ރަސްފަންނު ފަވީލާ (ޕެވިލިއަން) ގެ ތިރީ ބައިގައި ތަރައްޤީ ކުރަމަށް ނިންމި މޫދަށް އެރޭ މީހުންނަށް ހާއްސަ ފާހަނަތަކާއި އެެހެނިހެންތަންތަން ރަސްފަންނުގެ އެހެން ސަރަހައްދެއްގައި ގާއިމްކުރާނެކަމަށް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެވެ.
ރަސްފަންނު ފަވީލާ ގައި ގްލޯރިއާ ޖީންސް ކޮފީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ރަސްފަންނު ފަވީލާގެ ތިރީ ބައި ތަރައްޤީ ކުރަމަށް ނިންމި ރަސްފަންނަށް މޫދަށް އެރޭ މީހުން ފެންވަރާނެ ތަނާއި، އާންމުން އިށީންނާނެ ޖާގަ އަދި ފަސް ފާހާނާ އާއި ލުއި ކާނާ ފަދަ ތަކެތި ވިއްކާ ފިހާރައެއްވެސް ހިމެނޭ ތަން ރަސްފަންނުގެ އެހެން ސަރަހައްދެއްގައި ހެދުމަށް ނިންމާފައިވާކަމަށެވެ.
"މި ރަސްފަންނުގައި މޫދަށް އެރި އުޅޭ ފަރާތްތަކާއި، ކުޑަކުދިންނާއި އެކި ކަހަލަ ހިދުމަތްތަކަށް ބޭނުންވާ ޖާގަ މިތަނުގެ ގްރައުންޑް ފްލޯގައި ހަދަން އޮރިޖިނަލް ކޮންސެޕްޓްގައި އޮންނާނެ. އެހެން ނަމަވެސް މިތަން ހުޅުވިގެންދާއިރު، އެބައި މިތާ ނެތީމާ ސުވާލު އުފެދޭނެ. އެމްޑަބްލިވްއެސްސީއާއެކު ވެވުނު އެއްބަސްވުމުގައިވެސް އެގޮތަށް އޮންނާނެ. ދެން އެބޭފުޅުން އިންޓަނޭޝަނަލް ފްރެންޗައިސްތައް މިތަނަށް ގެންނަން ބޭނުންފުޅު ވާތީވެ އަޅުގަނޑުމެންނާއި މަޝްވަރާކޮށްފައި އެ އިންޓަނޭޝަނަލް ފްރެންޗައިސްތަކުގައި ހުންނަ އިންޓަނޭޝަނަލް މިންގަނޑުތަކަށް އިމާރާތް ބައްޓަން ކުރާއިރު، އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ހިމަނައިގެން މިތަން ނިންމަންޏާ ކުދިކުދި މައްސަލަތައް އެބޭފުޅުންގެ ސްޓޭންޑަޑަށް އަންނާތީ މަޝްވަރާ ކުރީ" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު އެތަން ހެދިގެން ދާނީ ރަސްފަންނު ކޮޅުން އައިޖީއެމްއެޗްއާ ދިމާލަށްވާ ބީޗުގައި ކަމަށެވެ. އަދި އެ މަސަައްކަތް ވަރަށް އަވަހަށް އެމްޑަބްލިވްއެސްސީން ފައްޓަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ، ރަސްފަންނުގައި މިފަދަ ކޮންމެ ތަނެއް ހުޅުވިގެންދާއިރުގައިވެސް އުފާވާ ކަމަށެވެ.
"އެ އުފަލަކީ 2015 ވަނަ އަހަރު އަޅުގަނޑު ގާތުގައި ރައީސް ޔާމީން ވިދާޅުުވީ، މި ސަރަހައްދަކީ ވަރަށް ބޮޑަށް އެއްވެސް ކަހަލަ ދިރުމެއް ނެތް ތަނެއްގެ ގޮތުގައި އޮތްތަނެއް ކަމުގައިވާތީވެ މާލޭގެ އުޅޭ ހުރިހާ ރައްޔިތުންނަށް ވަރަށް އުފާވެރި ހިތްގައިމު މާލޭގެ މިހާތަނަށް ނެތް ކަހަލަ މާހައުލެއް އެތާ ހަދަން ބޭނުންވެލައްވާކަމަށް" މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ފަށައި އޭގެ ކޮންމެ މަސައްކަތެއްވެސް ރައީސް ދިޔައީ ވަރަށް ގާތުން ބައްލަވަމުން ކަމަށެވެ. "ރަސްފަންނަކީ އެމަނިކުފާނުގެ ގްރޭންޑް ޗައިލްޑެއް" މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ، ރަސްފަންނުގައި ތިބެގެން އާއިލާ އާއި ރަހުމަތްތެެރިންނާއެކު ސައިފޮދު އިންސާފްކޮށްލެވޭ ކަހަލަ ތަނެއް ހެދުުމަށް ރައީސް ބޭނުންވިކަމަށެވެ. އެތަނަކީ މި ފަވީލާއެވެ.
ރައީސް ޔާމީންގެ ވެރިކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދިވެހިންނަށް ދެއްވި ބޮޑު ނިޢުމަތެއް! މި ނިޢުނމަތުގެ ސަބަބުން ދިވެހިންނަށް ފާގަތިކަން ލިބިއްޖެ! އިޤްތިޞާދު ކުރިއަރައިފި! ތަރައްޤި ހަލުއިވެއްޖެ! ޑޮލަރު ތިޔާގިވެއްޖެ! ޢުމްރާނީ ކުރިއެރުން މެކްހަށްޖަހައިފި! ޞިއްޙީ ދުޅަހެޔޮކަމަށް ރޯޝަންކަންލިބިއްޖެ! މަތީތަޢުލީމަށް މަގުތައް ތަނަވަސްވެއްޖެ! ތަޢުލީމަށް ޒަމާނީީ އިންގިލާބެއް އަތުވެއްޖެ! ބައިނަލްއަޤވާމީ އިންވެސްޓަރުން ރައްޖެއަށް ޝަވްޤުވެރިވެއްޖެ! މި ލިބުނު ނިޢުމަތްތކަށް އަލުން ފަނޑުކަން އަޔަނުދެމާތޯއެވެ؟ މި ނިޢުމަތްތައް ދެމެހެއްޓުމަށް އެންމެހާ ދިވެހިން އަތުގުޅާލަމާތޯއެވެ!
ޙަފްސާ/މާލެ ގެ ވާހަކަތަކަށް އަޅުގަނޑު އެއްބަސްވަމެވެ. އެހެންނަމަވެސް ދެބަސްވެވޭ ތަންކޮޅަކީ ޢަދުުލު އިންސާފު އެންމެނަށް ހަމަ ހަމަ ގޮތެއްގައި ނުލިބުމާއި ، ކޯޓުތަކަށް މި ސަރުކާރުން ފާޅުގައި ގޮންޖަހާ ކަމާއި، ނުފޫޒު ފޯރުވާކަމާއި ، މީހުން ފްރޭމްކުރާކަމާއި ، ތަރައްގީގެ ޕްރޮޖެކްޓްތައް (ބޭރުގެ) ނުއަގުގައި (މާއަގުބޮޑުކޮށް) ކުރުން ފަދަ ނޭއްގާނީ ކަންތައްތަކެއްވެސް އެބަހުރިކަމެވެ. ކޮންމެ ވެރިކަމެއްގައިވެސް ރަނގަޅު ކަންތައްތަކާއި ގޯސްކަންތައްތަކެއްވެސް ހުންނާނެ ކަން އެންމެން ޤަބޫލުކުރަންޖެހެއެވެ. މިއީ މަތިން މަލާއިކަތުން އައިސް ޔާމީންގެ އަތުގައި ހިފައިގެން ކުރާ ވެރިކަމެއް ނޫނެވެ.