޭ.. ކޮމެންޓު މަވެސް ބަދަލުކޮށްލާނަން

  52
  23
 5. ބޯކިބާ

  ކުލަކޮޅެއްޖަހާށޭ ބުނީމާ ޖެހުނުތާކު ހިފަންޏާއި ޕެޕާސުޕުރޭ ޖަހާށޭ ބުނީމާ ހަދާފާނެގޮތެއް ކިހިނެއް ހިޔާލަށްވެސް ގެންނަން އެނގޭނީ.

  23
  2
 6. ވޭމަންޑޫ ރާޖާ

  ހިފީއަކީ ނޫން ހިފަން ދެނޫ.. ހިފަން ބުނަނޫ.. ެެެެެެެެެެެެެެެެެެެެެެެެެ އަގު ވައްޓާލޫމަ މިވެރީން ހިތްފުރެނޫބާ؟ ކަސްބީ ގުރޫޕް

  49
  10
 7. ރަނޭ

  ފުލުހެއް ކަމަށް ވާނީ... ބަލާ ޔަގީންކުރޭ

  25
  7
  • ރަނޭނޫން

   ކަލޭ ފުލުހުންނޭ ކިޔާގެން ކޮން ދުފާ އެއްޗިއްސެކޭ ތިކިޔަނީ ގަމާރާ..

   24
   21
   • އަޖޭ

    ނޫނެކޭ ހަމަ ޕޮލިހެއް

    19
    9
    • ބަސް ނުކިޔާ ގުރާ

     އެގޮތަށް ކުލަ ޖެހުން ރަނގަޅު ކަމެއްނޯން އެކަމް ، ރައްބީ ބޮޑުމަގުގަ އެންމެންގައި ކުރިމަތީ ރޭޕް ކުރިޔޭ ކިޔާގެން މީހެއްގެ އަގުވައްޓާލުން، މަކައް އެހާ ސަޅިއެއް ނޯން، ، ފިރިހެން މީހާގެ ކެރިއާ ދިޔައީ ، އަންހެން ކުއްޖާ މާދަމާވެސް މީހަކާ އިންނަން ބަލާއިރު ، ސިފަ ކުރާނީ އެއްކަލަ ރޭޕް ކުރި ކުއްޖާޔާ ހޯ އިންނަން ތިއުޅެނީ ، ފުރާ ވަރުގަ ކުއްޖާ އަށް ބޮޑު ބަދުނާމެއް މުސްތަގްބަލުގަ، ހަބަރުތަކައް މައުލޫމާތް ދޭމީހާވެސް ޒިންމާދާރު ވާން އެބަޖެހޭ..

     21
     6
 8. ޒުމަރު

  ސޭލެއްގެ ތެރެއިން ތިހެން ބޭނުން އެއްޗެއްގަ މީހަކު ކޮއްޓާލިޔަކަސް ބަޔަކު ނުއެލޭ އެއްޗަކަށް ނުވާނެ

  22
  5
 9. ރައްކާވޭ

  މާރިޔާ ދެން ތަމެން މިހާރުން މިހާރަށް އިސްތިއުފާ ދީފައި ގެއަށް ރައްކާވާން އުޅޭށޭ މަމެން ބުނަން ނެތީމޭ...

  18
  4
 10. ޒަހުރާން

  ފަހުޒަމާނުގެ އަންހެނެއްތީ... އެސޮރު ނުހިފިޔަސް ގަދަބަސް ބުނާނެ ފާޑު ހުރޭ ޒީލަގަދަ މީހެއް

  20
  7
 11. އައިން

  ހަޖަމް ނުވާނެ. އެކަމަކު ތި ކުލަ އުނގުޅުމުގަ ގައިގަ ވަރަށް އަތް ލާނެ. އެހެން ވީމަ ތިތަނަށް ކުލަ އުނގުޅަން ދާނީ ހަމަ އެގޮތް އޯކޭ ވީމަ

  31
  4
 12. ފުއްޖެހި ކަވާބު

  ކުރިން ސިފައިންގޭފައުޅެފަ ރިސޯޓެއްގަ އަދި ދެ މަސްވީ... ތަންތާ މީހުންގެ އަބުރު ކަތިނުލާބާ✓ އެ މަންޖެވެސް ބުރުގާ އަޅަން ގޮވާލަން. އަދި ފެންކުޅިއަށް ހުދު ޓީޝާޓު ނުލުމަށް ވެސް ގޮވާ އާދޭކުރަން...

  24
  4
 13. ފެނޭދޯ

  ސިފައިން އަދި ޕޮލިހުންނަކީ އެއީ އީދު ކުޅިވަރު ކުޅެ އަދި ކުލަ ޖަހަން ޖެހޭ އެއްޗެހި ތަކެއް ކަމަށް މަމެން ނުދެނެ ހުރީމޭ އެމެން ނަކީ އެއީ މަމެން ޓެކްސް ޕޭޔަރ މަނީން މުސާރަ ދީފައި މަމެންގެ ސަލާމަތަށް ބައިތިއްބާ ފައި ތިބޭ ސެކިއުރިޓީންގެ ވަޒީފާ އަދާ ކުރާ ނޯކަރުން ތަކެއް ކަން އެމެންނަށް އޮޅިގެން އުޅެނީ އެއީ މަމެން ކަން ބޮޑު ވާ ކަމެކޭ ތަމެން ނަށް ދެން ޑިފެންސް މިނިސްޓަރު ކަން ނުވީއެއް ނޫންތޭ ތަމެން ދެން ހަމަ މިހާރުން މިހާރަށް މާރިޔާ ގެއަށް ފެއްސެންވީއޭ ތަމެންގެ އަމާ ބަފާގެ ތަރިކަމުދަލެއް ނޫނޭ ޑިފެންސް މިނިސްޓްރީ އަކީ އިނގޭތޭ...

  5
  25
  • ނަންނި

   ދެން ދައުލަތުގެ އެހެން މުއައްޒަފުން ކަނި މަތިން ވެހޭ ލާރިބާ.ތިބުނާ ޓެކްސްއެއް ދިވެހި ކޮންމެ ރައްޔިތެއްވެސް ދައްކާނެ..

   13
  • ކަލޭ

   މޮޔަ ދޯ

  • ކޮމެންޓް

   ކަލޯ ޑިފެންސް މިނިސްޓްރީ ކަން ބޭނުންވީތަ. އެކަމު ކަލޯގައިގަ އެ ފެންވަރެއް ނެތެއްނޫން ކިޔަވާގެން އާދޭ ފުރަތަމަ

 14. ތުނިޔަ

  ތިހެންވީމައޭ އަންހެނުންނާ ފިރިހެނުން އެކުވެ ކުޅިވަރުކުޅެ ސަކަރާތް ނުޖަހަން އެންގަވާފަ ވަނީވެސް...

  49
 15. ރަނޭ

  ފުލުހަކު ނުހިފާނެ.. ނުވެސް އެގޭނެ ހިފާކަށް... އެހެނެއް ފުލުހަކު ނޫޅޭނެ... 8 ފެބުރުވަރީގަ ވެސް ނުފިފާ.. މިހާރުވެސް

  8
  5
 16. ހާލިދު

  ފުލުހުން ވާހަކަ ނުދައްކަމާ.. އެމީހުން ކޯފާވޭ...
  ބައެއްފަހަރު ތެދަށް ބުންޏަސް ގޯސް

  9
  3
 17. ޙުއްތު

  ކުލަޖަހަން ނުކުންނަ އިރު މޭ ގޭގައި ބާއްވާފަ އާދޭ

  18
  3
 18. އައްޔަ

  އަލްހާ އީދޭ ކިޔައިގެން ބަދު އަހުލާގީ އަމަލު ހިންގުން ނޫން ކަމެއް ނުކުރޭ

  20
  • ނިންނި

   ތިޔަބުނާ އަންހެންކުއްޖާ ކުލަ ޖަހަންދިޔާމަ ދޯ ތިކަމެއްވީ ހަމަ ޔަގީނުންވެސް އެ މަންޖެ ގޭގަ ހުރި ނަމަ ނުވާނެ ތިޔަފަދަ ކަމެއްް . ގަބޫލު ކުރަން ދަތި ރައްޔިތުންތަކެއްގެ މެދުގަ ތިޔަފަދަަ ކަމެއް ކުރާނެ ކަމަށް

 19. ޕޮގުބާ

  ހިތާވީ ޔަގީން

  7
  7
 20. ލޮލް

  ލަވާލީމަ ކާލާނެ ކޮންމެ މީހަކު ވެސް.

  14
  1
 21. ތާތީ

  ފުލުހަކަސް ޕޮލިހަކަސް އަންހެނެއް އިހުތިޔާރު ކުރުން ރުހެމޭ!
  މާނަޔަކީ ރީތިކޮށް އުޅެވިދާނެ ދޯ!
  އެސަދޫމް ފިރިހެނަކަށް އަހަރުމެން ދުވަހަކުވެސް ބަލާ ނުގަންނަަނެކަން!
  ފިރިހެނުންނަށް ވެސް އެ ސޮރުގެ ސަބަބުން ހުތުރު ދޯ!
  އަންހެނުންނަށް ވެސް ހުތުރު ދޯ!
  ހީވަނީ ދިވެހި ރާއްޖޭ އަންހެނުން ހުސްވީ ހެން!!

  7
  6
  • ޙުސެން

   މި ކޮން ވާހަކައެއް؟

 22. ެހަގީގަތް

  އެއީ ހަމަ ހިނގިކަމެއް އަދި އިތުރު 2 މީހުންނާ ވެސް ބެހުނު ކަމައްވޭ އޭގެތެރޭގައި ސިފައިންގެ މީހާ އިނދެގެން އުޅޭ މީހާގެ ތިމާގެ މީހެއް ވެސް ހިމެނޭ އެކަން ވަނީ ސިއްރުވެސް ކޮއްފައި

  2
  1
 23. އައްޓަމަސް

  ކުލަޖަހަންނުކުންނަނީ ގޯނާކުރުވާށާއި ގޯނާކުރަން ދެނޯ! ގަޔަށްބާރުޓީޝާރޓްލައިގެން ސޭލްއަޅުވައިގެން! ރަނގަޅަށްކުލަޖެހިއްޖެނަމަ ކުލަޖަހާނިމޭއިރު 3ނުވަތަ 4އަތްތިލަ ނިޝާން ހުންނަންވާނެ! ހުތްއަނބު ކާހިތްވާން1

 24. ޚިޔާލު

  ތި ވާނީ އަންހެންމީހާ ސިފައިންގެ މި ހާދެކެ މާބޮޑައްލޮބިވިކަމައް

  7
  1
 25. ވަހީދު

  މައްސަލަ ރަނގަޅަށް ބަލަން ވާނެ. ގަސްތުގައި ސިފައިންގެ މީހާގެ އަބުރު ކަތިލަން ދައްކައިގެން އުޅޭ ވާހަކައެއް ވިއްޔާ އެކަމަށް އަދަބު ދޭންވާނެ. ސިފައިންގެ މީހާ ވެސް އެއަންހެންމީހާއަށް ޖިންސީ އަނިޔާއެއް ކޮށްފައި ވާނަމަ އަދަބު ދޭންވާނެ.

 26. ދަލޭކަ

  ސިފައިންގެ ތެރޭ އޮތީ ހުސް ތިކަހަލަ މީހުން. ގޮތް ކުޑަ ހަޔާތް ކުޑަ މީހުން