ރާއްޖޭގެ އެންމެ ފުރަތަމަ ޕްރައިވެޓް ކޮލެޖް ކަމަށްވާ ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކުގައި ކިޔަވައިގެން ދަސްވެނިވި 153 ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މި ސެޓްފިކެޓްތައް ހަވާލުކޮށްފައި ވަނީ މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި އެ ކޮލެޖްގެ ފަސް ވަނަ ކޮންވެކޭޝަން ހަފްލާގައެވެ. ވިލާ ކޮލެޖުގެ ކޮންވޮކޭޝަން ފައްޓަވައި ދެއްވީ، އެ ކޮލެޖުގެ ރެކްޓަ ޑރ. އަހްމަދު އަންވަރުއެވެ.

ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މިއަދުގެ ހަފްލާގެ ތެރެއިން ވިލާކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން މާސްޓާސް ޑިގްރީ، ޕޮސްޓަގްރެޖުއޭޓް ޑިގްރީ، ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގެ އިތުރުން، ބެޗްލާސް ޑިގްރީ ހާސިލް ކުރި ދަރިވަރުންނާއި ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރެއިން ކިޔެވި ދަރިވަރުންނާއި ،މާލޭގެ ކެމްޕަހުން ކިޔެވި ދަރިވަރުންނެވެ.

އެ ހަފްލާގެ ތެރެއިން ވިލާ ކޮލެޖް މެޑަލް ހާސިލްކުރި ދަރިވަރުންނަށް މެޑަލް ހަވާލުކުރިއިރު، ގާސިމް އިބްރާހިމް އެކްސްސަލެންސް އެވޯޑް ހާސިލް ކުރި ދަރިވަރުންނަށްވެސް އެ އެވޯޑް ވަނީ ދީފައެވެ. އަދި މީގެ އިތުރުން މިހަފުލާގައި ވަނީ ވިލާ ކޮލެޖު ބުކް ޕްރައިޒް ލިބުނު ދަރިވަރުންނަށް އެޝަރަފުވެސް ދީފައެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަަބްދުﷲ

އެ ހަފްލާގައި ވަހަކަދައްކަވަމުން ވިލާ ކޮލެޖްގެ ރެކްޓަރ އަހުމަދު އަންވަރު ވިދާޅުވީ، ވިލާކޮލެޖުން މިއަދު އުފާވަނީ އެ ކުދިންނަށް ތައުލީމީ ފުރުސަތުތައް ތަނަވަސްކޮށްދެވުމުން ކަމަށެވެ.

އެގޮތުން ގާސިމް އިބްރާހިމްގެ އިސްނެންގެވުމާއެކު މާލޭގެ އިތުރުން އަތޮޅު ތެރޭގައި ތިބެގެންވެސް މަތީ ތައުލީމަށް ކިޔެވޭނެ ނިޒާމެއް އެ ކޮލެޖްގައި ތަަނަވަސްވެފައިވާކަަމަށް އަންވަރު ވިދާޅުވިއެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަަބްދުﷲ

ވިލާކޮލެޖުން ކިޔަވައިދެމުން އައި ވައްޓަފާޅިއަށް ކުރިއެރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ އަންވަރު ވިދާޅުވީ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ތައުލީމް އުނގެނުމުގެ ފުރުސަތުތައް އެ ކޮލެޖުން ތަނަވަސްކޮށް ދީފައިވާ ކަމަށެވެ.