ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުވަދު އަތޮޅަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ ފަތިހު 04:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ މިރޭ ފަތިހާއި ހަމައަށް މާލެ އަތޮޅާއި ހުވަދު އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ހުދު ސަމާލު (ވައިޓް އެލާޓް) ވެސް ނެރެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށެވެ.

އުތުރުގެ އެކިހިސާބަށް ގުގުރުމާކު ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް ލަފާކުރެވޭއިރު މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެން ވެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.

ކަނޑުުތައް އާދައިގެ ވަރަކަަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަވަރު ތިނަދޫ ބިގަރު ކައުންސިލް

    ރޭގެ ވިއްސާރައިގަ ހަވަރު ތިނަދޫގަ ފެންބޮޑުވުމާ ގުޅިގެން ހަވަރުތިނަދޫ ރަށުކައުންސިލް މެންބަރުން ވަރަށް ބުރަކޮށް (ރަޖާލައިގެން ނިދަން ތިބެ) ރަށުގެ ހާލަތާއި ރައްޔިތުންގެ ހާލު އަދި ފެންހިއްކުމުގައި ހުވަފެނުން ބައިވެރި ވެފައިވާތީ ރަށުކައުންސިލްގެ ރައީސުންނަށާއި ރައީސާ އަށް ފަށްފަށުން ތިނަދޫގެ އެންމެހާ ރައްޔިތުންނާއި ހާއްސަކޮން އެމްޑީޕީ ތިނަދޫ އިސްސަފުގައި މަސައްކަތްކުރާ މީހުންގެ ނަމުގައި ޝުކުރު އަދާކުރަމެވެ. ދެން އަންނަ ދައުރަކަށް ވެސް އުފަލާއެކު ހޮވާދޭނަމެވެ އަދި މިފުރުސަތުގައި ތިނަދޫއަށް އުދައަރާތީ ބޭތު ތޮށި ލާން ލިބުނު ބަޖެޓުން ތޮށިލުމަށްވުރެ ދާއިމީ ފައިދާއެއް އޭގެން ހޯދޭނީ ރަށަށް ބާވެފަ އޮތް ކެރޭނެއްގެނެސް ކުއްޔަށް ދީގެން އެދަބަރަށް (ބާ ދަގަނޑަށް) ހަދަން ބާއްވައިގެން ޑްރައިވަރަށް ބަރާބަރަށް މުސާރަ ދިނުން ކަމަށް ނިންމާފައިވާތީވެސް ޝުކުރު އަދާކުރަމެވެ.