ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދި "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އިން އަޙްމަދު ތޮލާލް އިސްތިއުފާ ދެއްވައިފިއެވެ.

ތޮލާލް އެ ކޮމިޓީ އިން އިސްތިއުފާ ދެއްވާފައިވާ މީޑިއާތަކަށް އޭނާ ވަނީ ކަށަވަރު ކޮށްދީފައެވެ. އެހެން ނަމަވެސް އޭނާ އިސްތިއުފާ ދެއްވާފައިވަނީ ކަމާއި ކޮން ސަބަބަކާއި ހެދި ކަމެއް އަންގާފައެއް ވެއެވެ.

މި ކޮމިޓީ އަކީ 31 ޑިސެންބަރު 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ނުހައްގުން ދީފައިވާ ފްލެޓްތަކާއި ހައުސިން ޕްރޮޖެކްޓް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، ޙައްޤުވެރި ފަރާތްތަކަށް ފްލެޓްތައް ދިނުމަށްޓަކައި ފަސް މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ ކޮމިޓީ އެކެވެ.

މި ސަރުކާރުން އަންނަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ފްލްޓްތަށް ހަވާލުކޮށްފައިވަނީ ހައްގުވެރިންނަށް ނޫންކަމަށް އަޑު އުފުލައި އެ ފްލްޓް ތަކުގެ މައްސަލަ ބަލައި ހައްގުވެރިންނަށް ދެއްވާނެކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓްތަށް ދިނުމުގައި އިސްކަން ދީފައި ވަނީ ސަރުކާރުގެ އިސްވެރިންނާއި ޕީޕީއެމްއަށް ނިސްބަތްވާ މީހުންނަށް ކަމަށްވެސް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ތޮލާލް އިސްތިއުފާ ދެއްވިިއިރު، އެ ކޮމެޓިގައި ހިމެނޭ މެމްބަރުންނަކީ މުޙައްމަދު މުޢިއްޒު އަދުނާން، ޝީރީން ނާހިދާ ލަޠީފު، ފާޠިމަތު ރަޝީދާ، ޢަލީ ޝުހައިލް މުޙައްމަދުއެވެ.