މި ސަރުކާރު ފެށުނުއިރު، ރާއްޖޭގެ ނޫސްވެރިކަން އޮތީ، ބިރުވެރިކަމެއްގެ ތެރޭގައި ވަރަށް ބޮޑަށް ހިފެހެއްޓި ކަސްތޮޅު އެޅުވިފައި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ މިސަރުކާރު އައިއިރު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީ، އެ ޙައްޤު އެއްވެސް ވަރަކަށް ނެތޭ ބުނެވޭހާ މިންވަރަށް ހަނިވެސް ކޮށްފައި ކަމަށެވެ.
"މި ސަރުކާރު ފެށުނުއިރު، ރާއްޖޭގެ ނޫސްވެރިކަން އޮތީ، ބިރުވެރިކަމެއްގެ ތެރޭގައި. ނޫސްވެރިކަން އޮތީ، ވަރަށް ބޮޑަށް ހިފެހެއްޓި ކަސްތޮޅު އެޅުވިފައި. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީ، އެ ޙައްޤު އެއްވެސް ވަރަކަށް ނެތޭ ބުނެވޭހާ މިންވަރަށް ހަނިކޮށްފައި. ނޫސްވެރިން ޖަލަށްލައި، ޓެރަރިޒަމްގެ ދަޢުވާކޮށް، ނުރައްކާތެރި ބިރުވެރި އެތައް ކަމެއް ކުރިމަތިކުރުވި." ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ ޑިމޮކްރެސީއެކޭ މި ކިޔަނީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، ރައްޔިތުން އުފައްދާފައި އޮންނަ، ރައްޔިތުންގެ ވެރިކަމަކަށް ކަމަށެވެ. އެހެންކަމުން، ޑިމޮކްރެސީއެއްގައި ރައްޔިތުންގެ ދައުރަކަށް ވާނީ، އެމީހުން އުފެއްދި ވެރިކަން ނުވަތަ ސަރުކާރު ޒިންމާދާރު ކުރުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި، އެ މުހިންމު ދައުރު އަދާކުރާ އެއްބަޔަކީ ނޫސްވެރިން ކަން ފާހަގަކުރައްވާ ނައިބު ރައީސް ފައިސަލް ވިދާޅުވީ ނޫސްވެރިން ސަރުކާރު ޒިންމާދަރު ކުރުވަނީ ދައުލަތުގެ ކަންކަމާއި، ސަރުކާރު ހިނގަމުންދާ ގޮތުގެ މައްޗަށް، ޚިޔާލު ފާޅުކޮށް ފާޑުކިޔުމުގެ ތެރެއިން ކަމަށެވެ. އެހެންކަމުން މިނިވަންކަމާއެކު ޙަރަކާތްތެރިވާ، ޑިމޮކްރެސީގެ އުޞޫލުތައް ދަމަހައްޓާ މީޑިއާއެއް އޮތުމަކީ، ޑިމޮކްރެސީއެއް އުފެދި އަށަގެންނެވުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓައިގެން، ޤައުމަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށާއި އަދި ސަރުކާރު ހިންގަން ތިބޭ ބަޔަކަށް، އެކަމުން ލިބޭނެ ފަސޭހައެއްވެސް ނޯންނާނެ ކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު، މި ސަރުކާރުންވާނީ ރައްކާތެރިކޮށްދީފައި. އެކަން ކަށަވަރުކުރުމަށް އަދިވެސް އިތުރު ކަންކަން ސަރުކާރުން ކުރަމުންދާނެ. އަޅުގަނޑުމެން ރިޔާސީ ކެމްޕޭނުގެ ތެރޭގައި މަސައްކަތްކުރީ، ނޫސްވެރިންނާ ވަރަށް ގާތުން. ނޫސްވެރިންގެ ޝަކުވާތައް އަޑުއެހިން. ނޫސްވެރިންގެ ކަންބޮޑުވުންތަކާއި، ކުރިމަތިވެފައި ހުރި ހުރަސްތައް އަޅުގަނޑުމެން ބެލިން." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ މިހާރު ސަރުކާރުގައި ތިބީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް ވަކާލާތުކުރާ ބައެއް ކަމަށާއި މިހާރުގެ ސަރުކާރުން ނޫސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރާނެ ކަމަށެވެ.
މިހާރު ކިރިޔަށްވުރެ މާގޯސް
މިހާ ބުރާންތި ގޮލައެއްކަމެއް ކުރިއަކުން ނޭނގޭ. ބީތާވިޔަސް ބޮޑުވަރު. ލިބިފަ ހުރި ނުއެކަށޭނަ މަގާމުގެ މަސްތުގަ ވާނުވާ ނޭނގެނީބާ! ގައުމުގެ ހާލަތު ނޭނގޭ މީހަކު ތިިވަރު މަގާމެއްގަ ބަހައްޓަންވެސް ނުވާނެ.
މޮޅުވާހަކަ ނުދައްކާ.... ބޯބުރާނތި
މީޑިޔާގައި އޭރުގެ ރައީސާއި ބެހޭގޮތުން ހުސް ދޮގުވާހަކަ ދައްކައިގެން ނޫންތޯ ވެރިކަމަށް އައީ؟ ކޮން މިނިވަންކަމެއްތޯ ގެއްލުނީ؟ ކީ އެއވެސް އެއްޗެއް ސާބިތެއްނުވި. ދޮގު ވާހަކަ ދައްކާ ސަރުކާރު.
ތިޔަކަން، މިސަރުކާރު އައުމުގެ ކުރީގެ "މިހާރު" ގެ ނަމުގަ ނެރޭ ނޫހުގެ އަދަދުތައް ކިޔާލީމަ ވަރަށް ރަނގަޅަށް އެނގޭ. ހީކުރަނީ ތިޔަހެން އަނގަތަޅައިގެން ރައްޔިތުންނަށް ހަގީގަތް އޮޅުވާލެވިދާނެ ކަމަށްދޯ. އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަށާ ސަރުކާރުގެ އިސްވެރިންނަށް އެނޫހުގައި ނުގޮވަނީ ކޯޗެއް؟
ރާޓީވީ އޮތީ ގޭ ސިޓިންގރޫމުގަ އާއިލާއާއެކު ތިބެގެން ބެލޭވަރު ހާލަތަކު ނޫން. އޭރު ނޫނީ މިހާރު މަސްތުގެ ހާލަތުގަ ހުރީ ކަމަށް ބެލެވެނީ. މާނައަކީ ކުރީގެ ހާލަތު އެނގިފަ މިހާރުގެ ހާލތެއް ނޭނގެއޭ ނޫނީ މިހާރުގެ ހާލަތު އެނގިފަ ކުރީގެ ހާލަތެއް ނޭނގެއޭ. މިދެގޮތުންކުރެ އެއްގޮތް ވެފަހުރި މީހެއް ތީ.
މިނިވަންކަން ގެއްލެނީ ދޮގުޚަބަރު ގެނެސްދޭ ނޫސްވެރިންގެދޯ އެރައްދުވާ މީހާގެ މިނިވަންކަމެއް ނޯވޭދޯ ކޮންމިނިވަންކަމެއްއޮތީ އެހަކަށް ދުވަހަކު މީހަކު ކިނބޫއޭބުނީ އެމީހާ ހައްޔަރުވީ ބޯބުރާންތި ނައިބު ކަޑުކޮސް
މިއީ މަގޭ ފޭވަރިޓް ނައިބު ރައީސް. ކަޅުއިބުރޭ ބާލާފަ މީނައަށް ވެރިކަންދީ..
މިހާރުކަސްތޮޅުނާޅުވައޮތީކޯޗެއްގަބާ؟ ވާވައްދަން ކިޔާފަނުކިޔާނެނޭނގިގެން މިއުޅެނީ...
ނައިބު ރައީސް އެކަމަކު މި ސަރުކާރު ފެށުނުއިރު ވީވައުދު ތައް ކޮބާ ތިޔަ ނައްޓުވާލި ކަސްތޮޅު އާއި އެކީ ވަޔައް އަރައިގެން ދިޔައީބާ
މި ސަރުކާރު ފެށީ ނޫސްވެރިން ކަސްދޮޅު އަޅުވާފައޭ ބުނިނަމަ ތިވާހަކަ ދިމާވީސް
މިސަރުކާރުން މީހުންގެ އަބުރުތައް ކަތިލައިފި. ޢިސްލާމްދީނުގައި މަނާކޮއްފައިވާ ކަންތައްތަކަހް އިސްކަނދީފިއެވެ.
ކައުނސިލް ވޯޓައް ތައްޔާރުވަނީ ދޯ
ދޮގުވެރިން ިގނަ ސަރުކާރެއް...ވެރިކަން ހޯދަންވެސް ހެދީ ހުސްދޮގު...އަދި ވެސް ހަދަނީ ދޮގު..
ނޫނޭވާ ކަލޭ ހަޔާތް ކުޑަ. ދަެުލަތުގެ މީޑިއާގަ ދަތް އަޅައިގެން ހުރެ މުށުތެރެއަށް ލައިގެން ތާހިރެއް ނުން.
ތި ދައްކާ ވާހަކަ ވަރަށް ތާހިރު. މިހާރުވެސް ޗެނަލް13 ބްލޮކް ކޮށްފަ ހުރީ ޕީއެސްއެމް ކަނެކްޓްގަ. މީޑިޔާއަށް ފައިން އަރައިގެން ތިހިރީ ކަނޑުކޮސް