ޓަގް ބޯޓެއްގައި އިންޑިއާ އަށް ވަޑައިގެން އިންޑިއާ އިން ސިޔާސީ ހިމާޔަތް ހޯއްދެއްވުމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އެހީތެރިވި ޤާނޫނީ ވަކީލުންގެ އަގު ވައްޓާލާ، އަދީބު އެވަކީލުންނަށް ލަނޑުދީފިއެވެ.

އަދީބުގެ ބައިންލްއަޤުވާމީ ޓީމުން އަދީބަށް ހިމާޔަތް ހޯދަން ނެރުނު ބަޔާނުގައި އަދީބުގެ ރާއްޖެ ދޫކޮށް ދިޔައީ ރާއްޖެ އިން ލިބެމުންދާ އިންޒާރުތަކާއި ގުޅިގެން ފުރާނައަށް ނުރައްކާވެފައި ވާތީ ކަމަށް ވިދާޅުވެފައި ވީނަމަވެސް މިއަދު ކްރިމިނަލް ކޯޓުގައި އަދީބު ވިދާޅުވީ އެއީ އޭނާގެ ބަސް ނޫން ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިން ދައުވާގެ އަޑުއެހުމެއް އަދީބު ހާޒިރު ކުރުމުން ހެކިބަސް ދެމުން އަދީބު ވިދާޅުވީ "ބައިނަލްއަޤުވާމީ ވަކީލުންގެ ނަމުގައި ނެރުނު ބަޔާނަކީ އަޅުގަނޑުގެ ބަހެއް ނޫން. އެކަން ވާނީ އަޅުގަނޑު ރާއްޖެ އައިސް ހުއްޓުވާފައި." ކަމަށެވެ.

ބައިނަލްއަޤުވާމީ ވަކީލުން ނެރުނު ބަޔާނަކީ އަދީބުގެ ބަސް ނޫންކަމަށް އޭނާ މިއަދު ވިދާޅުވި ނަމަވެސް އިންޑިއާ އަށް އެތެރެވިޔަ ނުދީ އަދީބު ރާއްޖެ ގެނެސް ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އަދީބު ވިދާޅުވީ ރާއްޖެއިން ފުރައިގެންދާން ޖެހުނީ، އެކިއެކި ފަރާތްތަކުގެ އިންޒާރުތަކާއެކު ފުރާނައަށް ނުރައްކާވުމުން ކަމަށެވެ.

"މައުލޫމާތުތައް ޕީޖީއާ ހިއްސާކުރުމުން އަޅުގަނޑަށް އެކި ގޮތްގޮތުން އިންޒާރު އައި. ފުރާނައަށް ނުރައްކާވުމުން އަޅުގަނޑަށް އެ ޑިސިޝަން ނެނގުނީ،" އަދީބު އެދުވަހު ކްރިމިނަލް ކޯޓުގައި ވިދާޅުވިއެވެ.

އަދީބުގެ ބައިނަލްއަޤުވާމީ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އަދީބު ލައްވައި ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުންނާ ދެކޮޅަށް ވާހަކަދެކުމަށް އެގްރިމެންޓެއްގައި ސޮއިކުރުވާފައިވާ ކަމަށެވެ. އެ އެގްރިމެންޓުގައި ސޮއިކުރުވަންދެން އަދީބަށް ދޭންޖެހޭ ސިއްހީ ފަރުވާ ނުދީ ސަރުކާރުން ހިފެހެއްޓިކަމަށް އެ ބަޔާނުގައި ވެއެވެ.

"އަޅުގަނޑުމަންނަށް އެ އެގްރިމެންޓު ލިބިފައިވޭ". އަދީބުގެ ވަކީލުންގެ ޓީމުގެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އަދީބު އަނބުރާ ރާއްޖެ ފޮނުވާލައިފިނަމަ އޭނާއާއި މެދު ގޯސްކޮށް ކަންތައްކުރާނެ ކަމަށެވެ. އަދި އަދީބުއަށް ރާއްޖެ ރައްކާތެރި ނޫންކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ކުންބޭ

  ސޯލިހުގެ ނުބައިރޭވުން.

  91
  11
 2. ޢަަހުމަދު

  ޢަދިިިިިިިިިިިިބު އެހަދަނިި ދޮގު

  59
  5
 3. Anonymous

  ބުރޯތިއީ، ހަމަ ދައްޖާލު

  74
  8
 4. ޕކާސް

  ދެން ލަލަލާ

  21
  21
  • މީރާ

   ރޭވުން ގަޑެއް

   25
   1
 5. އެޅަގެ ހަސަންހުތާ

  ސާލިހު ރާވައިގެންތަ! ނުވަތު ބުނެގެން ވައްކަންކުރީ!

  17
  3
 6. އަންނި

  ތީ ތެދެއް ހަދާނެމީހެއް ނޫން... ކޮންމެފަދަ ދޮގެއްވެސް ހަދާނެ... ފިނިފެނާމާ ލޯންޗްގަތިބި އެތައްބަޔަކު މަރާލަން ބޮން ގޮއްވާލީ މީހާ ތީ...

  36
  2
 7. އެހަދާން

  ވަގުތު ނޫހުން ރޔާމީންގެ ވަކީލުންނާ އާއްމުންނަ ހަދާން ކޮއްދީބަލަ އަދީބު ކެންފޭނެ ނުހިގާކަމަށް އެބުނާ މުއްދަތުގަ ކެންޕޭނެ ހިގިކަން އަދި އެކެންޕޭނުގަ އިސްވެހުރީ އަދީބުކަން.. އެއީ 2015ގަ ހިންގި މަހާސިންތާތަ.. މަހާސިންތާ އިފްތިތާހުކުރަން ރމައުމޫނަށް ދެފަހަރު ހުށަހެޅުމުންވެސް މައުމޫނު އިންކާރުކުރީ.. މަހާސިންތާތަ ހިންގީ ފައިސާއާ ނުލާތޯ.. އެއްވެސްކަމެ ފައިސާނެތި ހިންގޭނެތޯ އެމަހާސިންތާތަ ގެންދިޔަ ފުރިހަމަ ބޮޑުކޮށް.. އަދީބުގެ ހަދާނަށް ކަމެވެއްޖެ..

  20
  3
 8. ޝާއިރާ

  މިވަރު މީހެއްގެ ހެކިބަސް ނަގަނީ؟

  23
  2
 9. އަލިބެއްޔާ

  އަދީބު އެކަނިވެރިވި ދުވަހު މަ އަދީބުއަށް ހެޔޮ ދުޢާ ކުރަމެވެ. އަހަންނަށް ސިފަވަނީ ދިރި ހުރުމަށް މީހަކު ކުރަމުން އަންނަ މަސައްކަތެވެ.

  7
  14
 10. Anonymous

  ޢަދީބު ގަނެލީދޯ.

  22
  1
 11. ސޫޒީ

  ޢެދައިތަގެ ގެއްލޭ ބެޑްސީޓް މިހާރު އޮތީ ދޮވެ އިސްތިރިކޮށް ތައްޔާރުކޮށްފައި ހުރިހާކުދިން ވިސްނަންޗޭ

  25
  2
 12. ދަންނަ

  ތިޔަފަދަ މީހެއްގެ ހެކިބަސް ކިހިނެއްް ޤަބޫލުކުރެވޭނީ ހަމަ ހުރިގޮތައްހުރި މުނާފިގެއް

  17
  1