ވަޒީފާއެއްގަ ދެވޭނެ އެންމެ ކުޑަ އުޖޫރައިގެ ބިލް މި އަހަރު މަޖިލީހަށް ހުށަހަޅާނެ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ އެންމެ ކުޑަ އުޖޫރައިގެ ބިލް މި އަހަރު މަޖިލީހަށް ވައްދާނެކަމަށާއި އެމްޑީޕީން ހުށަހަޅަމުން ގެންދަނީ ކުރެވޭވަރުގެ ކަންކަންކަމަށެވެ.

" ރިސޯޓުތަކުގަ މަސައްކަތް ކުރާ ދިއްދޫ ޒުވާނުން އިއްޔެ އެދުނީ މިނިމަމް ވޭޖްގެ ބިލް މި މަޖިލީހަށް ގެނެސް އަވަހަށް ފާސްވެގެން ދިއުން. އިކޮނޮމިކް މިނިސްޓަރު ވިދާޅުވަނީ އެ ބިލުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް. އިރާދަ ކުރެއްވިއްޔާ މި އަހަރުތެރޭ މި ބިލު މަޖިލީހަށް ހުށަހެޅިގެންދާނެ،" އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

ދިއްދޫގައި އިއްޔެ ޒުވާނުންގެ ނުކުމެ ވަނީ މިނިމަމް ވޭޖް ކަނޑައެޅުމަށް ގޮވާލާފައެވެ. އިއްޔެ ހަވީރު ކުރި އިހުތިޖާޖުގައި ހއ. އަތޮޅުގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ ޒުވާނުންނާއި، އެ ރަށުގެ ގިނަ ޒުވާނުން ހިމެނެއެވެ. އަދި އިހުތިޖާޖުގައި ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަނުގެ މެންބަރުންވެސް ބައިވެރިވިއެވެ.

މިނިމަމް ވޭޖު ބިލް އަވަސްކޮށްދިނުމަށް ގޮވާލައި ދިއްދޫގައި އިހުތިޖާޖު ކުރިއިރު، މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދެކެވެ. އަދި އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެކަުލަވާލި މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    ބަޔަކު މުޒާހަރާއަށް ނުނުކުތަސް2022 ގެ ފަހުކޮޅު ތިބިލް ފާސްކުރާނަން. އެއަށްވުރެ އަވަސް ކޮށްފިޔާ ދައުލަތުގެ ބައިތުލްމާލުން ކާންލިބޭ އެތިކޮޅު މަދުވާނެ.