ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީގެ) ގާނޫނަށް ޖުޑީޝަލް އެކަޑެމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދު މަޖިލީހުގައި 62 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އިރު ވަކިކޮޅަކަށް ވޯޓު ނުދެ ހަތަރު މެމްބަރުން ތިއްބެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ކޮމިޓީ މަރުހަލާގައި ދިރާސާކޮށް ބަދަލު ގެނެސްފައިވަނީ ޖޭއެސްސީ ގާނޫނަށް ގެންނަ އިސްލާހު ފާސްވާ ހިސާބުން ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރުގެ މަގާމު އުވޭ ގޮތަށެވެ.

އެ ބިލު ރައީސް ތަސްދީގުކުރާ ހިސާބުން މާޖިދުގެ މަގާމު ގެއްލޭނެ އެވެ.ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ޑީޖޭއޭ ނަގައި ޖޭއެސްސީގެ ދަށަށް ގެންދަންވެސް ޖޭއެސްސީ ގާނޫނަށް އިސްލާހު ގެނަ އެވެ.

ޖުޑިޝަލް އެކަޑެމީގެ ޗާންސެލަރުގެ މަގާމަށް މާޖިދު އައްޔަން ކުރެވުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ތާއީދާ އެކު އައްޔަން ކުރެވުނީ 2015 ވަނަ އަހަރު އެވެ.