ނޫސްވެރިކަން ކުރިއަރުވައި ދެމެހެއްޓުމުގެ އަގު ވަޒަންކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ޝަރަފުގެ އަލިމަސް ގަލަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަރުވައިފިއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ 2018 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި ޝަރަފުގެ އަލިމަސް ގަލަން ލިބުނު އަނެއް ތިން ބޭފުޅުންނަކީ މިއަދު ނޫހުގެ ބާނީ އަހުމަދު އަބްދުﷲ އާއި ޕީއެސްއެމް ބޯޑްގެ ކުރީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު އަދި މަޑުލު މުހައްމަދު ވަހީދުއެވެ.

އެ ފަރާތްތަކަށް މިރޭގެ ރަސްމިއްޔާތުގައި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ.

ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ރާއްޖޭގައި ނޫޅުއްވާތީ ރައީސް ނަޝީދު މިރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިނުގަންނަވައެވެ. އެމްއެމްސީން ބުނީ، ރައީސް ނަޝީދުއަށް އެ އެވޯޑް ފަހުން އަރުވާނެ ކަމަށެވެ.

އެމްއެމްސީން ބުނީ، ރައީސް ނަޝީދުއަށް އެ އެވޯޑް އަރުވައިފައި ވަނީ އެމަނިކުފާނު ނޫސްވެރިކަމަށް ކޮށްދެއްވާފައިވާ ހިދުމަތާއި ގުރުބާނީގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޒަމްހަރީރާ

    އަނގަ ވަރުގަދަ ކަމުން ކިޔޭ ނުކިޔޭ ނޭންގޭ ޝަރަފްވެސް މި ނަޝީދައް މިރޭ ދިންނަމަ، މީނަޔާހުރެ މިޤައުމުގަ އުޅެން އުދަގޫހާ މީނަގެ އަނގަ ވަރުގަދަ?

    45
    2
  2. ހުސެން

    ވާނުވާގެ ޟަރަފާއި އެވޯޑް ހައްޤު،ދީނީ މިނިވަން ކަމާއި އެލްޖީބީޓީ ގެ މިނިވަން ކަން ހޯދަން ދޮންކާފަރުންނަށް ވައުދުވެފައިވާ ހިޔަޅު

  3. އަހްމަދު

    ނަޝީދު ނޫން އެހެން މީހުނަށްވެސް ތިޔަބުނާ ގަލަން ލިބުނު. އެމީހުންގެނަން ފަލަސުޚީޖަހާ ނުލިޔުނީ ކީއްވެބާ؟ މީދޯ ތިކިޔާ ހަމަހަމަ ނޫސްވެރިކަމަކީ.

    9
    1
  4. މިގޭ

    މީނަޔަށް ރަން ގަލަން ލިބުނީ އިސްލާމްދީނާ ދެކޮޅުވާހަކަ ލިޔާތީ އުތަ. އިބުރާއާއި އެނޫން އެހެން މީހުނަށްވެސް ރަންގަލަން ދޭން ފެނޭ

    13
  5. Anonymous

    ގައުމު ފަސާދަކުރާ މީހުންނަށް އެވޯދިނުމަކީ އެމީހުންނަށް ދެވޭހިތްވަރެއް. ﷲ ތިޔަނުބައި ކަލޭގެ ބަލިކުރައްވާ މިގައުމަށް ހަމަޖެހުމާއި އަމާންކަން މިންވަރުކުރއްވާށި. އާމީން.

    12
  6. ސުޖާ

    އަބޫޖަހުލު އެވޯޑް ކިޔާ އެވޯޑެއް ހަދާފަ މީނައަށް ދޭންވީ މީ އިސްލާމުންނަށް ގެހެފަހުރި ބޮޑު މުސީބާތެއް ނަޝީދުގެ ނުބާކަމުނަ އަޅަމެން ސަލާމަތް ކުރައްވާ ނަޝީދު ނިކަމެތި ކުރައްވާށި

    13
  7. ލޮލް

    މި ސަރުކާރުން ގަލަން ކީއްކުރަން ބާ ފާހާނާ ތައްޓެއް ދިނަސް ދޭނީ ކެނޭރީގޭ ނަޝީދަށް. 1 އަހަރު ވީ އިރު މި މީހުންނަށް ކޮށްދެވުނު ކަމެއް ނިކަން ބުނެބަލަ.

    10
  8. ާައަސްލަމް

    ޖާހިލުން ސަރަފްވެރިވާނެ މޮގައުމުގަ

  9. ޒީ

    ޤައުމެއް ހަލާކުކުރަމުން ދާކަމުގެ އެވޯޑުވެސް ދިންނަމަ!
    ދީނަށް ފުރައްސާރަ ކުރުމުގެ އެވޯޑުވެސް!
    އަލިފާން ބޯޅަ އުކިކަމުގެ އެވޯޑުވެސް !
    ބޮވެންޖެހޭނެ ކެވެންޖެހޭނެ އެވޯޑުވެސް!
    މީހުންގެ ބޮލުގަ އެކިކަންކަން އަޅުވާތީ އެ އެވޯޑުވެސް!
    އެނަޔަށް ހައްޤު އެވޯޑު ހައްތަހާވެސް!
    މަށަށް ނޭނގެ ދުލުންބަޔާންކުރާންވެސް އެވޯޑުގެ އަދަދު ތާހިރު މީހެއްތި ބޯހަލާކު!!!!

  10. ހާލާ

    މިކަލޭގެ އަށް އެއްޗެއް ދޭމީހަކަށްވެސް ﷲتعالا ލަޢްނެތް ލައްވާނެ. މީނާ އަށް ﷲ ވަރުގަދަ ކޯފާ އެއް ފޮނުއްވާންދެއެވެ. މި ނުބައި ދައްޖާލުގެ ކިބަިންﷲ މިޤައުމު ދސލާމަތް ކުރައއވާންދެއެވެ. މިކަލޭގެ އަށް ވާގިވެރިވާ އެންމެން ނަށް ﷲ ހެޔޮވިސްނުން ދެެއްވާން ދެއެވެ.

  11. ކިނބޫ

    ދީނަށް ފުރައްސާރަ ކުރުމާއި، ދޮގުހެދުމާއި އޮޅުވާލުމާއި އަދި މަކަރާއި ހީލަތް ހެދުމުގެ އަގުވަޒަންކޮށް އެވޯޑެއްވެސް ދޭން ހައްގު މީހެއްތީ..