ރޭ ވަގުތެއްގައި މާލޭގައި ފިހާރައެއް ފަަޅާލާ ވައްކަން ކުރި އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ ދަންވަރު ހެންވޭރު ކަރަންކާ މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަން ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ދިޔަ އިރު ވައްކަމުގައި ބައިވެރިކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ދުވެފައި ދަނިކޮށް ފެނިފައިވާ ކަމަށެވެ.

އަދި ފުލުހުން އެ މީހުން ފަހަތުންގޮސް ހުއްޓުވައި، ބަލާ ފާސްކުރިއިރު، އެމީހުންގެ އަތުން ގާތްގަނޑަކަށް 750 ދިވެހި ރުފިޔާ، އެ ފިހާރާގައި ރާސްޓަސް އަޅަން ބޭނުންކުރި ނޮކިއާ ބްރޭންޑްގެ ފޯނެއްގެ އިތުރުން އެހެން ބައެއް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، 23 އަހަރުގެ މީހަކާއި، 25 އަހަރުގެ މީހަކާއި، 26 އަހަރު އަދު 28 އަހަރުގެ މީހެކެވެ. މި ހުރިހާ އެންމެންނަކީވެސް ފިރިހެނުންނެވެ.

ފުލުހުން ވިދާޅުވީ، މި އެންމެން ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ތަކެތިވެސް ހޯދާފައިވާކަމަށެވެ.

މި މައްސަލަ ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޓްރޭސް

  ހަތަރު އަތް ބުރިކޮށްލަބަލަ. ކިހާބޮޑު ބަލާއެއްތަ

 2. ގަޕޯ

  އަނިޔާ ކުރާ ވާހަކަނުދައްކާ އެމީހުންގެ ވެސް ހައްގުތައް އޮންނާނެ

 3. މާއިގޭ

  ބަލާއައް ނުގޮވަ ބުރޯ ކަލޭ އަންނަންވީންނު އައްކަޑަން

 4. ސަހަރޯ

  އެއްވެސް މީހަކައް އަނިޔާއެއް ދިނުމަކީ އިންސާފެއް ނޫން

 5. ފޯއް

  ކަލޭ އާދޭ އަނިޔާކުރަން