އިއްޔެ ރައީސް އޮފީހުގެ ކުރިމަތީގައި އިށީނދެގެން އިން މީހަކު ހައްޔަރު ކުރި މައްސަލަ، އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަން (އެޗްއާރްސީއެމް) އަށް އެމްޑީޕީގެ ރައީސް ކަން ކުރިން ކުރައްވާފައިވާ އިބްރާހިމް އިސްމާއިލް (އިބުރާ) ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރިން ކުރެއްވި އިބްރާ މިއަދު ކުރެއްވި ޓްވީޓު ތަކެއްގައި ވިދާޅުވީ މިއަދު އޭނާ ހިއުމަން ރައިޓްސް ކޮމިޝަނަށް ގުޅާފައި މީހެއްގެ ހައްގުތަކަށް އަރައިގެންފައިވާ މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ. އެމީހަކީ ރައީސް އޮފީސް ކުރިމަތީގައި ސުލްހަވެރިކޮށް އޭނާ އަށް ގާނޫނު ތަކުން ލިބިގެންވާ ހައްގު ތެރެއިން މުޒާހަރާ ކުރަން އިން މީހެއް ކަމަށް އިބުރާ ފާހަގަކުރައްވާފައި ވެއެވެ.

މިހާ ގިނައިރު ވީއިރުވެސް ސުލްހަވެރިކޮށް އެކަނި މުޒާހަރާ ކުރި މީހަކު ހައްޔަރު ކުރި މައްސަލައިގައި އެމްޑީޕީ ގެ ފަރާތުން ނުވަތަ އެ ޕާޓީގެ މަޖިލިސް މެމްބަރަކުވެސް އެކަމާ ގުޅިގެން އަޑުއުފުލާފައި ނުވާތީ އެމްޑީޕީ ލަދުގަންނަން ޖެހޭނެ ކަމަށް ވެސް އިބުރާ ވިދާޅުވިއެވެ.

އިބުރާ ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށް އޭނާ އަށް އަންގާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވެފައި ވަނީ އިއްޔެ ފުލުހުންގެ އިދާރާއަށް ގެންގޮސްފައި ވަނީ، ރައީސް އޮފީހަށް ސިޓީއެއްގެ ޖަވާބު ބަލާ ދިޔަ 41 އަަހަރުގެ ފިރިހެނެކެވެ. އޭނާ ރައީސް އޮފީސް ކައިރީ އިށީނދެ އިނީ ސިޓީއަކަށް ޖަވާބު ނުލިބިގެން އެކަމާ ހިތްހަމަ ނުޖެހިކަމަށް ފުލުހުން ވިދާޅުވިއެވެ.

ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ޤާނޫނު މިހާރު އޮންނަ ގޮތުން ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅައި ޢާންމުކޮށް އިޢުލާންކޮށްފައިވާ ތަންތަނުގައި އެކަންޏެވެ.

އެއްވެސް އުޅުމުގެ މިނިވަންކަން ހަނިކުރަން ގެނެސްފައިވާ އިސްލާހު އުވާލަން ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަބްދުލް

  ގާނޫނާ ގަވައިދު ބަދަލް ނުވާހާ ހިނދަކު އެމީހާ އެކުރީ ކުށެއް. އެވަރު އިބްރާ އަށް ވެސް އެނގޭނެ.

  5
  1
  • ފާއިޒު

   އެއީ ކުށެއް ނޫން. ޤާނޫނުގައި ނެތް ރައީސް އޮފީހު ކުރިމަތީ އިށީނދެހެން ނުއިންދެވޭނެ ކަމަކަށް. އަދި އޭނާ އެތާ އިން އިނުން އެއްވެ އުޅުމުގެ ޤާނޫނަކަށް ނުފެތޭ. އެހެނީ އޭނާ އެއްވެފައެއް ނުވޭ. އެއްވުމަކީ އެކަކަށްވުރެ ގިނަމީހުން އެއްތަނަކަށް އެއްވުން. ޙަޤީޤަތުގައި އޭނާ އެކަހެރިވީ.

 2. ނަމަ

  އިބުރާ ގޭ ދޮރާށިބުޑުގަ އިންދާ ހައްޔަރު ކުރިނަމަ އިބުރާ އެމީހާގެ ދިފާޢުގައި ތެދުވާނެބާ؟

  4
  1
 3. ހުދާތަ

  އެއީ ޔާމިންގެ މީހެކޭ؟

 4. ވިސްނާ

  އިބުރާވެސް އިސްލާމްދީނުގެ އަގީދާއާއި ޙުކުމް ތަކަށް ފާޑުނުކިޔާ ތިކަހަލަ ކަންކަމާ އުޅުނީމަ ރަނގަޅުވާނެ. ތިކަމަކީ އިބުރާ ކުރަން ހަމަ ރަނގަޅު ކަމެއް ކަމަށް ދެކެން. ދެންވެސް އިސްލާމްދީނާ ބެހޭގޮތުން ނޭނގޭ ވާހަކަ ނުދެއްކުމަށް އިލްތިމާސްކުރަން.

 5. ާަާަަައަސްލު

  އިބުރާ ބޮޑުއިބިލީސް މިގައުމުގެ.

 6. ސަފާ

  ނޫހުގެ ސުރުޚިއަށް އަރާ ހިތްވީ އެހެންނާ ފަހެ މީނާއަކީ މީހެއްގެ މމމައްޗަށް އަަގަލެއް
  ކުލުނެއް ހުންނަ މީހަކު ނޫން