ރައީސް ޞާލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަން ވަައުދުވި މާލެ ސަރަހައްދުގައި ސްވިމިން ޕޫލް ކޮމްޕްލެކްސްއެއް އެޅުމުގެ ވައުދުގެ އަމަލީ މަސައްކަތް ސަރުކާރަށް 300 ދުވަސް ވާން ކައިރިވެފައި ވަނިކޮށް މިރޭ ފަށައިފިއެވެ.
ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްވިމިން ޕޫލް އެޅުމަށް ކަނޑައަޅާފައިވާ ބިން ހުސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ސްވިމިން ޕޫލް ކޮމްޕްލެކްސް އަޅަން ނިންމާފައި ވަނީ އެކުވެނި ސަރަހައްދުގައި އޮންނަ ކުރީގެ ކުނިކޮށީގައެވެ.
މަހްލޫފް ކުރިން ވިދާޅުވީ ސްވިމިން ޕޫލް ކޮމްޕްލެކްސްގެ މަސައްކަތް ލަސްވަމުން ދަނީ ބިމެއް ނުލިބިގެން ކަމަށެވެ. ނަމަވެސް ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހްލޫފް ވިދާޅުވީ ބިން ހަމަޖެހި ސްވިމިން ޕޫލްގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
ސުވިމިން ޕޫލް އެޅުމަށް ބޭނުންވާ ބިން ސާފު ކުރުމުގެ މަސައްކަތް މިފެށީ ބިން ލިބުނު ކަން މަހްލޫފް އިއުލާން ކުރެއްވިތާ ވެސް މަހެއްހާ ދުވަސް ފަހުންނެވެ.
2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބާއްވާއިރު، އެ ޕޫލަކީ މުބާރާތް ބޭއްވޭ ވަރުގެ އިންޓަނޭޝަނަލް ސްޓެންޑާޑްގެ ޕޫލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން މަހްލޫފް ވަނީ ކުރިން ދެއްވާފައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ގާތްގަނޑަކަށް މަސައްކަތް ނިމިފައިވާ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ވެސް ސްވިމިން ޕޫލެއް އެބައޮތެވެ. ނަމަވެސް މިސަރުކާރުން އަދިވެސް އެތަން ބޭނުން ކުރާކަށް ނުފަށައެވެ.
ތިއީ ރައީސއ ޔާމީނު ނިންމާފަ އޮތްކަމެއް.. އަދި ނިންމާފަ އޮތީވެދް ތިޔައްވުރެ ފުރިހަމަކޮއް ކުރަން.. ޕޫލު ގަނޑެއް އަޅާފަ ނިންމާލާކައް ނޫން.. އެތާގެ ކައިރީއޮންނަ އެމްއާރްޑީސީ ސަރަހައްދާއި އަދި ކުރީގެ ކުނިގޮނޑު ސަރަހައްދާއި އެކުވެނިޔާއި އެއްކޮއްލާފަ ޔޫތު ސިޓީއެއްގެ ގޮތުގައި ސޯޕޯޓުސް ކޮމްޕުލެކްސް އޭރިޔާއެއް ހަދަން.
100 ދުވަސް ވައުދު ފުއްދާ މީގެ 4 އަހަރު ފަހުން
ލަސްވަނީ އަލްގައިދާ އިން ފިއްތުން ކުރިމަތި ކުރުވާތީ ތޯއްޗެއް.???
އަދިވެސް އެމްޑީޕީ އިބޫޞާލިޙްގެ ބޮޑު ވަގު ސަރުކާރަށް 100 ދުވަސް ނުވަނީތަ.. ބޮޑު ވަގު އިބޫޞާލިޙް ހިސާބުން ފާސް ވިތަ އަނެއްކާ!!!
ލަނޑަޔާ ވާނީ ލަނޑާ.. އަންނިވެސް އެހުރީ ލަނޑާ ނަގައިގެން މުއްސަނފިވެފަ
ވަށައިގެން ކަނޑުފަޅު އޮތް ޤައުމެއްގަ އަދި މާލޭގެ ރައްޔިތުން ބިމުގެ ދަތިވެ ތިއްބާ ފުލެޓް ދިންނަމަދޯ، ބޭކާރު ޚަރަދު، އެޅުމާއި ބެލެހެއްޓުން.
މީ ތޯ މިހާރު ނުވެފައޮތް ކަަމަކީ.. ރައްޔިތުންގެ ލާރި ބޭކާރު ގޮތުގަ ހަރަދު ނުކޮއް ރައްޔިތުންނަށް އެންމެ ބޭނުންތެރި ގޮތުގަ ހަރަދު ކުރުން މާ ރަނގަޅު ވާނެ..
ހުޅުމާލޭގައި ފެންވަރު ރަނގަޅު ސްވިމިން ޕޫލް އެއް އޮއޮތީ އަޅާފައި..... ބޭކާރު ޚަރަދު ނުކޮށް އެތަނުން ޚިދުމަތް ދީބަލަ.... އެއީ ޔާމިނު ނޫނީ ސޯލިހުގެ ތަންތަނެއް ނޫނޭ ދައުލަތުގެ ތަންތަން... މަހުލޫފް އުޅެނީ ކަންކަން ކުރެވޭކަން ދައްކަން ......ކޮހުން ނޫނީ މިޒާތުގެ ބޭކާރު ޚަރަދެއް ނުކުރާނެ....
ވަށައިގެން މޫދު. ކޮން ޕޫލް އެއްތަ އަޅަންވީ. ތިޔަ ލާރިން މާރކޭޓް ކައިރީ ތިބޭ ސަލާމް ޖަހާ މީހުންގެ ކެއުންހަމަ ޖައްސާ އެމީހުންްެ އެތާ ނުތިބޭ ގޮތް ހަދާ ބަލަ.