ރަސްފަންނުގެ ކަނޑުތޮށިން ބޭރުގައި ކަނޑުތޮއްޓާއި، އުރަފަށާއި ދެމެދު ރަސްފަންނު ދިގުމިނަށް ފަސްބަޔަށް ވާގޮތަށް ޖުމްލަ ފަސް ބޮއެ (ފްލޯޓިންގ ބެލޫން) ފެންޑަރ ހަރުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައި، އެކަން ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ 5 ބޮއެ (ފްލޯޓިންގ ބެލޫން) ފެންޑަރ އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް އިއުލާނުގައި ވަނީ އެދިފައެވެ.

މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ 13:00 ގައި އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަންގައެވެ.

އަގު ހުށަހެޅުން އޮންނާނީ މާޗް 02 ވަނަ ދުވަހުގެ 10:00 ގައި އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަންގައެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

މިމައްސަލަތާއި ގުޅޭ އިތުރު މައުލޫމާތު މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ) އަމީނީމަގު، ފޯން 3025487 އިން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙެސްކިޔާފަ

    މުއިއްޒު ބިލްޑިންގ ފުރާޅާ ޔާމީން ބިލްޑިންގާ ދެމެދު ކޭބަލްކާއަކުން ގުޅާލަން ބަޔަކު ހޯދަބަލަ .ޖާބިރާ ގުޅުމުން އިޓަލީގެ ކޮންސަލްޓަންޓުން ލިބޭނެ. ޢިންޑިއާ މަސައްކަތު މީހުންވެސް ލިބޭނެ.