ކޮންމެ އަހަރަކު ބާއްވަމުން އައި ގުރުއާން މުބާރާތްތަކާއި ހާފިޒުން އުފެއްދުމުގެ މަސައްކަތްތައް މި ސަރުކާރު އައި ފަހުން މަޑުޖެހިފައިވާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ކަންބޮޑުވުން ފާޅުކުރައްވާފައިވާތީ އެކަމަށް ޝެއިޚް މުހައްމަދު އަނީލް ރައްދު ދެއްވައިފިއެވެ.

ޝަހީމް، އޭނާގެ ފޭސްބުކްގައި ވިދާޅުވީ، ގުރުއާނުގެ އިލްމު ފެތުރުމަކީ ޒަމާނުއްސުރެން ފެށިގެން ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގައި ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އައި ކަމެއް ކަމަށެވެ. އަދި، އެކަމުގައި ރާއްޖެ އިން ގިނަ ކުރިއެރުންތަކެއް ވެސް ހާސިލްކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިއަހަރުގެ މިހާތަނަށް ވެސް އެފަދަ އެއްވެސް މުބާރާތެއް ނުވަތަ ހަރަކާތެއް ބާއްވާފައި ނެތުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށް ޝަހީމް ލިޔުއްވާފައި ވެއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ވެރިއަކު ނެތި އަހަރެއް ވެސް ވާން ވަނީ ކައިރި ވެފައެވެ. އަދި ހާފިޒުން އުފެއްދުމުގެ މަސައްކަތްތައް ވެސް މަޑު ޖެހިފައިވާ ކަމަށާއި އެކަމާ މެދު ހިތާމަ ކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ކުޅިވަރާއި މިއުޒިކްގެ ހަރަކާތްތަކަށް އިސްކަން ދީ، ގައުމީ ފެންވަރުގައި އެކަންކަން ޕްރޮމޯޓް ކުރަމުންދާއިރު އިސްލާމްދީނުގެ ޝިއާރުތައް ފަނޑުވެގެންދާތީ ހިތާމަ ކުރައްވާ ކަމަށް ވެސް ޝަހީމް ލިޔުއްވާފައިވެއެވެ.

އެކަންކަމާ ގުޅިގެން އަނީލް ވިދާޅުވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ބޭއްވެނީ ނުވަތަ، ބާއްވަނީ ވަކި މީހެއްގެ ވެރިކަމަކު ނޫން ކަމަށާއި، މިއަހަރު ގުރުއާން މުބާރާތް އިއުލާން ކުރެވި، ސެޕްޓެންބަރު ކުރީކޮޅުގައި ބާއްވާ ގޮތަށް ހަމަ ޖެހިފައި އޮތް ކަމަށެވެ. އަދި މި ސަރުކާރުން ގުރުއާނުގެ އިލްމަށް އަހަންމިއްޔަތުކަން ދެއްވާ ކަމަށްވެސް އަނީލް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ދދދ

  ސަރުކާރު ބުޑަށް އަނިލް ވެއްޓުނީ. ހިރާ ސްކޫލް ހިންގަން. ޝަހީމް ބުނި ތެދެއް. ކޮންމެއަކަސް. ހުކުރު ނަމާދު ލައިވް ނުކުރުމާއި ދީނީ ކަންކަމަށް ފަތުވާ ކުޑަކުރުން ގިނަވެއްޖެ.

  203
  9
  • ފދދދ

   ކޮންމެ މީހަކު ކޮންމެ އެއޗެކޭ ކިޔަސް ގުރުއާނުގެ އިލްމަށް ހުރަސްތައް މެދުވެރި ކުރުވަމުން ދަނީ. އަހަރުމެން މީ އެކަންކަމުގެތެރޭ އުޅޭ މީހުން. ޝޭޚަށްވުރެ ބޮޑަށް އެކަމުގެ މައުލޫމާތު އެބަހުރި.

 2. ދަރިވަރު

  މީހަކު ހެޔޮ ވާހަކައެއް ބުނާއިރަށް އެމީހަކާ ޖަދަލުކުރުމަކީ ދީނީ އިލްމުވެރިންގާ ހުންނާކަށްވީ ސިފައެއްނޫން! ޤުރުއާން ކިޔެވުމުގެ މުބާރާތަކީ އަހަރުތެރޭގައި ކުރާނެ އެހެންކަމެއް ނެތުނީމާ ދެން ކުރާ ކަމަކަށް ވީމަ އެއީ ކީރިތި ޤުރުއާނުގެ ޢިލްމަށް މިސަރުކާރުން އަހަންމިއްޔަތެއް ދެނީ ކަމަކަށެއް ގަބޫލެއްނުކުރެވޭ.

  147
  5
 3. އައިމަން

  ކަލޭ ޝައިޚެއްގެ ތާޖު އަޅައިގެންހުރެ ޝަހީމަށް ރައްދުދިނީތީ ހިތާމަކުރަމެވެ. ޝަހީމު ފާހަގަކުރީކީ ހަމައެކަނި ޤުރުއާން މުބާރާތުގެ ވަހަކައެއް ނޫނެވެ. "އެންމެ އަލިގަދަ ތަރި" މުބާރާތް ތޮޅިއަށް . ޤުރުއާނާބެހޭ މަރުކަޒުގައި ވެރިއެއްނެތި އޮޔާދަނީ. ޙާފިޡުން ތަމްރީނުކުރާ ކުލާހަށް ކުދިން ނުހޮވާ. ޕްރެޝަރ ބޮޑުވުމުން ޤަވްމީ ޤުރުއާން މުބާރާތް ބާއްވަނީވެސް ނަމަކަށް! އަތޮޅުތެރެއިން ކުދިން ނެގުމުގައި ޢަދަދު މަދުކޮށް ޢުމުރުފުރާތައް މަދުކޮށް އަތޮޅަކުން 4 ކުދިން ނެގީމާ އެ ކެއްކެނީ ގޯބިލި ފުޅީގައި ގަރުދިޔަ! އަނިލް ދެން ލަލަލަ! މިވާހަކަތަކަށް ރައްދު ދީބަލަނިކަން. ތިތިބީ ޝައިޚުން ސޭކުންނަށް ވެފަ މިހާރު!

  149
  8
 4. ރަށްދު

  ތުނބުޅި ބަހައްޓާ ހުރިހާ މީހުން ނަކީ ހަމަ ޝޭހުން ތޯ..

  97
  6
 5. ސައްލި

  އަހަރުމެން ރައްޔިތުންނަށް މިފެންނަނީ މަންޒަރު. މަންޒަރު ބުނަމުން ދަނީ މިސަރުކާރު އައިފަހުން ދީނީ ކަންތައްތަކަށް އިހުމާލުވާވާހަކަ. ޢީދުނަމާދު ހުކުރު ނަމާދު ލައިވް ނުކުރަން ނިންމުމާއި އެއްޖިންސުން ކައިވެނި ކުރިކަމަށް ބުނާ ދިވެހިމީހާއާއި ބެހޭގޮތުން ގޮތެއްނުނިންމުމާއި، މިހިރަ ކަންކަން، އަހަރުމެންގެ ލޮލަށް ފެންނައިރު ވެސް ޢަނިލް އަށްފެންނަނީ ދިމާއިދިކޮޅަށް. ޝަހީމް ޙަގީގަތެއް ބުނުމުން ޢަނިލްގެ ގަޔަށްހިނިއަރައިގެން ތެޅިފޮޅިގަތީ މިސަރުކާރު، ދީނީ ކަންކަމަށް ދޭ އަހައްމިއްޔަތުކަން ޢަނިލްއަށްވެސް ސާފުވެފައި ނެތީމާކަންއެނގޭ. އެހެނީ މިސަރުކާރަށް ތާއީދު ކުރާ ކޮންމެ މީހަކީ މިސަރުކާރުން ކުރާ ނުބައިނުލަފާ ކަންތައްތަކަށް ވެސް ތާއީދުކުރާމީހުންކަމާމެދަކު ޝައްކެއްނެތް.

  56
 6. ކެޔޮޅު

  އަނިލްއަކަސް އަދި އެހެް ނިލްއެއްވިޔަސް ތިމާތެހިތުގައި އަމިއްލައެދުން ހައްދުފަހަނައަޅާ ހިގެއްޖިއްޔާ އެމީހެއްގެ ބަޔެއް ހިއްސު މަސައްކަތެއް ނުކުރާނެ!!

  134
  1
 7. އޮރެންޖު

  ހާހާ ޔެލޯ ހުން ޖެހުނަސް ތީ ބޮޑުވަރު. މިސަރުކާރުން ކޮން އަހައްމިއްޔަތު ކަމެއް ދިނީ. އަހައްމިއްޔަތު ކަން ދިންލެއް ބޮޑުކަމުން ޢީދު ނަމާދު ލައިވް ނުކުރީވެސް އެންމެ އަލިގަދަ ތަރި ނުބޭއްވީވެސް. ތަންކޮޅެއް ބޮޑުވަރު މިސަރުކާރު ފައިބުޑަށް ވެއްޓުނަސް.......

  128
  2
 8. Kamaal

  ތިކަލޭގެ ތީ ދީނީ ތާޖުއަޅައިގެން ހުރި ލާދީނީ ބައިގަނޑުގެ މީހެއް

  112
  2
 9. ޙިޔާލީފޮލާ

  މިހާރު މިފެއްނަނީ ދީނަށާ ގުރުވާނައް ދޭ އަހައްމިޔަތު ކުޑަކުރާތަން މިއިންވާހަކައެއް ދައްކާއިރައް ވިކިފަ ހުއްންނަ ކޮއްމެވެސް ތުނބުޅިއެއް ރައްދު އެބަދެއްވާ މީކީކުރަން މީކީކުރަން ތުންބުޅި ދިއްކޮގެން ތިބޭބައެއްތަ

  41
  1
 10. ހުސޭނުބޭ

  ސަރުކާރު މެދުވެރިކޮށް އަލިފާން ކާން ލިބުނަސް ތި ދަރަޖައަށް ދާން ހެޔޮނުވާނެ!

  43
  1
 11. ސިސޫ

  ސިޔާސި ޝޭހުން.ގައުމެއް ނެއް.ދީން ވެސް ސޭލް.
  ފައިސާ ޔަޓަކާ ދީން ވެސް

  44
 12. ކާފަބޭ2019

  ޑރޝަހީމަށް އަނިލްރައްދުދެއްވިއިރު ދިވެހި ފިރިހެނަކުފިރިހެނަކާ ކައިވެނިކުރިޚަބަރަށްރައްދު ދެއްވަންކެރިވަޑައިނުގަތީކީއްވެތޯ؟ ޑރ ޝަހީމު ފެއްޓެވިއަގުހުރިމަސައްކަތް ފަނޑުވެވަޅުޖެހެމުން އެވާހަކަ ރައިއްޔަތުންގެސަމާލުކަމަށްގެނައުމަކީ އަނިލްމެންފަދަބޭފުޅުން ރައްދުދޭންޖެހޭނެކަމެއްތޯ؟

  51
 13. ލާރި

  ސޭކު އަނީލް ވެސް ސިޔާސީވީ ދޯ ތީ މިހާރު ޝޭހުން ކަމަކަށް ގަބޫލެއް ނުކުރަން ތީ ސޭކުން??

  47
 14. ؟؟؟

  ޑރ.ޝަހީމް ގެ މަސައްކަތުގައި ބަރަކާތް ލައްވާށި. އަސްލުވެސް މިހާރު ލަވަޔާ މިއުޒިކާ ވަރަށް ބޮޑަށް އާއްމު ވެއްޖެ. މީ %100 އިސްލާމީ ޤައުމެއްގައި އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. ހިތާމަ ކުރަންޖެހޭ ކަމެއް. އަޅުގަނޑު ވަރަށް ޝަޢުޤުވެެރިކަމާއެކު ބަލަމުން އައި އެއް މުބާރާތަކީ 'ދިވެހި ރާއްޖޭގަ އެންމެ އަލިގަދަ ތަރި'. އެކަމަކު މި އަހަރު އެ މުބާރާތް ނުފެނުމުން އެކަމާ ވަރަށް ހިތާމަ ކުރަން. އަޅުގަނޑު ނުބުނަން އެއީ މިސަރުކާރޭ އެސަރުކާރޭ. މީކީ ވަކި ސަރުކާރަކަށް ސަޕޯޓް ކުރީއެއްނޫން. އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ކޮންމެ ބަޔަކަށް އަޅުގަނޑު ސަޕޯޓް ދޭނަން. ހަމައެގޮތައް އިސްލާމްދީން ނައްތަން އުޅޭބަޔަކާ ދެކޮޅުވެރިވާނަން. އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތްތާ 'ދިވެހި ރާއްޖޭގަ އެންމެ އަލިގަދަ ތަރި' މެދުނުކެނޑި ކުރިއަށް ދިއުން. އަދި މޯލްޑިވިއަން އައިޑަލް ނުބޭއްވުން.

  43
  1
 15. މުހައްމަދު

  ކަލޭ ޝައިޚެއްގެ ތާޖު އަޅައިގެންހުރެ ޝަހީމަށް ރައްދުދިނީތީ ހިތާމަކުރަމެވެ. ޝަހީމު ފާހަގަކުރީކީ ހަމައެކަނި ޤުރުއާން މުބާރާތުގެ ވަހަކައެއް ނޫނެވެ. "އެންމެ އަލިގަދަ ތަރި" މުބާރާތް ތޮޅިއަށް . ޤުރުއާނާބެހޭ މަރުކަޒުގައި ވެރިއެއްނެތި އޮޔާދަނީ. ޙާފިޡުން ތަމްރީނުކުރާ ކުލާހަށް ކުދިން ނުހޮވާ. ޕްރެޝަރ ބޮޑުވުމުން ޤަވްމީ ޤުރުއާން މުބާރާތް ބާއްވަނީވެސް ނަމަކަށް! އަތޮޅުތެރެއިން ކުދިން ނެގުމުގައި ޢަދަދު މަދުކޮށް ޢުމުރުފުރާތައް މަދުކޮށް އަތޮޅަކުން 4 ކުދިން ނެގީމާ އެ ކެއްކެނީ ގޯބިލި ފުޅީގައި ގަރުދިޔަ! އަނިލް ދެން ލަލަލަ! މިވާހަކަތަކަށް ރައްދު ދީބަލަނިކަން. ތިތިބީ ޝައިޚުން ސޭކުންނަށް ވެފަ މިހާރު! ވަރަށްބޮޑުތެދެއް.

  40
 16. ޒޮން

  ޝަހީމަށް ރައްދު ދޭން ތަ! އެގުނީ ބަލަ ދިވެހި ދެފިރިހެނުން އިދެގެން ހަނީމޫން ފާހަގަ ކުރާއިރުވެސް ކޮބާ ތިޔަ ދީނީ ތާކިހާ އަޅައިގެން ދެއްކެން އުޅޭ ބައިގަނޑު!!!!

  46
 17. ގަމާރު

  މިކަލޭގެ މީ ޝޭޚެއް ނޫން. ސޭކެއް..!

  43
 18. ޗާލު

  ކަލޯ އަނިލް އެއްޗެކޭ ނުބުނެވުނުނަަމަ ތާހިރުވީސް. ބަލަ ކޮމެންޓުތަކުގަ ރައްޔިތުން ބަވާލާވަރު. އެއީ ދީނީލޯބިހުރިމީހުން. ބޭނުންއެއްޗެއް ހެދޭނެކަމަށް ހީނުކުރާތި. ޝެއިޚްއިޔާޒު އިލްޔާސް އެހާ އަނގަގަދަވެގެން އުޅޭއިރުވެސް އެއްޗެކޭ ނުބުނޭނުން. އެއީ ޙަޤީޤަތް އެނގޭތީ. ކަލޭ މާބޮޑަށް ރީނދޫހުންޖެހިފަތިހިރީ.

  52
 19. ލަދުކުޑަ

  ދެކަންފަތްބީރު ދެލޯކަނު ސޭކުން ތިޔަތިބީ

  44
 20. ޒާ

  ބޮޑު ތިނބުޅިލާފަތި އައިއެސްމީހުންވެސް. ތީދެން ކާކު؟

  36
  1
 21. ކޮންކަހަލަ ޝޭޚެއް؟

  އަނީލް މީ ޝޭޚެއްބާ؟ މީނާގެ ފޭސްބުކް ޕޭޖުގައި ހުންނަނީ ރާއްޖޭގެ ދީނީ ޢިލްމު ކިޔަވައިގެން ތިބި މީހުން ކާފަރުކޮއްފައި! މީ ވަރަށް ނުރައްކާތެރި ކަމެއް.

  45
  1
 22. މަރީ

  މި ޝޭޚު އުޅުއްވަނީ ހައްޖުގެ އަޅުކަމުގައި. ޝޭޚު އިމްރާން އާއި އަލީ ވަޙީދު ގޮވައިގެން

  31
  2
 23. އާމިނަ

  ނިކަން ދީނީކަން ހުރިކަން ތިޔަޝޭޚް ދައްކާލަބަލާ. މަޖްލިސް ސަރުކާރަށް ލިބިފައި އޮތީ .ކެރެންޏާ އަޅެ ފަހެ މަރުގެ ޙުކުމް ތަންފީޒު ކޮށްބަލަ .
  ބަނގު ރަލާ މަސްތުވާ އެއްޗެހި ހުއްޓުވާބަލަ.
  ބުނަން ޝޭޚް ޑރ.ޝަހީމާއި ހަމައެއް ނުކުރެވޭނެ.
  މީގެފަހުން ލާދީނީ ސަރުކާރު ހިމާޔަތް ކޮށްފައި ރައްދުދޭން ނޫޅުއްވާތި.

  41
 24. ޖޮބޭ

  މީނާ ހުރިހާކަމެއް މިއަދު ފޮރުވިޔަސް ޖަވާބުދާރީވާންޖެހޭދުވަހަކު ނުފޮރުވޭނެ އިނގޭ؟

  40
 25. ފޭކު

  މީ އުޅޭ ޝޭޚެއްކަންވެސް މިއެނގުނީ ޑރ ޝަހީމައް މިކަލޭގެ ރައްދު ދިންވާހަކައޮތް އާރޓިކަލް ކިޔާލީމާ

  36
 26. ހަސަންކޮއި

  އަނިލް ސަރުކާރަދިފާއުކެރާއްތެކެރާ
  މަސައްކަތަށްސާބަސް އމޑޕ އިން
  ލިބޭފާއިދާބޮނޑަފެހޭ މިސަރުކާރުން ކެރާ
  ނިރަންގަޅަކަމައްނިފެނޭހެއް

  19
  1
 27. ސޭކު އަނިލް

  މި އަނިލް އަކީ ވަރަށް ދެއްކުންތެރި މީހެއް. އަބަދުވެސް މީނަގެ ވާހަ ބަޔަކު ދައްކާތޯ ކޮންމެވެސް ތާކުން ތާކު ނުޖެހޭ އަނގަ އެއް އަރުވާނެ. ލަދެއް ހަޔާތެއް ހުރި ނަމަ ޝަހީމް އަށް ރައްދެއް ނުދޭނެ. ފުރަތަމަ އައްމާ ފޮތުގެ ސޫރަތްތަޢް ހިތު ދަސް ނުވޭ. މިސްކިތެއްގެ އިމާމެއް، އެކަމަކު ރެއާއި ދުވާލު އެންމެ ނަމާދަކަށް ވެސް ގަޑިއަށް ބަންގި ގޮވިފައެއް ނެތް. ބޯއި ހައްދާގެން ގެންގުޅޭ ކޮންމެވެސް ސޮރަކު ބަންގި ގޮވަން ފޮނުވާފަ ،މި ގޮލާ އުޅޭނީ ހިރާ ސްކޫލްގެ ކަންތައް ކުރުމުގައި މަސްއޫލު ވެގެން. މީ ލޮލުން ފެނި ،ވަރަށް ރަނގަޅަށް އެނގިގެން ދައްކާ ވާހަކަޢެއް

 28. ޟަމިން

  މި އަނިލް މީ ދެން ކާކުަތަ؟

  20
 29. ބަހާއުއްދީން

  މިއީ މިރާއްޖޭގައި ހަގީގީ އިލްމުވެރީން ނެތޭ ބުނެވޭ ސަބަބަކީ. އެއްދުވަހު އެކަކު އަނެކަކައް ވައްވައްޖަހާނެ.. އެކަކު އަނެކަކު ދީނުން ބޭރުކުރާނެ. ދެން ހައްޖައްގޮސް ސެލްފީނާގާނެ..ދެން އެޔައްފަހު ސިޔާސީ އަރައިރުންވާނެ.. ދެން އޭގެފަހުން ދީނީ ހަމަލާދޭނޭ.. ދީނީ ރައްދުދޭނެ.. ދެން ސިޔާސީ ރައްދުދޭނެ..އޭގެ އަނެއްދުވަހު ދަރުސްދޭނެ. ދެން ކަލޯމެންނައް ތިޔަތިބީވާ އިސިލާންދީނެއް އުނގެނެވިފާ..

 30. ބޮޑުސޭޙު

  ޢަނިލް ވަގަށްހޯދި ސޭހުކަމުގެ ސެޓްފިކެޓް ފޭސްބުކުގަ ޝެއާރ ކޮށްބަލަ

 31. އަޙުމަދު ޢަލީ

  ޑރ ޝަހީމަށް ރަށްދުދެވޭ ފެންވަރުގެ މީހެއްނޫން ތިއީ، އެތައްގުނައަކުން ދަށްމީހެއް، ތެދުބުނުން ކަމަށްވިސް، ތަޢުލީމީ ގޮތުން ކަމަށްވިޔަސް، ޚިދުމަތުގެ ރޮގުން ކަމަށްވިޔަސް، އަދި ރައްޔިތުންގެ ތާއީދުގެ ގޮތުން ކަމަށްވިޔަސް ޑރ.ޝަހީމު އުޅުއްވާނީ ފަސްނުފެންނަފަށުގައި، އަނިލްމެން އެފެންވަރަށް ދާން ބޭނުންނަމަ، ދޮގުހެދުމާއި ޒާތީވުމާއ ފިތުނަ ފަސާދަ ހުއްޓާލަންޖެހޭ،