ވައިގެ މަގުން ރާއްޖެއަށް އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރަން އުޅުނު ދިވެއްސަކު މިއަދު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެެކެވެ.

ކަސްޓަމްސް އިން ވިދާޅުވީ، އެ މީހާއަކީ މިއަދު ސްރީލަންކާއިން ރާއްޖެ އައި މީހެއް ކަމަށާއި، އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ އޭނާ ބަލާ ފާސްކުރުމުގެ ތެރޭގައި ލަގެޖް ތެރެއިން ކަމަށެވެ.

"އެ މީހާގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވެއެވެ" ކަސްޓަމަސް އިން ވިދާޅުވިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، މި ތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 1.52 ކިލޯ ހުރިކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

އަދި މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސޮނިފުހޭއިސްކިން ޓޯޓޯ

  ގެނައި މީހާއަށް އެ ކާންދީ

  47
  2
 2. ޙުސެން

  ތިއީ އުޅޭމީހެއްބާ؟ ނަމެއް އެޑްރެހެއް އެނގޭބާ؟އެތިކޮޅު އަތުލާފާ ދެން ދޫކޮށްލާނީ ކޮން އިރަކުބާ؟

  29
 3. ތިމަންނަ

  ތިޔަ ޒީރޯ މީހާ ހީރޯ އަކަށް ނަހަދައިފިއްޔާ ރަގަޅު...

  23
 4. ިސޮނިފުހެ

  30 އަހަރުވީޒުވާން ޖިިިީލު ރަންތަށީގައި ބުއި ކުދިންގެ ޖީލު އެސޮ ރު ބޯނީ ރަންތަ ށީގަ މިސޮރު ބޯނީ ނާށީގައި

  16
  1
 5. ނަގޫގޮށްޖެހި

  ދިވެހިންގެ މަދުނޫން ބަޔަކަށް ބޭނުންޖެހިފައި އޮތް އެއްޗެއް. އެހެންވީމާ އެތެރެކުރާނެ. ހައްޔަރުކުރާ މީހުން ދޫވެސް ވާނެ. ސާބިތުނުވާ ފަހަރު ގިނަވާނީ. ނޫސްތަކުގެ ހެޑްލައިނުން ސާބިތުވިޔަސް ކޯޓާ ހަމަޔަށް ދާއިރު ހެކީގެ ބައެއް އޮންނާނީ މަދުވެފައި. ކުޅަދާނަ ވަކީލުންގެ ދޮގުހެދުން އޮންނާނީ އިންތިހާގައި. ފަނޑިޔާރު މަނިކުފާނަށް އެގަހުކޭލެއް މިގަހު ކޭލެއް ވައްކެއް ނުވާނެ. އެހާ ހިސާބުން އަތްޖަހާފައި އެމީހާ ދުއްވައިގަންނާނެ.

  35