މަަޝްހޫރު ބްލޮގާ ޔާމީން ރަޝީދާއި ގެއްލުވާލައިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލީ އެއް ބައެއް ކަމަށް، މަރުތަކާއި ބެހޭ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ، ޔާމީނާއި ރިޟްވާން މަރާލީ އެއްބައެއްކަން އެނގެނީ އެ ކޮމިޝަނަށް މައުލޫމާތުދިން ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހެކިބަސް ދީފައިވާ މީހާގެ ހެކި ބަހުންނާއި، އަލްގައިދާއަށް ރެކްރޫޓްކޮށްފައިވާ މީހާ ދައްކާފައި ހުރި ވާހަކަތަކުން ކަމަށެވެ.

"މިހާރު ހިނގަމުންދާ ޔާމީން ރަޝީދުގެ މައްސަލާގެ ހެކި ބަސް ދީފައިވާ މީހަކު އޭނާ ދައްކާފައި ހުރި ވާހަކަތަކާއި، އަޅުގަނޑުމެން ކޮމިޝަނަށް މައުލޫމާތުލިބިފައިވާ އަލްގައިދާއަށް ރެކްރޫޓްކޮށްފައިވާ މީހާ ދައްކާފައި ހުރި ވާހަކަ އާއި އެއްގޮތް، ދެ މީހުންގެ ވާހަކައިގެ ވެސް ތަފާތެއް ނެތް. މާނައަކީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި އެކަން ރާވާ ޕްލޭން ކުރި އަދި ހަރަދު ކުރިކަމަށް އޭނަ ބުނާ މީހުންނާއި، އަޅުގަނޑުމެންގެ ކޮމިޝަނަށް މައުލޫމާތުދިން ރިޟްވާން އަބްދުﷲ މަރާލުމަށް ރާވާ އެކަމަށް ހަރަދުކޮށް އެކަން ރޭވި މީހުންނާއި އެއީ އެއްބައެއް ކަމަށް އަޅުގަނޑުމެންނަށް ދެ މީހުންގެ ހެކި ބަހުން އިނގޭ". ސުއޫދު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވަނީ ރިޟްވާން މަރާލާފައި ވަނީ، ކިޑްނެޕްކޮށް، ޑީންގީއަކަށް އެރުވުމަށްފަހު ގެންގޮސް ބޯޓަކަށް އަރުވައިގެން ކަމަށް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލީ

    އަފްރާޝިމް؟

    20
  2. Anonymous

    މިގައުމުން މަރާލައިގެންއުޅެނީ ބްލޮގަރ ޔާމީނާއި ރިލުވާނާއި ދެމީހުން އެކަނިތަ؟؟؟ދެންމަރާލާފައިވާ މީހުންގެ ނަމެއްވެސް ނުގަނޭ، ތަހުގީގުނުކުރަނީ އެމީހުންގެ ހައްގެއްނުވަނީބާ؟؟؟؟ ކޮބާތަ އިނަސާފަކީ؟؟

    59
    • Anonymous

      ލާދީނީ އެމްޑީޕީން ބޭނުންވަނީ މުރުތައްދު ބަޔަކު މަރުވެއްޖިއްޔާ އެބައެއްގެ ހައްގު ހޯދަން. އެކަން މިސާބިތުވަނީ. ކޮބާ މަރާލެވުނު އެހެނިހެން މީސްމީހުން. އެވާހަކަތައް ނުދައްކަ އެއްނު. ތި 2 މުރުތައްދުންނައް ވުރެ ކުރީން ޑރ އަފްރާޝީމް މަރާލީ. އެމައްސަލައިގެ ވާހަކައެއްވެސް ނުދައްކަ އެއްނު

      22
      2
      • އުނބު

        މި މީހުންގެ މަގުސަދަީ މި ރާއްޖޭގައި އެކްސްޓްރީމިޒަމް އޮތްކަންއެންގުން

        8
        1
  3. Anonymous

    ސުއޫދު ތިދެމީހުންވެސް މަރާލީ

    16
    1
    • ސޫދުބޭ

      ދެމީހުން މަރާލީވެސް އެއްބަޔަކު. ނަމަވެސް ދައުވާކުރާނީ ދެބަޔަކާ ދެކޮޅައް. ބޯގޯސް

      7
      1
  4. Anonymous

    މުރުތައްދު ޔާމީން އާއި ރިލްވާން ދެމީހުން މަރާލީ ހުސްނު ސުއޫދު

    20
    4
  5. ސމީ

    މި 2 މީހުން އެކަނިތަ މަރާލާފަ ވަނީ

    26
    2
  6. ބޮލި މުލައް

    ދިރިތިބީންނަށް ޢިބުރަތެއް، ދީނަށްް ފުރަށްސާރަނުކުރޭ. ހަމަ ކަށަވަރުން ނިމިދިއުންވަނީ ﷲގެ ޙަޟުރަތަށް.