މިމަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 5330.70 ރުފިޔާ ކަަމަށެވެ. މިއީ އޭގެ ކުރިން ހުރި ޢަދަދަށްވުރެ ގާތްގަނޑަކަށް ނުވަދިހަ ރުފިޔާގެ އިތުރުވުމެކެވެ.

މީގެ ކުރިން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 4944.40 ރުފިޔާއެވެ.

މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ ޢަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިން ސައްތައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުއްސަދި މިއުޅޭ ވިޔަފާރިވެރިން އަތުން ލިބޭބާ ޒަކާތް؟ ޓެކްސް އަށް މަކަރުހަދާހެން

    ޒަކާތް ދެއްކުމުގައިވެސް މަކަރު ހަދާނެ.

  2. ދެ ލައްކަ ފޮރުވައިގެން އަހަރެއް ވީމާވެސް އެބަ ދައްކަންޖެހޭ ފަސްހާސް ރުފިޔާ.

    މިލިޔަނުން ރުފިޔާ ހުރިމީހުން ގަވައިދުން ޒަކާތް ނެރޭކަމާމެދު ސުވާލު އުފެދޭ؟