ރިޟްވާން ރަހީނުކޮށްގެން ގޮސް އެރުވި ދޯނި ހަމަޖައްސައިދިން ކަމަށް ރިޕޯޓުގައި ބުނާ، ސ. ފޭދޫ ގުރަހާގެ އަގްލީލް (ކިޑޫ) މިރޭ ފުލުހުން އައްޑޫގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ދޫކޮށްލައިފިއެވެ.
ކިޑޫ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލީ ކީއްވެކަމެއް ސާފެއް ނުވެއެވެ.
ރިޟްވާން ރަހީނުކޮށްގެން ގެންގޮސް އެރުވި ދޯނި ހަމަޖައްސައި ދިނީ ކިޑޫ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނުމުން އޭނާ ވަނީ މީގެ ކުރިން އެކަން ދޮގުކޮށްފައެވެ.
ކިޑޫ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މަރުތަކާއި ބެހޭ ކޮމިޝަންގެ ރައީސް، ހުސްނުއްސުޢޫދު އޭނާ ބޮލުގައި އަޅުވާފައިވަނީ ދޮގު އިލްޒާމުތަކެއް ކަމަށާއި، އޭނާ "ލޭބަލް" ކޮށްފައިވާ ކަމަށެވެ.
"2012 ވަނަ އަހަރުން ފަށައިގެން އަހަރެން ދިރިއުޅެމުން އަންނަނީ އައްޑޫގައި. މި އަމަލުގައި ބައިވެރިވެ އެކަމުގެ ފަހަތުގައި ތިބި އެއްވެސް މީހަކާއި އެއްވެސް ގުޅުމެއް ނޯންނާނެ،" ކިޑޫގެ ޕޯސްޓުގައި ވެއެވެ.
ކިޑޫ ބުނެފައިވަނީ، ހެކިވެރިއެއްގެ ބަސް ނަގައިގެން މިފަދަ މައްސަލައެއްގެ ތަހުޤީޤު ކުރިޔަށް ގެންގޮސް އޭނާގެ ބޮލުގައި އެފަދަ ބޮޑު ކަމެއް އަޅުވާފައިވާއިރު، އެ ހެކިވެރިޔާ އަކީ އޭނާ އާއި މެދު ނުތަނަވަސްކަމެއް އޮތް މީހެއް ކަމަށްވެސް ވެދާނެ ކަމަށެވެ. އަދި މިހާތަނަށްވެސް ކަމާއި ބެހޭ އެއްވެސް އިދާރާއަކަށް އޭނާ އާއި ސުވާލު ކުރުމަށް އެއްވެސް އިރެއްގައި ހާޒިރުކޮށްފައި ނުވާކަން ވެސް ކިޑޫ ވަނީ ފާހަގަކޮށްފައެވެ.
ކިޑޫގެ ޕޯސްޓުގައި އޭނާ ވަނީ މައްސަލަ އާއި ގުޅޭ އެއްވެސް ކަމެއް ސާބިތުވާ ވަރުގެ ހެއްކެއް ލިބިފައިވޭތޯ ސުވާލު އުފައްދާފައެވެ.
ތިޔަ ހިފާ ހުރިހާ ކަންނެލިތައް ފާހަގަ ޖަހާފާ ދޫކުރައްޗޭ.
އައްޑޫގެ މާ ބޮޑު ވިޔަފާރިވެރިއެއްކަމަށް ބުނެ ކޮންމެވެސް ނޫހެއްގައި މީނާއާ ބޭހޭގޮތުން އޮއްވާ ކިއިން
ތީން އެކަކުވެސް ހިފާއްޓާންނަމަ މިހާރު ތިބީހީ އެންމެން ހައްޔަރުގަ. ކިތައްމެ ކޮމިޓީއަކުން ބެލިޔަސް ދެން އަހަންނަަކަށް ހިއެއްނުވޭ ތިމީހުން ހައްޔަރު ކުރެވިދާނެއެކޭ.
ލަސްތަކެއްވި؟
ހަމަ ޗަރުކޭސް ދައްކަނީ! ތަންތަނަށް ވަދެ މީހުން ހިފާ ހައްޔަރުކުރުމާ މަގުތަކަށް ހަތިޔާރާއެކު އިރުއިރުކޮޅުން ސިފައިން ނެރެ ރައްޔިތުންނަށް ބިރު ދެއްކުން ނޫންކަމެއް އެބަކުރެވޭބާ؟ ސިޔާސީ ސްޓަންޓް! ސުޢޫދުގެ މަރުކޮމެޓީން ކަމެއް ކުރެވުނު ނަމަ ގޭގެއަށްވަދެ ހައްޔަރުކުރެވޭ މީހުން 2 ގަޑިއިރުތެރޭ ދޫކޮށްލަންޖެހޭތަ؟ ހަމަ ހަޑިހާވަނީ! ކުރިން ބަޔަކު ހޯދާފައިހުރި ނާޒުކު މަޢުލޫމާތުތަކެއްގެ މައްޗަށް ރިޕޯޓެއްހަދާ މަރުކޮމިޝަން އުފެއްދެވި ރައީސުލް ޖުމްހޫރިއްޔާއަށްވެސް އެންގުމަކާ ނުލާ ޢާންމުންނަށް ހުސްނުއްސުޢޫދު ބަހާލީ! މިހެދުނީ ގޯހެއްކަން އެގިގެން މިކަން ފޫބައްދަން ހާވާހަޑި މިހާރު މިހާވަނީ!!
މީ ކޮން ޑުރާމާ އެއް
ކިހިނެއް ތިވީ
ހައްޔަރު ކުރާނެ ، އަނެއްކޮޅުން ދޫކޮއްލާނެ
މިދެން ކިހާބޮޑުވެއްޖެ ކަމެއް.
ތިޔަބުނާ މަރު ކޮމިޝަނުން ހޯދާ މީހުން ގައިގަ ހުންނަނީ އަޅެފަހެ ބާމު އުނގުޅާފަތަ؟؟؟؟؟
އަތަށްގޮވީމަ ކޮންމެވެސް ކަމެއްކޮށްލަނީ.
މުސްކުޅިބެގަނޑެއް! މާ ޑޯންވެފަ
ތިއީ އެމެރިކާއިން ގެންގުޅޭ އިބިލީހެއް. ރާއްޖޭގައި އެމީހުންގެ ޝޯވްތައް ކުޅެދީގެން ކައިގެން ބޮއިގެން އުޅޭ ފުރޭތައެއް. ފުލުހުން ހިފެހެއްޓިއަސް އެމެރިކާއިން ބުނީމަ ޖެހޭނީ ދޫކޮށްލަން.
ކޮންއިރަކުން ދެން ފުލުހުންތައް ހައްޔަރު ކުރަނީ. އެމީހުން ފުލުސް އޮފީސް ތެރެއިން ހޯދަން އުދަގުލީތަ. މޫބޮޑިއާ އެކީ އުފުރާ ނުލެވިގެން އުޅެނީ ކީއްވެ
މިހާރު ކިނބޫގެ ސޯޓްބޭލެނީތޯ؟
ސުއޫުދު މީިނަޔާަ އަޅައިގަންނަނަވީި ކީިއްވެ. މީިއަބަދުވެސްމީިނައުޅޭެގޮތް.