ކޮންމެ ދުވަހަކުވެސް މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ލ. އަތޮޅު ފޮނަދޫއަށް ނިސްބަތްވާ މީހަކު އަމިއްލަށް ކްރިމިނަލް ކޯޓުގައި އިއުތިރާފްވެއްޖެއެވެ.

މަސްތުވާތަކެތި ބޭނުން ކޮށް ގެންގުޅެ އެެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރޭ މި ފިރިހެން މިހާއަކީ އުމުރުން 38 އަހަރުގެ މީހެކެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖަހަން ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިދީފައެވެ.

އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި 10 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ފައްސި ކަމަށް ބުނެފައިވާއިރު، އޭނާ ކުރެވޭ ތުހުމަތަށް އިއުތިރާފްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވާގޮތުން އޭނާ މާލޭގައި ދިރިއުޅޭނެ ތަނެއް ނެތުމުގެ ސަބަބުން ނިދަނީ ރަސްފަންނުގައި ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ އާންމުކޮށް ކޮންމެ ދުވަހަކުވެސް މަސްތުވުމަށް، މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އިއުތިރާފްވެފައި ވެއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައަކީ ހައްދުން ނައްޓާފައިވާ ބޮޑު މައްސަލައެކެވެ. މިފަދަ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންނަށް އެެދެވޭ ފިޔަވަޅު، ނޭޅި ބޮއްސުންލާ ހިސާބަށް ގޮސްފައިވާކަމަށްވެސް އެތައް ބަޔަކު ދަނީ ބުނަމުންނއވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގޮޅާބޯ

    އޭނަގެ ރަށަށް ފޮނުވާލަބަލަ.

    16
    2
  2. ނަޑަރޭ

    އަފްޣާނިސްތާނުގެ މަގުތަކުގައި ވެސް ވަންނާނެ ގެދޮރެއް އަޅާލާނެ މީހެއް ކުރާނެ މަސައްކަތެއް ނެތި ރައްުިތުން އަފިހުން ބޭނުން ކޮށްގެން ބިއްޖެހިފަ ތިބީ . 23 ޕާޓީ ހަދާފަ ކޮންމެ ޕާޓީއަކަށް 5 މިލިއަން ދިނީމާ ނިކަމެތި ރައްޔިތުން އުޅޭނީ މިހެން

    26
    3
    • އިބްރާ

      އަފްޣާނިސްތާނާއި ބެހޭގޮތުން ނަޑަރޭ ތިޔަދެއްކެވި ވާހަކަފުޅަކީ ހަމަތިޔަ ބޭފުޅާގެ ލޮލަށް ފެނިގެން ދެއްކެވި ވާހަކަކޮޅެއްތޯއެވެ؟ މިހެން މިދެންނެވީ ތާލިބާނަށް ވެރިކަން ލިބުމަށްފަހު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އިސްލާމްދީނުގައިވާގޮތަށް ފިޔަވަޅު އަޅަންފެށިފަހުން އެޤައުމުގެ ކަންކަން އިސްލާޙްވާކަމަށް ޚަބަރުތަކުން އެނގޭތީއެވެ. އެމެރިކާގެ ބާރުގެދަށުގައި އޮތްއިރު އެޤައުމަކީ މަސްތުވާތަކެތީގެ ހަބެކެވެ. ނަމަވެސް މިހާރު އެހެނެއްނޫނެވެ.

  3. ދިދަ ދަނޑި

    ރަށަށް ގޮސް ތިބޯއެއްޗެއް ރަށުގަ ބޮއެބަލަ… ކިހާބޮޑު މުސީބާތެއް..

  4. ޑައެލޯގް

    މިސަރުކާރުން އިންޑިޔާއަށް ރާއްޖޭގެ ކަނޑުތަކުގެ ބާރުދިންފަހުން ޑްރަގްގިނަވެފައިވެއެވެ.

    2
    2
  5. ާއެނީ

    ގޭގައި ތިބޭ

  6. ބޯހަލާކު

    ސަރުކާރުން ވެއްޖެ ނޫން ތިމާޔަށް ބަލަދު އަރާފަ ތިބި މީހުން، ނަށްދުޅަހެޔޮ ދިރި އުޅުމެއް ހޯދަދޭން، ވާނުވާ ގަ އުޅޭމީހުން ކުށުގެ ވެށިން ނަގާ ދުޅަހެޔޮ ދިރި އުޅުމެއް ހޯދަދޭން، ކޮބާ ހިޔުމަން ރައިޓުސް،..ސަރުކާރު ޕާޓީ އިދިކޮޅު ޕާޓީ، ދެންހުރި ޕާރޓީ އުވާލާ، ގައުމަށް ވަންނަ ރުފިޔާ ވަކި ބައަކު ކައި ހުސްކުރަނީ،،،

  7. މޮޔަމީހާ

    އެންމެ މީހަކު ހޮވަން ކީއްކުރާހާ ޕާރޓީ އެއްބާ؟ނޫނީ ކޮންމެ އަތޮޅަކަށް ރައީސެއް ހޮވާފަ ވެރިކަން ވަކި ކުރޭ 😁😅