ފިޔަގަނޑު ބިނދި އިތުރު އެތައް އަނިޔާއެއްވެފައި އޮއްވައި ފޯ ސީޒަން ލަނޑާގިރާވަރުގެ "މެރިން ޑިސްކަވެރީ ސެންޓަރ" އަށް ގެންގޮސް މެރިން ބަޔަލޮޖިސްޓުން ފަރުވާދިން "ޕެގީ" ގެ ނަމުން ނަން ދީފައިވާ ވެލާ މިހާރު ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހުރަސްކުރުމަށްފަހު ބޭ އޮފް ބެންގާލް އަށް ދަތުރުކޮށްފިކަމަށް ފޯ ސީޒަން އިން ބުނެފިއެވެ.

"ޕެގީ"ގެ ނަމުން ނަންދީފައިވާ ވެލައަށް އަނިޔާތަކެއް ވެފައި ވަނިކޮށް ފެނުނީ މާލެއަތޮޅު އުތުރުން ކުރަމަތި އައިލެންޑް ރިސޯޓާ ދިމާ ކަނޑުން 25 އޮގަސްޓު 2014އެވެ.

"ޕެގީ" ބޭ އޮފް ބެންގަލްއަށް ދަތުރުކުރިކަން އެނގިފައިވަނީ އޭތި މޫދަށް ދޫކޮށްލިއިރު އޭގެ ބުރަކަށީގައި ހަރުކޮށްފައިވާ "ޓްރެކިން ޑިވައިޒް"ގެ އިންނެވެ. ފޯ ސިޒަންސް ރިސޯޓުން ދަނީ އެޑިވައިޒްގެ އިން ލިބޭ މައުލޫމާތައް ބަލާ ޕެގީ ދަތުރުކުރަމުންދާގޮތް ބަލަމުންނެވެ.

މިވެލައަކީ އަނިޔާވެފައި ވަނިކޮށް ބެލްޖިއަމްއަށް ފަރުވާދިނުމަށް ފޮނުވާލި ވެލާތަކުގެ ތެރެއިން ހަމައެކަނި ސަލާމަތްވި ވެލައެވެ. އެޤައުމުގައި މިފަދަ ޖަނަވާރުތަކަށް ފަރުވާދޭ ޚާއްސަ ޒުލެއްގައި "ޕެގީ"އަށް އިތުރު ފަރުވާއާއި އެކި އެކްސަސައިޒް ދިނެވެ.

ފަރުވާއަށްފަހު "ޕެގީ" ރާއްޖެއަށް ގެނައީ މިދިޔަ ޖޫންމަހުގެ 19 ވަނަދުވަހުއެވެ. އެއަށްފަހު ފޯސީޒަންގެ ކުޑަހުރާ ރިސޯޓުގައި އޭތި ބޭއްވުމަށްފަހު އޭތި މޫދަށް ދޫކޮށްލީ ޖޫންމަހުގެ 22 ވަނަ ދުވަހުއެވެ.

ރާއްޖޭގެ އެކި ރިސޯޓްތަކުންނާއި އާއްމުން މީގެ ކުރިން ވެސް ވެލާތައް ސަލާމަތްކޮށްފައި ވެއެވެ. ނަމަވެސް އަދި މިހާތަނަށް ވެލައެއް ސަލާމަތް ކުރަން ރާއްޖޭގައި ކުރެވުނު އެންމެ ބޮޑު މަސައްކަތަކީ ޕެގީ ސަލާމަތް ކުރަން ކުރެވުނު މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޕޮގުބާ

  އޮޔާދިޔާދިޔަ ވެލައެއް

  12
  15
 2. ޙޯދާބަލާ

  ބަގްލަދޭސް އަާ ދާން ދިޔަަައި

 3. ބާރީ

  ކޮބާ މިނިވަން ކަން؟ ސޯސޭޑް

 4. ÷ިޕ

  އަދި މިހާތަނަށް ވެލައެއް ކުރި އެންމެ ދިގު ދަތުރު އެއީ ދުނިޔޭގެ ރެކޯޑު ފޮތުގައި ކީކޭބާއޭ ލިޔާނީ ހިތަށްއަރާ

 5. އަހުމަދު

  ތިވާނީ މިޔަރު ކާލީކަމައް

 6. އަޒާ

  ޖޫން މަހު 19 ވަނަ ދުވަހު މާލެ ގެނަސް ދޫކޮށްލި ވެލާ 86 ދުވަސްތެރޭ އެހާ ދުރު ރާސްތާއަކަށް ދަތުރު ކުރެވޭނެ ކަމަށް ބުއްދިއަށް ޤަބޫލެއް ނުކުރެވޭ... ގާތް ގަނޑަކަށް ފަނަރަ ސަތޭކާ މޭލު..؟؟؟