ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ދިވެހިރާއްޖެ އާއި ޗައިނާ ކުޅޭ މެޗުގެ ޓިކެޓް ގަންނަން ދިވެހި ސަޕޯޓަރުން ގަލޮޅު ދަނޑު ކައިރީ ބޮޑު ކިއުއެއް ހަދާލައިފި އެވެ.

އަންނަ އަންގާރަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ޗައިނާ މެޗުގެ ޓިކެޓުތައް ދަނޑުގައި ހުންނަ އެފްއޭއެމް ކައުންޓަރުން މިއަދު ހަވީރުން ފެށިގެން ވިއްކަމުން އަންނަ އިރު ޓިކެޓަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑުވެފަ އެވެ. ހަވީރު 16:30 ގައި ކައުންޓަރު ހުޅުވާލި އިރުވެސް ފުދޭވަރަކަށް މީހުން ކިއުއަށް އަރާ ތިބިއިރު ޓިކެޓުތައް ވިއްކަން ފެށުމާއެކު އިސާހިތަކު ކިއު ބޮޑުވެ މަޖީދީ މަގު އޮލިމްޕަސް ސިނެމާ ކުރިމަތިން ފެށިގެން ގޮސް ރެޑްވޭވް ފިހާރައިގެ ފަހަތަށް ކިއު ލައިން ވަނީ ދިގުވެފަ އެވެ.

ރާއްޖެ-ޗައިނާ މެޗުގެ ޓިކެޓް ގަންނަން ގިނަ ބަޔަކު ކިއު ހަދާފައި - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މިއީ ފަހުގެ ތާރީޚެއްގައި ގައުމީ ފުޓްބޯޅަ ޓީމްގެ މެޗަކަށް ޓިކެޓު ގަންނަން ބޮޑު ކިއުއެއްގައި ދިވެހި ސަޕޯޓަރުން ޖަމާވި ފުރަތަމަ ފަހަރެވެ. ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަދި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާ ދޮޅު އަހަރު ވަންދެން ޓީމުން ބޭރުގައި ހުރުމަށްފަހު މިހާރު ޓީމާއި ގުޅިފައިވާއިރު ދިވެހި ސަޕޯޓަރުންގެ ތެރެއިން ގިނަ މީހުންނަކީ ދަނގަޑޭ ކުޅޭތަން ބަލަން ދަނޑަށް ވަންނަ މީހުންކަން ފާހަގަކޮށްލެވެ އެވެ.

ރާއްޖެ-ޗައިނާ މެޗުގެ ޓިކެޓް ގަންނަން ގިނަ ބަޔަކު ކިއު ހަދާފައި - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

އެފްއޭއެމް އިން ނެރެފައިވާ ޓިކެޓް ތަކުގެ އަގުތަކަށް ބަލާއިރު ގޭޓް އެކަކާއި ގޭޓް ދޭއްގެ ޓިކެޓެއް އުޅެނީ 150 ރުފިޔާ އަށެވެ. އަދި ގޭޓް ތިނެއްގެ ޓިކެޓެއް އުޅެނީ 100 ރުފިޔާ އަށެވެ. މިއަދުގެ ހަވީރަށްފަހު މިރޭ 20:00 އިން 23:00 އަށް ޓިކެޓް ވިއްކުން އަނެއްކާ ހުޅުވާލާއިރު އޭގެ ފަހުން ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 14:30 އިން ފެށިގެން ރޭގަނޑު 21:30 ގެ ނިޔަލަށެވެ.

ދަނގަޑޭގެ އެނބުރި އައުމާއެކު ސަޕޯޓަރުން މެޗު ބަލާލުމަށް އިންތިޒާރުކުރަމުން އަންނަ އިރު ޗައިނާ މެޗުގައި އެފްއޭއެމް އިން ވިއްކަން ނިންމާފައިވަނީ 3400 ޓިކެޓެވެ. މަދުން ޓިކެޓު ވިއްކަން އެފްއޭއެމް އިން ނިންމީ ސަލާމަތީ ސަބަބުތަކަށްޓަކައި ދަނޑުގެ ދެ ފަޅި ބަންދުކޮށްފައިވާތީ އެވެ.

ރާއްޖެއާ ޗައިނާ ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ 8 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޤައުމު

    ހަމައެކަނި ދަގޭ ކުޅުން ބަލާލަން ގައިމުވެސް މަމިވަންނަނީ

    23
    7
  2. ސަލަސާ

    އަސްފާގު ކަޑަގޯލާ

    2
    26
    • އަން

      ސަލަސާ މާ ކަޑަގޮލާ

      10
  3. މޮޔަ ހަސަނު

    ފަހުން ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 14:30 އިން ފެށިގެން ރޭގަނޑު 21:30 ގެ ނިޔަލަށެވެ.
    ރާއްޖެއާ ޗައިނާ ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ 8 ޖަހާއިރު އެވެ. މާނަޔަކީ މެޗު ނިމުނީމަވެސް މިމީހުން ޓިކެޓްވިއްކަފާނެޔޭދޯ؟

    12
  4. ބައްސާމު އިސްތިއުފާ

    ޗައިނާ މެޗުގައި އެފްއޭއެމް އިން ވިއްކަން ނިންމާފައިވަނީ އެންމެ 3400 ޓިކެޓެވެ. މަދުން ޓިކެޓު ވިއްކަން އެފްއޭއެމް އިން ނިންމީ ސަލާމަތީ ސަބަބުތަކަށްޓަކައި ދަނޑުގެ ދެ ފަޅި ބަންދުކޮށްފައިވާތީ؟؟

  5. ސުވާލު؟؟

    1- މެޗް ފަށަނި 8 ޖަހާއިރުތަ ނޫނި އަށްގަޑި ބައިގަތޯ؟
    2- ދިވެހި ޕްރިމިއަރ ލީގު މެޗްތައް ބަލަން އަޝްފާގުގެ ސަޕޯޓަރުން އެވަރަށް ދަނޑަށް ނުވަންނަނީ އަޝްފާގު ނުކުޅޭތީތޯ؟
    ?ދަނގަޑޭ އަށާއި، ރާއްޖޭގަ ޤައުމީ ޓީމްގެ ހުރިހާ ކުޅުންތެރިންނަށާއި، ކޯޗާއި، ހުރިހާ ސަޕޯޓަރުންނަށްވެސް ކާމިޔާބީއަށް އެދެން.❤️?????