"ދަވާލައިފި" ނަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބާއްވާ ބޮޑު އެއްވުން މިރޭ ކާނިވަލުގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.
މިރޭ 20:30 ގައި އޮންނަ މި ޖަލްސާގައި މި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ކޯލިޝަނުން ބުނެއެވެ. މި އެއްވުމުގައި ދެ ޕާޓީގެ ލީޑަރ ޝިޕްގެ ބޭފުޅުން ބައިވެރިވާނެއެވެ.
މި އެއްވުން ބާއްވާނެ ކަން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
މިއީ ކޮން ބޭނުމެއްގައި ބާއްވާ ޖަލްސާއެއް ކަމަށް އެ ކޯލިޝަނުން ބުނެފައިނުވާއިރު، ޕީއެންސީގެ ނައިބް ރައީސް ސުޖާއު ކުރިން ވިިދާޅުވީ، މި އެއްވުމަށް ނަން ދީފައި ވަނީ ދިވެހިރާއްޖޭގެ ހާލަތާ ގުޅޭގޮތުން ކަމަށެވެ.
ސުޖާއު ވިދާޅުވީ "ދަވާލައިިފި" އިދިކޮޅުގެ ރެލީއަށް ކިޔަން ޖެހުނީ މިއަހަރަށް ލަފާކޮށް ހުށަހެޅި 30 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުން ކުރި ހަރަދުތައް ސާފުކޮށް ނުދޭތީ ކަމަށެވެ.
އެ ޕާޓީން ވަނީ މިދިޔަ މަހުވެސް އެއްވުމެއް ބާއްވާފައެވެ. އެ އެއްވުމުގައި ރައީސް އަބްދުﷲ ޔާމީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ސިޔާސީ ހަޤީގަތަކީ
ވެރިކަމުގެ ގޮނޑީގައި އިންނައިރު
ފެންނާނީ ބާރު {ޕަވަރ} އދިކޮޅުގައި ހުންނައިރު ފެންނާނީ ހައްޤުތައް. މީދެއެކްސްޓްރީމް.
******************************މެދުގަ އޮންނާނީ ކަނޑުދޯ؟ މެދުގަ ހުރިއްޔާ ވާނީ ޢަރަގުތާ؛ {ޝަމީމް.ޖަޒީރާރާއްޖެ}
ދަވާލި މީހުން ދަވާލައަފިނަމުގާ ޖަލްސާއެބާވަނީ
މަހިތައްއަރާ މިމީހުން ލަދެއް ނުގަނޭބާއޭ މިކަހަލަ ވާހަކަ ދަށްކާކަށް.ދަވާލެވުނު ވަރު ކުޑަދޯ މިދިޔަ 5 އަހަރު.
މަ ނުދާނަން..................
ދަވާލީމަ އިންތިޚާބުގަ ބަލިވީ....... ސާފްވެއްޖެ.
ލަދު ހަޔާތުގެ ތަންފުކެއް ވެސް ނެތް....
ޔާމީނުމެން މުޅި ޤައުމު ދަވާލާފައި އެވާހަކަދައްކަން މި ބާއްވަނީ އެއްވުން. ކޭ ކެއިނުން މި ވަގުތައް ތިބީ ހޮޑުލަވާ ނިވައްތާފައި. ލަދު ޙަޔާތް ކޮބާ؟
އިރާދަކުރެއްވިއްޔާ ދާނަން
އެންމެ އަހަރެއް ނުވަނީސް ހާދަވަރަކަށް ދަވާލައިފި 5 އަހަރު ހަމަވާއިރު ރަތްޔަތުން ގެހާލުހުންނާނެގޮތެއް ހިތަށްއަރުވާލަމާ ލަދުކުޑައީ ކޮންބައެއް ކުރެވުނުއެންމެ ކަމެއް ބނެދީބަލަ
ޖުޅުޖެހި ގުރޫޕްގަނޑު ހާދަމޭކަރަނީ...