ފިލްމީ ތަރި، އަދި ޖުމްހޫރީ ޕާޓީގެ މުވާސަލާތީ ކޮމިޓީގެ ކައުންސިލް މެމްބަރުކަންވެސް ކުރައްވާފައިވާ އަލީ ޝާހިދު (ސްޓެޕް އައްޔަ) އަނެއްކާވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ތާއިދު ކުރައްވަން ނިންމައިފިއެވެ.
އޭނާ އެކަން ހާމަކޮށްފައި ވަނީ ޓްވިޓާގައެވެ. އޭނާ ވަނީ މީގެ ކުރިންވެސް ރައީސް ޔާމީނާއެކު މަސައްކަތް ކޮށްފައެވެ.
އޭނާ ބުނީ، އެއް ކްލަބުން އަނެއް ކްލަބަަށް ކުޅުންތެރިން ބަދަލު ވަނީ އެ ކްލަބް އިތުރު ކުރިއެރުމެއް ޓާގެއް ނެތި ޕްރެކްޓިސް ނުކުރެވި ހުންނަން ޖެހުމުން ކަމަށެވެ.
https://twitter.com/Step_Ayya/status/1171758123079438337?s=09
"ކުރަން ހުރި މަސައްކަތް ވަަރަށް ގިނަ، ރައީސް ޔާމީނާއެކު މަސައްކަތް ކުރަން ނިންމައިފިން". އޭނާ ކުރި ޓްވީޓްގައި ވެއެވެ.
ސެޓްޕް އައްޔަ ބުނީ، އޭނާ ރައީސް ޔާމީނަށް ތާއިދު ކުރުމުން މީހުން ކިޔާނެ ފާޑުކިޔުންތަކަށް މަރުހަބާ ކިޔާނެ ކަމަށެވެ.
އޭނާ ރައިސް ޔާމީންއަށް ތާއިދު ކުރައްވަން ނިންމިއިރު، އޭނާ އެންމެ ފަހުން ސޮއިކުރި ކުރީގެ ނައިބް ރައިސް އަހުމަދު އަދީބުގެ ޕާޓީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށެވެ.
ނިންމުން ރަގަޅު.
އައްޔައަކީ 2013 ގައިވެސް ރ.ޔާމިން ހޮވުމަށް މުހިންމު މަސައްކަތް ކެރިގެން ކުރި މީހެއް. މަރުހަބާ އިންޝާﷲ 2023 ވެގެންދާނީ ޕީޕީއެމްގެ ފަހަރަކަށް....... ރައްޔިތުން ބޭނުމީ ތަނަވަސްކަމާއި ފާގިތަކަމާއި، އިސްލާމްދީނުގައި ސާބިތުވެ ތިބުމަށް، ހައްލަކީ ރ.ޔާމިން.
މިފަދަ ދެއަތަށް ކެޑޭމީހުން ބޮލަށްއެރޭހާ ގަަތް ނުކުރުން ރަގަޅުވާނީ .
ޓުރަންސްފާ މާރކެޓްގަ ބޮޑު އަގުގަ ގެންދިއައީ ދޯ؟
ޓްރާންސްފާ އަގު ބޮޑުކޯ ގެންދިއައީ ދޯ؟
ވަރަށް ރަނގަޅު ނިންމުމެއް.
ތިނިންމުމަށް މަރުޙަބާ ކިޔަން
މީދެން ހަބަރެއްތަ. ތަނެއްގަހުރި ބުރާންޗެއް. މިކަހަލަ ދެފުއްކެހެރި މީހުން ބަލައިނުގަންނަން ރ.ޔާމީން އަށް ގޮވާލަން.
ރާއްޖޭގައި ސިޔާސީ ޕާޓީއަކާއި ގިނަ މެމްބަރުން ގުޅެނީ އެއްވެސް ހާލެއްގައި ސިޔާސީ ގޮތުން ކުރިއެރުން ހޯދައި ސިޔާސީ ކެރިއަރެއް ބިނާކޮށް ސިޔާސީގޮތުން ކުރިއަށް ދާކަށެއް ނޫން. އެފަދަ މެމްބަރުންނަށް ސިޔާސީ ޕާޓީ އަބަދުވެސް ފެންނަނީ އަވަސް ގޮތަކަށް މަޤާމެއް ދަމައިގަންނަން ފަސޭހަ ކުރުމަގެއްގެ ގޮތުގަ. އަދި ކޮންމެ މީހަކުވެސް ބޭނުންވާނީ ސްޓޭޓް މިނިސްޓަރުކަން ނޫނިއްޔާ ޑެޕިއުޓީ މިނިސްޓަރު ކަން ނޫނިއްޔާ ރަނިންގް މޭޓް ކަން. މިހެންވުމުގެ ސަބަބުން ޕާޓީގެ ފިކިރު ކުރިއަރުވައި ސަރުކަރާއި މުއައްސަސާތަށް ޖަވާބުދާރިކޮށް ދައުލަތް ހިންގުން ހަރުދަނާކުރުމުގަ ސިޔާސީ ޕާޓީތަކުގެ ރޯލް ވެސް ފުރިހަމަޔަށް އަދާއެއ ނުކުރެވޭ. ސަބަބަކީ މިހެން ވުމުގެ ސަބަބުން ޕާޓީ ތަކުގައި އިސްކޮށް ހަރަކާތްތެރިވާން ފަށަނީ ޕާޓީ އަށް، ޕާޓީގެ ލީޑަރ އަށް، ނުވަތަ ޕާޓީގެ އަސާސީ ޤަވާއިދަށް، އެއްވެސް ވަފާތެރިކަމެއް، އިހްތިރާމެއް ޤަދަރެއް ނެތް ފިކުރު އަރާރުންވާ ފިކުރުއޮޅިފައި ތިބޭ ސެލްފިޝް މީހުން، ނުވަތަ ޕާޓީގެ ހަރަކާތްތައް ބަލައި ޖާސޫސްކޮށްގެން މައުލޫމާތު ވިއްކައިގެން ދެން ވެރިކަމަށް އައިސްފާނޭހެން ހީވާ ފަރާތާއި ގުޅުން ބާއްވައިގެން އެދިމާލުން ނަމަވެސް މަޤާމެއް ލިބޭތޯ މަސައްކަތް ކުރާ މީހުން . ޚާއްސަކޮށް އިންތިޚާބްތަކާއި ދިމާކޮށް ފަހު ވަގުތު ޖުމުހޫރީ ޕާޓީ އާއި ގުޅެނީ ހުސް މަޤާމުތަކުގެ ދަހިވެތިކަމުގަ ޕާޓީ އަށް ސޮއިކުރާ މީހުން. ސްޓެޕް އައްޔަ ކަމުގައި ވިއަސް، ޑޮކްޓާރ ޖަމީލް ކަމުގައި ވިއަސް އެހެން މީހެއް ކަމުގައި ވިއަސް އެއްވެސް ތަފާތެއް ނެތް. ހަމަ އެކައްޗެއް!