ރަސްފަންނުގައި ފަތުރުވެރިން ބިކިނީގައި އުޅޭ މަންޒަރުތަކެއް އާންމުވެއްޖެއެވެ.

އެ މަންޒަރުތައް ފެންނަ ވީޑިިއޯ މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

އެއް މަންޒަރެއްގައި ފަތުރުވެރިއަކު ރަސްފަންނުގައި ބިކިނީގައި އިށީނދެގެން އިންނަ މަންޒަރު ފެނެއެވެ. އަދި ފުލުހުން ގޮސް އެއީ މަނާކަމެއް ކަން އެ އަންހެން މީހާގެ ކައިރީގައި ބުނާ ތަން ވެސް ފެނެއެވެ.

އެ ވީޑިއޯ އާންމުވުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

އަދި ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި އަދި ހާއްސަކޮށް ވެރިރަށް މާލޭގައި އެގޮތަށް އުޅެވިގެން ނުވާނެ ކަމަށް ވެސް މީސް މީޑިއާގައި ބުނެފައި ވެއެވެ.

ނަމަވެސް ބައެއް މީހުން ވަނީ ފަތުރުވެރިންނަށް އުނދަގޫކުރުން ހުއްޓާލައި ބޭނުން ގޮތަކަށް ހެދުން އަޅައިގެން އުޅުމަށް ވެސް ގޮވާލައިފައެވެ.

ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން އާންމު ތަންތަނުގައި ބިކިނީ ފަދަ ނިވާ ކަން ކުޑަ ހެދުން ލައިގެން އުޅުމަކީ މަނާ ކަމެކެވެ.

ނަމަވެސް ގެސްޓު ހައުސްތައް ހުންނަ ރަށްރަށުގައި އާންމުން އުޅޭ ތަންތަނުގައި ބިކިނީ ލައިގެން އުޅޭ މައްސަލަތައް ބޮޑެވެ. އަދި އެ ކަންކަން ހުއްޓުވުމުގައި ވަނީ ނުކުޅެދިފައެވެ.

މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިއަކު ކ. މާފުށީގައި އާންމުން އުޅޭ ހިސާބުތަކުގައި ބިކިނީ ލައިގެން އުޅެނިކޮށް ފުލުހުން ގޮސް އޭނާ ނިވާކުރިއެވެ.ނަމަވެސް އޭނާ ވަނީ އެ މައްސަލަ ބޮޑުކޮށްލައި ދުނިޔޭގެ ބޮޑެތި މީޑިއާތަކާ ހަމައަށް އެ މައްސަލަ ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކ.ދިއްފުށި

    ކީއްތޯ ކުރެވެނީ؟ ދިއްފުށީގެވެސް ހުރިހާ ބީޗެއްގައި ގެސްޓުން ބިކިނީގައި. އަދި ނުވިތާކަށް ރަށުތެރޭގައިވެސް ގެސްޓުން ހިތައްއަރައިފިއްޔާ އޮރިޔާން ނިވާނުވާ ހާލުގައި އުޅޭ. މިކަންކަން އިސްލާހެއްނުވޭ...

    36
    1
    • ޚީއްކުރަން ވީކީ ނޫނޮ

      ކަލޭމެން ތި ކީއްކުރާބައެއް ރައްޔިތުން ވެގެން ވިޔަސް އެކަން ނުހުއްޓުވުވައިފިނަމަ ެަހަރުމެންގެ ޅަދަރީންގެ ދިވަސް ތި ދުއްވާލަނީ

  2. ޖަޒީރާ

    ވެރިރަށް މާލޭގަ އުޅެންވާނީ ތިގޮތަށް

    29
    24
  3. ހަލީމް

    އެއީ އެއްބައިވަންތަކަމާ ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން. މިރާއްޖޭގައި އޮތް މިނިވަންކަން އަންގައިދެނީ ދެއްތޯ؟

    54
    4
  4. ސަމީރުއިންޑިއާ އައުޓް

    ތީ ސަރުކާރު އަޑީގަ އޮވެ ބަޔަކު ހިންގާ ރާވައިގެން ކުރާ ކަމެއް!

    43
    6
  5. Anonymous

    އެކަންކަން ކުރިއަނުދެން ބަސްބުނާނެ ގަޓް ހުރިމީހާ އެލީ ޖަލަށް.
    މިމީހުންގެ ވެރިކަމުގައި މިކަހަލަ ކަންތައްތައް އާކަމެއްނޫން. އެމްޑީޕީގެ ޖެނީމެން މުޒާހަރާ ކުރި އިރުވެސް ތިބެނ ީީ ކޮނޑުގައި ހިމަ ވާކޮޅެއް. ތިއީ އަދި ފަތުރުވެރިންތާ. މިބުނީ މިޤައުމުގެ ދިވެހި ރައްޔިތުންގެ ހާލު . ބަލާލަބަލަ ވީޑިއޯތައް.
    ނޫނީ އަހާލަބަލަ އަވައްޓެރިން ކައިރީ. ޙާލަތު...

    32
    5
  6. އައިމޯ

    ބޭނުންގޮތަކަށް އުޅެން އެގޮވާލާ މީހުންނަކީ އަލަމްގިރީގެ ކުޅިވަރު ކުޅެން އުޅޭ ބައިގަޑު ، މިބިމުން އެމީހުންނަށް ފުރުސަތުދީގެންނުވާނެ

    39
    3
  7. ޙަނދުކޭތަ

    ފަތުރުވެރިންނެއް ނޫން އޮރިޔާމާ އުޅޭން ގޮވަންވީ ކަލޭމެން ޕާރަޓީ ވެރިންގެ އަނބިން އޮރިޔާމާ އުޅޭށެ ގޮވަންވީނު ލޮލް ސަރުކާރައް ތާއީދުކުރާ މަރުމޯލުތައް ކޮމެންޓް ކޮއް ނަގަނީމި މިނިވަންކަން ދޭށެކިޔާފަ ކަލޭމެންގެ ވެރިންގެ އަނބިން އޮރިޔާމާ އުޅަެށޭ ގޮވާބަލަ ނޮހިރުއްޕާންނުކޮއް

    28
    3
  8. ނަން

    ސައްތައިން ސައްތަ މުސްލިމު ވެގެން ރާއްޖޭގައި ކުރަނީ ކޮން މޮޅުކަމެއްތަ؟

    25
    5
  9. ޙައްޕު

    އެހެންވެގެންނޭ ރަސްފަންނު ނުހަދަން އޭރުބުނީ. އެކަމަކު އަސޭލާ ކިޔާ ލަންކާ މީހަކު ބުނިީ ހުޅަނގުފަރާތް ބޭނުންވާނެޔޭ ކަމެއްކުރަން. ދެން ރައީސް ޔާމީނުވެސް އެކަން ކުރެއްވީ.

    7
    31
  10. ބޯގޯސް ދިވެހިން

    އުޅޭގޮތުން ހީވަނީ ދެން މީމާ މާތް ރަނގަޅު ބައެއް ހެން….ދިވެހި ލަވަ ތަކާ ފިލުމުތަކުން ދައްކަނީ ކޯއްޗެއް….ލިބެނީ ކޮންކަހަލަ މެސެޖެއް….ލާފަ ތިބެނީ ކޯޗެއް؟…..

    22
    4
    • ސަރީ

      "ކާވެނީގެ އަމާޒުކަމުގާ ވާހަގީގަތަކީ ކޮބާ.."

  11. ހަސަނު

    މަބުނީ ތީ އާ ކަމެއްނޫނޭ..އަންނި ރާއްޖޭގެ ހުރިހާރަށެއްވެސް ސްކިނީ ބިކިނީޔަށް ހަދަންނިންމާ އެމަސައްކަތުގަ ކުރިޔަށްއެދަނީ...ކޮންމެވެސް ދުރަނެކޭކިޔާފަ..ބަލާ މާފުށި މީހުންދިރިނޫޅޭތަ؟؟ ލޯކަލްގެސްޓްހައުސް ހޯމްސްޓޭ..ކޮންމެނަމެއްކިޔަސް އެއްކަމެއް..އިސްލާމީ ގައުމެއްގަ ކޮންކަމެއް...މަޢުސޫމު ވެސް ހީވަނީ މޮޔަބޮލަށްއަރައިގެން އުޅޭހެން..ޖީބަށް ްްްްްްްްްްްްޮްްްްްްްްްްްްްްްްްްްްްްްޮްް ޑޮލަރުވަންނަނިކޮށްް ނިމުނީ...

    21
  12. ކީކޭ

    ބިކިނީގަ މިހާރު ނޫޅޭ ރަށެއް މަދުވާނެ.
    އެ ހީވަނީ ގެސްޓުން ރާއްޖެ އަންނައިރު އެއަރޕޯޓްގައި ވެސް އެމީހުން ލައިގެން އުޅުނީ ހަމައެކަނި ބިކިނީހެން.

    24
    2
  13. ޑރ.ރިއްފަތު ފަންކާ

    ދެންވެސް ކިޔަ ހުމާލޭގަ ބިކިނީ ބީޗު ހަދާނަމޭ.ގާނޫނަކީ ފޮތުގައި ލިޔެލާފަ އޮތް އެޗެއްވީމާ ވާނި ހަޔެތި މިވަނީ.

    22
    1
  14. ޏަޖަނ

    މިރާއްޖޭ ނޫން ކޮންމެ ގައުމެއްގަވެސް އެގައުމެއްގެ ޤާނޫނާ ޚިލާފް އަމަލެއް ކޮށްފިޔާ ފަތުރެއް ކަތުރެއް ކަރުދާހެއް ރަންބިހެއް ނުބަލާ އެމީހަކަށް އަދަބުދޭ. މީވާ ގައުމެއް. ޢަސްލު ނިވައިކަން ކުޑަ ހެދުންލާ ކޮންމެ މީހަކަށް ވެސް އެކަށިިގެންވާ ރަނގަޅު އަދަބާކާ އެކު ބޮޑު ޖޫރިިމަނާޔެއް ކުރަންޖެހޭ. މީ އިސްލާމީ ގައުމެއް ކަން ޢަމަލުން ދައްކަންޖެހޭ.

    34
    2
  15. އެއީ އުނދަގު ކުރުމެއް ނޫން

    ބަރަހަނާކޮށް އުޅުން ހުއްޓުވުމަކީ އުނދަގޫ ކުރުމެއް ނޫނެވެ. ޤަތަރު މިސާލަކަށް ބަލާށެވެ. ފަރަންޖީން ބުނަނީ ވާރލްޑް ކަޕް މެޗުބަލަން ދިއުމުން ޤަތަރުން ދަސްވި ކަމަކީ ބަނގުރާ އާއި ނުލައި ވެސް މަޖާކުރެވޭނެ ކަމެވެ.

    29
    1
  16. މާމީ

    މިސްކިތައް ކުޑަކަމު ދިޔައީވެސް ދިވެއްސެއް ވީކަމެއް ހަރާމް

    22
    1
  17. ސަރަކަ

    ކޮބާ އެމީހުން ގެނެސް މާލެ ތެރެއަށް ދޫކޮށްލާފައި އުޅެންވީ ގޮތް ނުބުނެދޭ ގެސްޓް ހައުސް ތަކުގެ ވެރިން؟ އެތަންތަން ބަންދު ކޮށްބަލަ. އޭރުން ތިކަން ހައްލު ވެދާނެ.

  18. ސަރީމް

    ބަލަގަ 200މީހުން އެންމެ އަލަންގިރިއަކާއި ގުޅުން ހިންގި އިރު އެކަމަށް ފިޔަވަޅުނާޅައި ހައްގު އަދަބު ނުދޭ ބަޔަކު އަދި ގެސްޓުންތަކެއް އޮރިޔާމުން އުޅެގެން ކަންބޮޑުވެގެން އުޅޭނެތޯ.؟ ސަފާރީތަކަށް އަރައި ވެރިންތަށް ބަނގުރާ ބޮއެ ޕާޓީ ކުރާއިރު އެފަދަ ކަންކަން ގިނަވެގެން ހުއްޓުވަން ކަންބޮޑުވެގެން އުޅޭނެތޯ.؟ އަދިވެސް ޖަލުގަ އޮންނަޖެހެނީ ޔާމީނުތޯ.؟

    11
  19. ހަމަޖެހޭ

    ރާއްޖެ މަގުފުރައްދައި ފަސާދަކުރާ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި އެންމެ ގެއްލުން ދޭނީ އަބަދުވެސް މުޖުތަމައުގެ އަޚްލާގަށާއި ދީނަށެވެ. އަދި ހިތްވަރުދޭނީ ދީނުގެ އިންތަށް ފަހަނަޅައި ދިޔުމަށާއި އިސްލާމީ އެންމެހައި އުސޫލަކާއި މާތް އަޚްލާގު ފުނޑާލުމަށެވެ. އަދި ޅަދަރީންނާއި ޒުވާނުން ފަސާދަކޮއް އެންމެހައި ޢައިރު މުސްލިމުންގެ އަމަލަކާއި ވައްޓަފާޅި ފަތުރައި މުޖުތަމައުއިން އިސްލާމްވަންތަކަމާއި މުއުމިނުކަމުގެ ސިފަތަށް ގިރުވާލުމަށެވެ..

    15
  20. Anonymous

    އެމީހުން ބިކިނީ ލީމަތަ ހަޖަމް ނުވަނީ. ޝިފާ މެން މަރިޔަމްބު ސަނާ މެން ރުމާލެއް ވަރުގެ ޓޮޕު ކޮޅު ލައިން މަގު ތަކުގަ ހިނގިޔަސް އޯކޭ