ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި ފޯޑިޔަމަށް އަރާ ވާހަކަ ދެއްކި މީހަކު އައުގުރާން ގޮވި މައްސަލަ ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ކުއްވެރިކޮށްފިއެވެ.

މި ސަރުކާރަށް ތާއީދުކޮށް ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ޒައިދު ވިދާޅުވީ ރައީސް ސޯލިހުގެ ޖަލްސާއެއް ކަމަށްވިޔަސް ގޯސް ހިނގައިފިއްޔާ އެކަން ވާނީ ހަމަ ގޯހަށް ކަމަށާއި އެއްވެސް ލަދުވެތި ކަމެއް ނެތި އަންހެނަކު އައުގުރާނަ ގޮވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެންޕެއިން ޖަލްސާއެއްގައި ކަމަށްވިޔަސް ގޯސް ހިނގައިފިއްޔާ އެކަން ވާނީ ހަމަ ގޯހަށް! ލަދުވެތިކަމެއް ނެތި އައުގުރާނަ ކިޔަން ދޫކޮށްލެވިގެން ނުވާނެ! އެފަދަ ލަދުވެތިކަން ދަށް ފަރާތްތައް އެފަދަ އިވެންޓްތަކުން ފެނުމަކީ މޮޅުކަމެއްވެސް ނޫން." ޒައިދު ވިދާޅުވިއެވެ.

ޒައިދު މިފަދައިން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި ރޭ ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީއޭގެ ނައިބު ރައީސް ޢައިޝަތު ރަފިއްޔާ ބޭއަދަބީ ބަސްތަކެއް ބޭނުންކުރުމާއި ގުޅިގެންނެވެ.

ރަފިއްޔާ ވަނީ ކުރީގެ ރައީސް ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެޅި ހައުސިން ޔުނިޓުތައް ހުރީ ހަތަރު ފަރާތުން ރާޅު ވަންނަ ގޮތަށް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އާންމުން ދަނީ ރަފިއްޔާ އާއި ރައީސް ޞާލިޙަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ޒައިދު ވިދާޅުވީ އަދަބު އަޚުލާގު ނުދަންނަ ފަރާތްތައް ޕޯޑިއަމްތަކަށް އެރުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ލަދުވެތިކަން ދަށް ފަރާތްތައް އެފަދަ އިވެންޓްތަކުން ފެނުމަކީ މޮޅުކަމެއްވެސް ނޫން ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ

"އަދަބު އަޚްލާޤު ނުދަންނަ މީހުން ޕޯޑިއަމްތަކަށް ވާހަކަ ދައްކަން އެރުވުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން. ޕޯޑިއަމުގައި ހުއްޓިހުރެ ބޭއަދަބީ އައުގުރާނައިގެ ގޮތުގައި ބެލެވޭ އެއްޗެއް ހަމަ އެ ކޮންޓެކްސްޓް ގައި އަންހެނަކު ކީ އަޑުއަހައިފިން. މިހުންނަނީ ވ ދަށުދަރަޖައިގެ ކަންކަން. އެކި އާއިލާތަކާއި، މައިން ބަފައިން މިފަދަ ޖަލްސާތަކުގައި ބައިވެރިވޭ." ޒައިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މިފަހަރު މުއިއްޒު

    ހުދު އިބޫ އަކީ ބަނގުރާ ކައްކައިގެން އަރުވާލި މީހެއް. އޭނައަކަށް ވޯޓު ނުދޭނަން

    22
    4
  2. ގުއި ރޮދި

    ފުލެޓްތަކަށް ހަތަރުފަރާތުން ރާޅުވަންނަވާހަކަ ބުނުމަކީ އައުގުރާނަކަމަށް ވަނީ ކޮންގޮތަކަށް ކަމެއް ނުވިސްނުނު! އަޅެ އެނގޭކުއްޖަކުހުރިއްޔާ ބުނެލަދީބަލަ!

    5
    13
  3. ކުރޯ

    ފެންފޯއް ރުކަކުން ވެއްޓޭ ފޯއް ކިބަ އަކަށް ފައިން އެރުނީމަ ވާނީ ހަމަ ފޯކަށް ފައިން އެރުނީ ކަމަށް

    1
    6
  4. ޖަމަލުފޮޑި

    އެމީހާއެއް އަވަގުރާނައެއް ނުގޮވާ.. ފެންފޯއް އަކީ ހަޑިއެއްޗެއްނޫން.. ކަލޭގެ ވިސްނުން ހަޑީ..

    4
    6
  5. ހުސޭނުބޭ

    ޝޭޚޫ! ......... ކޮންބައެއްތަ މިފަހަރު ހައްޖު ކޯޓާއިން ވައްކަންކޮށްގެން ހައްޖަށްދިޔައީ. އެކަން އޯކޭދޯ!

    7
    1
  6. ހާލުފޮޅި

    މީ ހާދަ ބަރާބަރަށް މަސައްކަތްކުރާ ކެމެރާ ތަކެކޭ ދޯ.. މީގެ ހުރިހާ ބްރޭންޑެއްވެސް ހަމަ އެހާ ކޮލިޓީއޭ އަޑާ މަންޒަރު ނަގަން.. މަހަމަ އަޖާއިބު އަންތަރީސް ވޭ.. ހުވާ..

    4
    1
  7. ބޯހަލާކު

    ކޮބައިތަ ތިބުނާ އައުގުރާނަ އަކީ؟ މަލޭގެ މަގުމަތީ 3މީހަކު،ނޫނީ،ހައިސްކޫލް ގުރޫޕު ހިގާފަދާއިރު އެއޮތީވާ ކަމެއް، ގެއަށްވަދެވެންދެން ހަޑި އެއްޗިސް ގޮވަމުންދަނީ، އޭފެޝަން ....

    1
    1
    • އެލީ

      ޒައިދު ކަލޭމެން ދީނީޣިލްމު ވެރިންނޭ ކިޔާގެން އުޅޭޥައްތަރު މާހަޑި ލަދެއްހަޔާތެ ގޮތެއްފޮތެއް ނެތްމީހެއްތީ

  8. ލިކާ

    ޒައިދު ސަންސިޔާމު ފާޓީއާ ޖައްސާލައިގެްން އުޅޭނެކަމެއްނެތް މިހޜުވެސް ރައީސް މާ އަރިސް ވާނެ ސިޔާމުއާ އަދާލަތައް ވުރެ

    1
    2
  9. ހުސައިން މަނިކު

    ހެޔޮ ނުވާނެ އެއްފަޅިއަކަށް ގޮސް ހުސްވެފަހުރި މި މުނާފިގު އިސްތިހާރު ނުކޮށްބަލަ. މީނަ މީދެން ކާކު ؟ ފިތުނަފަސާދަ އުފެއްދުން ނޫން ކަމެއް މި އިންސާނާ ނުކުރޭ

    1
    1
  10. ހަސަން

    ބުއްދި ސަލާާމަތުން ހުރި މީހެއްތޯ މިބޭފުޅާގެ އައިކިއުޓެސްޓެއްހެދުން މުހިއްމު!