މިއަދު ހެނދުނު ހދ. ހަނިމާދޫއަށް ދަތުރު ކުރަމުންދިޔަ ލޯންޗް ބަންޑުން ޖަހާލައި، ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި ފަސް މީހުންނަކީ ޝަހީދުން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައީދު ވިދާޅުވެއްޖެއެވެ.

އެ ހާދިސާގައި ނިޔާވި މީހުންނަށް ސުވަރުގެ ދެއްވުމަށް އެދި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝެއިޚް އަލީ ޒައީދު ވިދާޅުވީ، ޣަރަގްވާ މީހުންނަކީވެސް ހަމަ ޝަހީދުން ކަމަށެވެ.

އެހެން ބައެއް ދީނީ އިލްމުވެރިންވެސް ވަނީ މިގޮތަށް ވިދާޅުވެފައެވެ.

މިއަދު ހެނދުނު 11:45 ހާއިރު ބަންޑުން ޖަހާލި އެ ލޯންޗްގައި 10 މީހަކު ދަތުރުކުރިއެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ. އެ މީހުންގެ ޖަނާޒާ ކަންތައް ހަނިމާދޫގައި ދަނީ ކުރަމުނެނެވެ.

އެ ހާދިސާގައި ކަނޑުވި ދެން ތިބި މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އެ ހާދިސާ ހިނގާފައި ވަނީ، އެ ސަރަަހައްދަށް މޫސުން ގޯސްވެ ރިނދޫ ސަމާލު ނެރެފައިވާ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާ

    ޢަނެއް ކުއްޖާގ ފޮޓޯ ކޮބ އެހެން އެންމެން ގެވާހަަކ

  2. ސީނު

    މަޖިލީހުގައި ތިއްބެވި ދީނީ ޢިލްމްވެރިންގެ ބަހަކީކޮބާ؟