އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ގދ.ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުން އިބްރާހިމް އައްސަދު މިއަދު ބޭރުކޮށްލައިފިއެވެ.

އައްސަދު އެ މަގާމުން ދުރު ކުރުމުގެ ކުރިން ތިނަދޫ ކައުންސިލް ހިންގުމުގެ ކަންކަން ރަނގަޅުކުރުމަށް، 30 ދުވަހުގެ މުހުލަތެއް ދިނުމަށް އެ ކައުންސިލުުން ފާސްކޮށްފައި ވަނީ މިދިޔަ ޖުލައި މަސް ތެރޭގައެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އައްސަދްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައި ވަނީ މިއަދު އޮތް ކައުންސިލްގެ ބައްދަލުވުމުގައެވެ.

އައްސަދު މައްސަލަތައް ރަނގަޅުކުރުމަށް ތިނަދޫ ކައުންސިލުން މީގެ ކުރިންވެސް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އޭނާ އެ ކަންކަން އިސްލާހުކޮށްފައި ނުވެއެވެ.

ތިނަދޫ ކައުންސިލްގެ ފަސް މެމްބަރުންނަކީ ވެސް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ހައި

  ރަގަލު

  12
  3
 2. އިންސާނާ

  ގދ.ތިނަދޫ އަތޮޅު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަކީވެސް ވަކި ކުރަން ޖެހިފައިވާ މީހެއް. ވަރަށް ޖާހިލު ފިރިހެނެއް.. އޭނަގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅީ

  24
  3
 3. ފަހުމީ

  ތިޔަ ކުޅެލެވުނީ 400 މީހުންގެ ލެޔާކަން ދަންނާތި!

  6
  11
 4. ހަވަރު ތިނަދޫ ކައުންސިލްގެ ބިގަރު ބޮލުން

  ގައިގާ ނެތް ވަރުން ގަޔަށް މަސްއަރުވާ މީހާ ބިޔަވާން އުޅުމަކީ މީހާގެ ބުއްދިއަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެކެވެ. މީހާގެ އާއިލާ ބޮޑުވެ އާއިލާގެ ނުފޫޒުގަ ނުކިޔަވާ ތިބި މީހުންނަށް އެކަށީގެން ނުވާ މަގާމުތަށް ދިނީމާވެސް މީހުންގެ ބުއްދި ގޯސްވެއެވެ. ތައުލީމު ނެތް ހިންގުން ތެރިކަން ނެތް މީހެއްގެ ގައިގެ ކުލަ ރީތިވެ ތަންތަން ވަރުގަދަވެ މީހުން ހިއްސުތަކާ ކުޅޭ ކަހަލަ ރީތިކަމެއް ހުރުމަކީ މީހާގެ ބުއްދިފިލާގޮސް ވަހުށީކަމަށް މީހާ ހުށަހެޅެކަމެކޭ މީހުން ބުނެއުޅެތެވެ. ރުންކުރު ރުޅިގަދަ މީހުންކުރިމަތީ ތާކުންތާކު ނުޖެހޭ ކަންތަކުގަ ޒުވާބު ކުރާނީ ޔަގީނުންވެސް ބުއްދި ހަމަޖެހޭ މީހެއް ނޫނެވެ.

  20
  1
 5. ނަސީމު

  ކައުންސިލަށް އެއްޗެއްގަ ސޮއިކޮއްލަން ދިޔަސް 10 ވަރަކަށް ދުވަސް އެބަނަގާ. ހަވަރު ތިނަދޫ ކައުންލް މެންބަރުން އަންގަނީ އެއީ ނިޒާމުގެ މައްސަލައެކޭ. މަށް ވިސްނާ ވިސްނާ އެބުނާ ނިޒާމަކީ ކޯންޗެއްކަން ނުވިސްނުނު. މަށަށް ގަބޫލު ކުރެވެނީ ކައުންސިލަރުންގެ ހިންގުންތެރިކަމެއް ނެތީއޭ. ނޫނީ ގަސްތުގާ ރައްޔިތުން ރުޅިއެރުވުމުގެ ބޭނުމުގައޭ.

  15
  2
 6. ސަޓޯ

  ބަގާވާތުގެ ބަފައިން ގެ މުއްލާތައް އުޅޭ ހަވަރު ތިނަދޫއަށް އިތުބާރެއް ނުކުރަން

  5
  5
 7. ހަވަރު ތިނަދޫ ކައުންސިލްގެ ފާރުތަކުން

  ކައުންސިލަރުން އިންތުހާބު ކުރެވުނީއްސުރެ ކައުންސިލްގެ ރައީސްކަން ނޫނީ ރައީސާކަން ބޭނުން ނުވާ ހަމަ އެކަކުވެސް ތިތާކުނެތެވެ. އެކަމަކު މިކިޔަނީ ތިމަންނާ ކައުންސިލަށް ކުރިމަތިލީ ރައްޓެހިން ކިޔާވަރުންނޭ. އޯކޭ ރައްޔިތުން ބުނެގެން ކުރިމަތިލީޔޯ ދެން ކީއްކުރަން ރައީސްކަމާ ތިތޮޅެނީ.

 8. ރީދަލާޑާ

  ދައުރު ނިމިގެންދާއިރު ކަލޯމެންނަށް ރަށަށް ކޮއްދެވުނީ ކޮންކަމެއްތޯ ރައްޔިތުން ކައިރީ ބުނެދީބަލަ. މީހެއްގެ އަތުން ޕިކަޕެއް ކުއްޔައްނަގައިގެން އެމީހާއަށް( ނާޖާއިޒް ގޮތުގަ) 18 މަސްތެރޭ 8 ލައްކަ ރުފިޔާ ދިނުން ނޫން އެހެން ކޮންކަމެއްބާ ކުރެވުނީ. ތިނަދޫ ކައުންސިލްގަ ތިބި ބިގަރުތަކާ ޖަވާބުދީބަލަ. ބިގަރު ތަކަށް ގަބޫލުކުރެނީ ތޯއްޗެއް އެބިގަރުތަށް އުޅެނީ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާއަށްވުރެވެސް މަތީގައޭ. އެހެން މިބުނީ ރަށުގައި ހިންގާ އެއްވެސް ހަރަކާތެއްގަ އަމަލީގޮތުން ބިގަރުތަށް ބައިވެރިވާތަނެއް ނުފެނޭ. މަސައްކަތެއް ނުކުރާތާގަ އެކުރަނީ ކީއްތޯބަލާލަން ވެސް އޭގެން ބިގަރަކަށް ނުދެވޭ. ޒާތްކޮޅު ބޮޑޮޑުވިޔަސް ތިއީ ބޮޑުވަރު. ދެން މިކިޔަނީ މުސާރަ ކުޑައޭ. ކަލޯ ކައުންސިލާއެވެ. މުސާރަ ކުޑައިއްޔާ ކުޑަ މުސާރައެއްގަ މަސައްކަތް ކުރާނެ ގާބިލް ބަޔަކާ ތިތަން ހަވާލުކޮއްފަ ގެއަށްގޮސް ނިދަން ތިނޭށެވެ. އޭރުން މީހުން އެކައްޗެކޭވެސް ނުކިޔާނެއެވެ.

  11
 9. އަތޮޅުތެރޭ މީހެއް

  ދުވަހަކުވެސް ނުދެކެން މިހާ ފޮނި ކައުންސިލަރުން ތިބިރަށެއް. ތިކައުންސިލް އޮއްވާ ދުވަހަކުވެސް ތިތަނަށް ހިދުމަތެއް ހޯދާކަށް ނުދާނެމެވެ. އަދި އަހަރުމެންގެ ފަރާތުން ތިކައުންސިލަށް ދޭނެ އެއްބާރުލުމެއްވެސް ހަމަ ޔަގީނުންވެސް ނޯންނާނެއެވެ..

  11
 10. ޝަމްޢޫން އާދަމް / ތިނަދޫ

  ތިޔަ ކަން ކުރަން މާބޮޑަށް ލަސްވެސް ވެއްޖެ.

  4
  1
 11. މާބޭބެ

  ޅ. ނައިފަރު ކައުންސިލްގެރައީސް މިހާރުން މިހާރަށް ވަކިކުރަންފެނޭ.

 12. ޑިރަސާވެރިޔާ

  ތައުލީމާއި ތަޖުރިބާ އަށް ބަލާ އިރު އައްސަދު ފިޔަވައި ދެން ތިބި ހަތަރު ކައުންސިލަރުންނަކީ ސަރުކާރު ކީއްކުރަން، ޕްރައިވެޓް ކުންފުންޏެއްގެވެސް ޒިންމާދާރު މަގާމެއް އަދާ ކުރި ބަޔެއް ނޫން. ރަށެއްގެ އިގްތިސާދީ، އިޖުތިމާއީ، އުމްރާނީ ތަރައްގީ، މިހުރިހާ ކަމަކާއި ހަވާލުވާން އަންނަން ޖެހޭނީ ކޮންމެ ވެސް ވަރެއްގެ ހިންގުމުގެ ދާއިރާގެ ތަޖުރިބާ އެއް ހުރެގެން. ތިނަދޫ މީހުން ވިސްނަން ޖެހޭ ތިނަދޫ ހިންގަން މީހުންނަށް ފުރުސަތު ދޭއިރު

  5
  1
 13. ސަޒުނާ

  ވަރަށް ފަހުރުވެރިކަމާއެކު ބުނަށް މުޅި ދިވެހި ރާއްޖޭގައިވެސް ނުތިބޭނެ އުނގޫފާރު ރަށު ކައުންސިލް ވަރުގެ ބަޔަކު. އެއީ ވަރަށް ޒިންމާދާރު ކެރޭ ރައްޔިތުންގެ އިހުސާސްތައް އަޑުއަހާ އަމަލުކުރާ ކައުންސިލް މެމްބަރުތަކެއް.

 14. އަލީ

  ފުވައްމުލަކު މޭޔަރުވެސް ޖެހެނީ ހަމަ ތިޔަ ގޮތައް ބޭރު ކޮށްލަން ރަށައް އަދި ރައްޔަތުންނަށް ހެޔޮއެދިގެން އެއްމެ ކަމެއްވެސް ކޮށްދޭން މަސައކަތް ކުރާ މީހެއް ނޫން

 15. ޝިޢާ

  ތޮގޮތަށް ބޭރުކުރަންޖެހިފައި ހުރި މޭޔަރެއް ފުވައްމުލަކު ސިޓީ ކައުންސިލްގައިވެސް އެބަހުރި. އޮފީހަށް ހާޒިރު ނުވުމާއި މަކަރު ހެދުމާއި ފަސާދައިގެ އަމަލް ހިންގާކަމަށް މުޅި ރަށަށް މަޝްހޫރު މީހެއް އެއީ. އެތަކެއް ބައެއްގެ ހައްގަށް އަރައިގެން ހުރި ފަސާދަ ކުރާ މުޖުރިމެއް އެއީ. ފުވައްމުލަކު ސިޓީގެ ބައުންސިލް މެމްބަރުން މިކަމާ ވިސްނާ ރައްޔިތުން ގެ ފައިދާއަށް ތިނަދޫގެ މެމްބަރުން ނެގި ފަދަ ފިޔަވަޅެއް އަޅާނެ ކަމަށް އުއްމީދުކުރަން.