ގެއަށް ގޮސް ފައިސާ ކޮޅެއް ހޯދަން ދާން ވެގެން، ކާރެއްގައި އިން އަންހެނަކު ގެ ކައިރީ ކާރު ޕާކު ކުރެވުނު ކަމަށް ހީކޮށް ކާރުން ފައިބާ ގެއަށް ވަދެފައި އެނބުރި އައިއިރު ކާރު ސުވިމިންޕޫލަށް ވެއްޓިފައި އޮއްވާ ފެނިއްޖެއެވެ. އޭނާއަށްވެސް ވީ ގޮތެއް ރަނގަޅަށް ނޭގުނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ މަސް ތެރޭގައި މި ހާދިސާ ހިނގިއިރު، އެ ވަގުތު ކާރުގައި އޭނާގެ ދަރިފުޅާއި ފިރިމީހާވެސް ތިިއްބެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެއެވެ.

މިހާރުވެސް މީސް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަނީ ނޫ ކުލައިގެ ކާރެއް ސްވިމިންގޕޫލެއްގެ ތެރޭގައި އޮއްވައެވެ. އެ ފޮޓޯތައް ޝެއާ ކޮށްފައި ވަނީ ފްލޮރިޑާ އޮކަލޫސާ ކައުންޓީ ޝެރިފް އޮފީހުންނެވެ.

ޝެރިފް އޮފީހުން ފޮޓޯތައް ޝެއާކުރަމުން ލިޔެފައި ވަނީ، އަންހެނަކަށް ކާރު ޕާކުކުރެވުނުކަމަށް ހިތާ އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް ގޮސް ފައިސާ ނަގައިގެން އެނބުރި އައިއިރު، އެ ކާރު އޮތީ ޕޫލުގައި ކަމަށެވެ. އެކަން ދިމާވީ އޭނާއަށް ކާރު ޕާކް ނުކުރެވި އޮތުމުންނެވެ.

އަދި އެ މީހުން ވަނީ އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަމަށްވެސް ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު