އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ގުޅުވައި ފޭސްބުކުގައި ހިއްސާ ކުރި ވާހަކަތަކުން ހޫނު ފެނަށް ވެއްޓުމުން ޕޯސްޓަށް ކޮމެންޓް ނުކުރެވޭ ގޮތް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ހަދައިފިއެވެ.

ޒައިދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވަނީ ޒައިދު ވަނީ މާލޭގެ މޭޔަރު، އަދި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމް ފަތަހަ ކުރެއްވި ކުރެއްވުމަށް މަރުހަބާ ދަންނަވާފައެވެ. އަދި ޒައިދު ވިދާޅުވީ، ލަފާ ކުރެވޭ ގޮތުގައި މުއިއްޒު ޕީޕީއެމްއަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށެވެ.

އޭގެ ފަހުން ޒައިދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ރައީސް މުހައްމަދު ނަޝީދުގެ "އީރާ" ނިމިއްޖެ ކަމަށާއި އެބޭފުޅުން ރިޓަޔާ ކުރެއްވުމަކީ އެންމެ މަސްލަހަތު ބޮޑު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އެޕޯސްޓް ޖެހުމާއި ގުޅިގެން ގިނަ ބަޔަކު ކޮމެންޓް ކުރައްވާތީ ޒައިދު ވަނީ ކޮމެންޓް ނުކުރެވޭ ގޮތް ހަދާފައެވެ.

އެޕޯސްޓަށް ކޮމެންޓް ނުކުރެވޭ ގޮތަށް ހެދި ނަމަވެސް، ގިނަ ބަޔަކު އަންނަނީ ޕޯސްޓް ޝެއާކޮށް، ޒައިދު އާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

ރައީސް ޔާމީނަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީ ތެރޭގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

އަދި އެ ނިންމުމާއި ގުޅިގެން އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން ވަނީ ޕީޕީއެމްއަށް ގޮވާލާފައެވެ. ނަމަވެސް އިންތިހާބު ބޮއިކޮޓް ނުވާނެ ކަމަށް އެޕާޓީގެ ސެނެޓުން މިއަދު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަޙުމަދު

    ސްޕްރީމްކޯޓުގެ ނިއްމުމަކީ ޤާނޫނީ ތަރަހައިގެ ބޭރުން ނިއްމި ނިއްމުމެއް، ސިޔާސި ނިއްމުމެެއް އެ ޙުކުމް ގަބޫލު ނުކުރަން، ނަމަވެސް ޙުކުމް ދެމި އޮންނާނެއެވެ.

    39
    5
  2. ހުސޭނުބޭ

    ދީނީ ޢިލްވެރިއެއްކަމަށް ހެދިގެން އުޅެންޏާ ވާނީ ތިހެން!

    46
    2
  3. Anonymous

    ޢިލްމުވެރިންނަކީ މީސްތަކުންނަށް ހެވާއި ނުބައި އޮޅުން ފިލުވަދޭން ތިބޭބައެއް، އޭގެ ބަދަލުގައި މި ފެންނަނީ ވަރަށް ނުބައި މަންޒަރެއް.

    53
    0
    • ދައުވަތު

      ހެވާއި ނުބައި ހަމަ އެކަނި އޮންނަނީ އަޅުކަމަކު ނޫން، އަމިއްލަ ނަފްސުން ފެށިގެން ގޮސް މުޖުތަމައާއި ގުޅޭ ސިޔާސަތު ހިންގާ އެންމެހާ ކަންކަންވެސް ހިމެނޭ. އިލްމު އުނގެނުނީމާ އިސްލާމްދީން އުގަންނައިދީފައިވާ ކަންކަންވެސް އިނގޭނީ.

      9
      1
  4. ދަތްނެތްކުއްޖާ

    ކޮބާ އަދުރޭ! އޭ.ބީ.ސީ.ޑީ.އީ ގެ ހުރިހާ އޮޕްޝަންތައް. މިހާރު ހަމަ މުޢީޒު ވަރެއްނެތް ދޮތަ! އެހެންތާ ވާނީ. ފެން އޮތް ތާކަށްތާ މަސްތައް ދުވާނީ. މިހާރު ޔާމީނަކީ ބޭކާރު މީހަކަށްވެ ނިމިއްޖެ ދޮތަ! ސެނެޓުގެ އަޤުލަބިއްޔަތު ކޮންޓްރޯލް އޮތީ މުޢީޒުގެ މުށު ތެރޭގަޔޯ!

    4
    29
  5. ޢަނިލް

    ޔަހޫދީ ކަލޭގެއަށް ލައުނަތް ހުރި

    32
  6. ގަލަން

    ތިޔަ ޒައިދުމެން ބާކީވާދުވަސް ކައިރިވެއްޖެ އިބޫ ހޮވުނަސް މިފަހަރު އެބއަގަނޑު ބާކީކުރާނެކަން ހަމަ ޔަގީން

    34
    1
  7. މައުސޫމް

    މިފަދަ މީހުންގެ މައްޗަށް ނަމާދުކުުރުމަކީވެސް ހަރާމް ކަމެއް

    12
    5
  8. ހުސައިން މަނިކު

    މުނާފިގު އަލީ ޒައިދަކީ މަޝްހޫރު ޝެއިހެއް ނޫން. އޮޅުވާނުލާ. އެއީ މިގައުމު ފަސާދަ ކުރަން ދީނީ ތާކިހާ އަޅައިގެން އުޅޭ މުނާފިގެއް، އަނގަ ހައްދު ޖަހަންޖެހޭ ބީތާއެއް

    37
    3
  9. މަސާއިރު

    ޕާރޓީއަކީ ޔާމީނެއް ނޫން ޔާމީނަށްވެސް ރަނގަޅުވާން އޮތީ ޕާރޓީން ވާދަކޮށް ކާމިޔާބު ވެގެން ޔާމީނަށް ނުލެވެންޏާ ޕާރޓީ ތަޅުލާފަ އަބްދުއްރަހީމްގެ ސޯރު ފޮތިގނޑުގަ ތަޅުދަނޑި އަޅުވާފަ ބެހެއްޓުން ބަލައިނުގަނެވޭނެ އެހެން ވެރއްޖެނަމަ ޕާރޓީ ދޫކޮށް ގިނަބަޔަކު ދާނެކަން ޔަގީން

    12
    3
  10. މީނަ

    ޔާމީން ވެސް ދެން މުއިއްޒު އަށް ވެރިކަން ހޯދަ ދޭން އުޅެން ވީނުން އަމިއްލަ އެދުން އެއްފަރާތް ކޮށްފަ

    11
    5
  11. ޒައިނަބު

    މީނައޭ ކިޔައިގެން ލިޔުންތައް ނުލިޔެބަލަ . ވަރަށް ފޫހި މީހެއް

    25
    1
  12. އަހްމަދު

    މިމިސް މީހުންނަކީ ދީނީ އިލްވެރިން ނޫކަން މިމީހުންގެ ބަސްމަގާ ލިޔުންތަކުން ހާމަވޭ! ދީނީ އިލްމްވެރިޔަކު މީސްމީހުންނަށް ބަދުބަސް ބުނެ ލިޔާ ނަހަދާނެ! ނަމަވެސް ނަސޭޙައްދީ ރަނގަޅު ކުރެވޭތޯ ބަލާނެ!

  13. ބެއްޔާ

    ތާކިހާބޭ. މިބޭ އަނގައަށް ފޯއްކިބައެއްލައިގެން ވެސް އަނގަފޮކުން ހުއްޓުވަންޖެހޭ.

  14. احمد

    ރާއްޖޭގެ ސިޔާސީ ޝޭޚުންގެ މިސާލަކީ ކާއްކާ ރިހަގަނޑެއްގެ މީސާލެވެ.
    ޢެއިން ނުހަނު މީރުވަސް އަރައަރާ ހުރެއެވެ.
    ޢެހެނަސް އަނގަޔަށްލާކަށް ނުކެރޭނެއެވެ.

  15. Anonymous

    ޢަސްލު ވ ކަޑަ މީހެއް މިއުޅޭ ދަންނަ ކަލޭފާނުތައް މީހުންގެ vaahaka ދައްކަމުން ފަސާދަ އަށް މަގުހުޅުވަމުންދުވަނީ