މާލެ ސިޓީގެ މޭޔަރު އަދި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ގަން ހިންގުވަން މަސައްކަތް ކުރަމުންދާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިނުލެވޭ ގޮތް ވެއްޖެނަމަ، އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި އޭރުން ޕީއެންސީ ވާނީ ޕްލޭން ސީ އަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމްގެ ވާހަކަ އަށް ރައްދު ދެއްވައި ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެނޑޭޓަކަށް މުއިއްޒު ނެރުމަކީ ޕްލޭން އޭ، ބީ އަދި ސީ ކަމަށް ކިޔުއްވާނެ ކަމެއް ނެތް ކަމަށެވެ. އާންމުނަށް ފެންނަނީ ވަރަށް ބޭ އަދަބީކޮށް މުއިއްޒާއި މެދު ކަންތައް ކުރެވޭތަން ކަމަށެވެ.

" ހަމަ ސީދާ ގަންހިންގުވަން ކުރާ މަސައްކަތް މިހާރު ފެންނަމުން ދަނީ! ދަށްކޮށްލުމުގައިވެސް ހައްދެއް އޮންނަންވާނެ ކަމުގައި ދެކެން! ކީއްވެތޯ ޑރ. މުއިއްޒާމެދު މިހާ ރަހުމެއްނެތީ؟." ޒައިދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، ޔާމީންގެ ކެންޑިޑެސީ ފޯމް މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން ފޯމް ބޭރުކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ރޭ ވަނީ ނިންމާލައިފައެވެ.

ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ހުށަނޭޅޭ ހާލަތެއްގައި ޕީޕީއެމަށް އިތުރު ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އެދިވަޑައިގެންފައެވެ.

ޕީޕީއެމުން އެގޮތަށް ހުށަހެޅީ ޕީޕީއެމްއާ އެކުގައި އެއް ކޯލިޝަނެއްގެ ގޮތުގައި އޮތް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅާފައި ވަނިކޮށެވެ. މުއިއްޒު އެ މަގާމަށް އައްޔަން ކުރީ ޕީއެންސީގެ ސެނެޓް މެމްބަރުންގެ މެދުގައި ނެގި ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ވިސްނާ

    މި ދީން އުގަންނައިދޭން ތިބި މީހުންގެ ފެންވަރު މުޅިންވެސްފިތުނަ އުފައްދަން މަސައްކަތް ކުރަނި ހެޔޮނުވާނެ ތިވައްތަރައް އުޅެން ޒައިދޫ

    40
    1
  2. ފުރިހަމަ

    މުއިއްޒު ވާން ޖެހޭނީ ޕްލޭން ބީ އަށް ދެ ޕާޓީން އެއް ކެންޑިޑޭޓް ނެރެގެން ނޫނީ ވިން ނުކުރެވޭނެ. މި ފޯމިޔުލާ އެޕްލައި ކޮށްގެން ރަނގަޅު ނަތީޖާ އެއް ނިކުންނާނީ.!.

    19
    1
  3. ފުރިހަމަމ

    މުއިއްޒު ވާން ޖެހޭނީ ޕްލޭން ބީ އަށް ދެ ޕާޓީން އެއް ކެންޑިޑޭޓް ނެރެގެން ނޫނީ ވިން ނުކުރެވޭނެ. މި ފޯމިޔުލާ އެޕްލައި ކޮށްގެން ރަނގަޅު ނަތީޖާ އެއް ނިކުންނާނީ.!.

  4. ޔާ ސީ ނު

    މުއިޒު ގަންހިންގާތީ މީހާއައް ވުރެބޮޑު އާނެއް އަޅާގެން

    17
    1
  5. ދުކްތޫރު

    80% މީހުން ރޯދަ ނުހިފަނީ ރާއްޖޭގެ ކޮން ރަށެއްގަތޯ؟

    17
  6. ޚާލިދު އިބްރާހީމް

    މީ ޝޭކް އެކޭ ކިޔައިގެން އުޅޭ ވަރަށްނުބައި ލުއްޗާއެސް.

    23
    2
  7. ގައުމު

    ގައުގެ ގަވައިދު ބުނާގޮތުން ޒައިދު ގަންހިނގަންޖެހޭ. މިހާރު މާ މައްޗަށް ތޮޔަ ދަނީ. ކޮލެޖުން އިސްތިއުފާދެއްވާ

    21
  8. ހުސައިން މަނިކު

    ތިއީ މީޑިއާގެ ސަމާލުކަން ހޯދަން މަސައްކަތް ކުރާ ދީނީ ތާކިހާ އެޅި ފިތުނަވެރި އަދި ގައުމު ފަސާދަ ކުރާ ސިޔާސީ އެކްޓިވިސްޓެއް. މިކަހަލަ ތާކުން ތާކު ނުޖެހޭ ދެއުޅިއެއް ނުވާ މީހުންގެ ސަބަބުން ގައުމު ހަލާކުވަނީ

    21
    1
  9. އަލީބުނީ

    މިވެސް ބޭރުފުށު ދީނީ ކަވަރު އެތެރެ ސައިތާނީ މަދަބޯޑު އެއްޗެއް

    18
    1
  10. ހާލުފޮޅި

    މީނަޔާ ނުބެހޭ އެއްކަމެއްވެސް ނެތީތަ.. ހީވަނީ ކުރާނެކަމެެއް ނެތިގެން އުޅޭހެން..

    22
  11. ާއބޅ

    ސޭކު ޒައިދުލް އައްވަލް މީހުންގެކަންކަމާ
    ނުބެހިހުރުން ބުއްދިވެރި ކަލެއަކީކަލެއަށް
    މޮޅު ފެންނަނީދުނިޔެ އާހުރަތެއްނެތް

    17
    • މަޖީދު

      މީ ހަމަ މަޝްހޫރުވާން އުޅޭ ދީނީ ކޮއްކޮއެއް.
      ސަފީހުގެ މާނަ ޒަިދުބެ ބުނެދީބަލަ

  12. ބުއްޅަބެ

    މީދެން ކާކުތަ ކަލޭ މިކަމާއި އުޅޭނެ ކަމެއްނެތް.

    18
  13. ޑައެލޯގް

    މިހިރަ ނުލަފާ ޒައިދާއެވެ. މިހާރު ކަލޭތިއުޅެނީ ޕީޕީއެމް ބައިބައި ކުރާނެކަމަށްހެއްޔެވެ. މުއިއްޒަށް މާރަގަލުމީހަކަށްވެގެން ދެފުއްކެހެރިނުވާށެވެ. ބަލަ މުއިއްޒު މިސަރުކާރުން ފުލުހަށް އެތަށްފަހަރަކު ދެމިއިރު ޒައިދު ކޮބައިހެއްޔެވެ. މުއިޒަށް އެގޭ ޕްލޭންސީކަން އެގޮތަށް އެއްބަސްވެގެންދީ އެހެރީ

    16
    1
  14. ކަޅުސޮރުގޯތި ސޮރު

    މިކަހަލަ ފިތުނަ އުފައްދާ ސިޔާސީ ޢިލްމްވެރިން މިދުވަސްކޮޅު ފެންނާނެ ވަރައްގިނައިން ބޭނުމަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ބައިބައިކުރުން ބުއްދިވެރިންގެ ގޮތަކީ މިކަހަލަސިޔާސީ ޢިލްމްވެރިންގެ މަޅިޔައްވިސްނާ އޭގަނުޖެހުން އިބްލީސްވެސް ބުނާނީ ކަލޭ މިކަމުގަ ބައިވެރިވާށޭ އެޢަމަލަކު އެކަލޭގެ ބައިވެރިއެއްނުވާނެ އެންމެފަހުން ބުނާނީ މަބުނީ ބައިވެރިވާށޭ އެކަން ކުރާށެކޭ ނުބުނަމެއްނޫންހޭ ކަލޭ އަމިއްލައަކައްނޫންހޭކުރީ އެހިސާބުން އެދަަމައިގަތީ އޭނަގެބޯ

    12
  15. މުރަނގަ

    ޒައިދޫ ކާޅުކެޔަސް ސޮށްނުގޮވަބަލަ ކަލެއަކީ ދީނީތާކިހާ އެޅިމަދަބޯޑެއް ތިޔަބޯޑު ބަދަލުކުރަން ޓީވީ ހަދާތަނަކަށް މިހާރު ފޮނުވަންވެއްޖެ.

    15
  16. ސަމީރު

    ވަގުތު ނިއުސް އެވެ، މި ކަލޭގެ އަހަރެމެން ކުރިމަތީ އަދި ގިނަ ދިވެހި ރައްޔިތުން ކުރިމަތީގަ މަޝްހޫރީ އިބުރޭ ގެ އެކްޓިވިސްޓަކާ، މީނަ މަޝްހޫރު ދީނީ އިލްމުވެރި އަކަށް ވާނެ ގޮތެއް ނުވިސްނުން! ސައުދީ އިން މީނަ އަކީ އިލްމްވެރި އަކަށް ބަލައި ނުގަން ނާތިނު 700ޑޮލަރ ގެ އެލޮވަންސް ކަނޑާލީ!!!

  17. ޙަދިސައިބު

    މޫހުންގެ މެދުގައި ނަފުރަތު އުފެއްދުމާއި ދޭތެރެ ޖެއްސުމުގެ ޕީއެޗުޑީ އޮތް މީހެއް އަލީ ޒައިދު އަކީ

  18. ޔާރޫފް އަލީ

    ޒައިދުއަށް ވެދުންސަލާމް ތިގެންގުޅޭ ސިޔާސީ
    ދޯހޮޅިފިކުރާއިވިސްނުންދޫކޮށްއަބުރުވެރިގޮތުގައިރައްޔިތުލޯބިލިބޭގޮތަށްއުޅުމަށްދައްނަވަން މިހާރުތިއުޅޭވައްތަރުންލިބެނީނަފުރަތާއިފުރައްސާރަކަންމޯސްމީހުންގެކޮމަންޓްތަކުންފެންނާތީ ޢާލިމެއްގެއަގުވެއްޓޭތީމިވާހަކަދަންނަވާލހެއުދޭމީހެއްގެހައިސިއްޔަތުން

  19. އަޙުމަދު

    ސިޔާސި މަސްރަހު މިހާރު އޮތް ގޮތުން ، ޕީޕީއެމް އަދި ޕީ.އެން.ސީން އެއް ކެންޑިޑޭޓަކު ނެރުނަސް(ޚުދު ރައީސް ޔާމީން ) އެއްބުރުން 2023 ކާމިޔާބު ކުރުމަކީ ފަސޭހަކަމެއް ކަމުގައި ނުބެލެވެއެވެ. އަދި ރައީސް އިބްރާހިމް އާއި ނުވަތަ އެމްޑީޕީ އާއި ޕީޕީއެމް ދެވަނަބުރަށް ގޮސްފިނަމަ، 2023 ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ ރައީސް އިބްރާހިމް އަށް، އެއީ ރައީސް ޔާމީން އަށް ނުވަތަ ޕީޕީއެމްގެ އަށް ސިޔާސީ އެއްވެސް ބާރެއް ލިބުމަށް އެދޭ އެއްވެސް ސިޔާސީ ޕާޓީ އެއް ނެތުން. މިޙާލަތުގައި ޖޭޕީ، ނާޒިމް ގެ ތާއީދު ރައީސް އިބްރާހިމް އަށް ދޭންޖެހޭނީ، ނަމަވެސް އެމްޑީޕީ އަދި ޖޭޕީ ދެވަނަބުރުގައި ވާދަ ކުރަން ޖެހިއްޖެނަމަ 2023 ވަރަށް ބޮޑު ތަފާތަކުން ޖޭޕީން ކާމިޔާބު ކުރާނެކަމަށް ބެލެވެއެވެ އެއީ މިޙާލަތުގައި ރައީސް ނަޝީދު އާއި ނާޒިމް އަދި ފަހަރުގައި ޕީޕީއެމްގެ ތާއީދު ވެސް ޖޭޕީއަށް ދިނުން ގާތް ސަބަބަކީ ރައީސް އިބްރާހިމް އިންތިހާބުގައި ބަލި ކުރެވެން އޮތީ އެގޮތަށް ކަމަށްވާތީއެވެ.

  20. އިއްބެ

    ގަން ހިންގުންނޫން ކޮންކަމެއްތޯއެވެ. ދެންއެކުރަނީ

    1
    1
  21. ފެންނަ މަންޒަރު

    މިތަނުގައި މުޢިއްޒަށް ހޭހަންފަށެއްގެ އެންމެ ކޮމެންޓެއް ވެސް ނެތް! ޝައިޚް ޢަލީ ޒައިދަށް ވެސް ލިބިގެންވޭ ސިޔާސީ ރައުޔު ފާޅުކުރުމުގެ ހައްގު. ސީދާ އެވާހަކައަށް އެޑްރެސްކޮށް ކޮމެންޓެއް ނެތް. ހުތުރު ބަހުރުވައިން ޒާތީ ހާސަރުތަކެއް ހުރީ! ޝައިޚް ފާޅުކުރެއްވީ ހަމަ ރަނގަޅު ވާހަކައެއް. ކެނޑިޑޭޓަކަށް ވާދަކޮށް ހޮވުނީމާ މޫނަށްބަލާފައި "ސީއަށްވީ" ގޮތުން ކޮން އެއްޗެއްތަ މި ހާމަކޮށްދެވުނީ؟ ރައީސް ޔާމީނާ ވާދަކޮށްފާނެ މީހުނަށް ކުރިން ވެގެންދިޔަ ގޮތް މިކަމުގައި ފުދޭ!

    • ޢަޒްރާ

      މުއިއްޒު ނުކުތީ ރ ޔާމީނާ ބާދަކުރާކަށް ނޫން ޗޯރު އިބޫއާއި ވާދަކުރަން

  22. ކޮމެންޓްކުރާމީހާ

    މުޢިއްޒު ކެނޑިޑޭޓަށް ނެރުނަސް ޒައިދަށް ކަމުދާނެހެނެއް ހިއެއްނުވޭ... ސަބަބަކީ އެއީ އިބްރާހީމް މުޙައްމަދު ޞާލިޙަށްނުވުން..